Advertisement
ކ. މާލެ
|
6 އޮކްޓޯބަރ 2019 | އާދީއްތަ 09:33
ހެންވޭރު ދެކުނު ދާއިރާގެ މެމްބަރ ހުސެއިން ޝަހީމް
ހެންވޭރު ދެކުނު ދާއިރާގެ މެމްބަރ ހުސެއިން ޝަހީމް
ރާއްޖެއެމްވީ
ފަލަ ސުރުޚީ
މި ސަރުކާރުން ވަކި ސިޔާސީ ފިކުރަކަށް ވީތީ ވަޒީފާއިން ވައްކެތް ނުކުރާނެ: އަނދުން ހުސައިން
ރައީސް ސާލިހު ގެ ވިސްނުންފުޅުގައި ހުރީ އެއްވެސް ބަޔަކު ބާކީ ނުކޮށް ވެރިކަން ކުރެއްވުން ކަމަށް ވިދާޅުވި

ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުގައި ވަކި ސިޔާސީ ފިކުރަކަށް ވީތީ އެއްވެސް މުވައްޒަފަކު ވަޒީފާއިން ވަކި ނުކުރާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރ ހުސެއިން ޝަހީމް ވިދާޅުވެއްޖެ އެވެ.

ރާއްޖެ ޓީވީގެ "ފަލަ ސުރުޚީ" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ހުސައިން ވިދާޅުވީ ޤަވައިދާ އެއްގޮތަށް ވަޒީފާ ގެ މައްސޫލިއްޔަތު އަދާކުރާ މުވައްޒަފަކު ވަޒީފާއިން ވަކި ނުކުރާނެ ކަމުގެ ފުރިހަމަ އިތުބާރު މިސަރުކާރާއި ރައީސުލް ޖުމްހޫރިއްޔާއަށް އޮންނަ ކަމަށެވެ.

ނަމަވެސް ޖެއްސުން ކުރުމުގެ ގޮތުން އެބޭފުޅަކަށް ހަވާލު ކޮށްފައިވާ މައްސޫލިއްޔަތު އަދާ ނުކުރައްވާ މުވައްޒަފުންނަށް ދޭންޖެހޭ އިންޒާރުތައް ދިނުމަށް ފަހުވެސް އެކަން އިސްލާހު ނުކޮށްފި ނަމަ ރައްޔިތުންނަށް ޚިދުމަތް ދިނުމަށް ހުރި މުއައްސަސާ ތަކުގައި ގެންނަން ޖެހޭ ބަދަލެއް ގެނެސްދާނެ ކަމަށެވެ.

Advertisement

ހުސައިން ވިދާޅުވީ ނިމިދިޔަ ސަރުކާރުން ރައީސް އަބްދުﷲ ޔާމީން އޯވަރ ސްޓާފް ނުކުރައްވާތަނެއް ސަރުކާރުގައި ނެތް ކަމަށާއި އެކަމުގެ ބުރަ ދައުލަތުގެ ބަޖެޓަށް އިންތިހާއަށް އައިސްފައިވާ ކަމަށެވެ.

މި ދެހާލަތުގައި ގެންނަން ޖެހޭ ބަދަލެއް ގެނެސްފާނެ ކަމަށާއި ނަމަވެސް ރައީސް ސާލިހުގެ ސަރުކާރުން ވަކި ސިޔާސީ ފިކުރަކަށް ވީތީ އެއްވެސް މީހަކު ބާކީ ނުކުރާނެ ކަމަށެވެ.

މީގެ އިތުރުން ހުސައިން ވިދާޅުވީ ރައީސް ސާލިހު ގެ ވިސްނުންފުޅުގައި ހުރީ އެއްވެސް ބަޔަކު ބާކީ ނުކޮށް ވެރިކަމުގައި ތިބެން ކަމަށާއި އެހެންކަމުން އެފުރުސަތު ކޯލިޝަންގައި ހިމެނޭ ޕާޓީތަކަށް ލިބިގެން ދިޔަ ކަމަށެވެ.

އެކަނި ނުކުމެ އިންތިޚާބަށް ދިއުމުގެ ބަދަލުގައި ހުރިހާ ސިޔާސީ ޕާޓީތަކާއި އެކުގައި އެއްބަސް ވެވުނު އެއްބަސްވުމެއްގެ ދަށުން އެބޭފުޅުނަށް އެއްބަސް ވެފައިވީގޮތަށް ސަރުކާރުން އެބޭފުޅުންނަށް ހިއްސާ ދީގެން މިތިބީ
ހެންވޭރު ދެކުނު ދާއިރާގެ މެމްބަރ ހުސެއިން ޝަހީމް

މަޖިލީހުގައި ނަގާ ވޯޓް ތަކުގައި ޖުމްހޫރީ ޕާޓީ އާއި ސަރުކާރާއި އެކުގައި ތިއްބެވި މެންބަރުން ސަރުކާރުން ހުށަހަޅާ ބިލް ތަކަށް ވޯޓް ނުދޭނަމަ ސަރުކާރަށް އެކަން އެނގޭނެ ކަމަށާއި އެކަމާއި ގުޅިގެން ދައްކަވަން ޖެހޭ ވާހަކަ އެއް އޮތް ނަމަ އެބޭފުޅުން ދައްކަވާނެ ކަމަށެވެ.

އަދި ފޮނުވަން ޖެހޭ ރިޕޯޓްތައް ލިޔެ ފޮނުވާނެ ކަމަށް ހުސައިން ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް
6 އޮކްޓޯބަރ 2019 | އާދީއްތަ 14:44
ޓުވިކްސް
ސަރުކާރުން ބުނަންބޭނުން އެތިނެރެން ހުރި ސައުންޑު ސިސްޓަމް!! އަނދުނައް ހޮނެއްއެޅިފަހުން އައިސީވީ އަނދާފަ