Advertisement
ކ. މާލެ
|
5 އޮކްޓޯބަރ 2019 | ހޮނިހިރު 22:03
ދަރުމަ ޖަންބަލް ސޭލް
ދަރުމަ ޖަންބަލް ސޭލް
ރާއްޖެއެމްވީ
ދަރުމަ ޖަންބަލް ސޭލް
ދަރުމަ ޖަންބަލް ސޭލް އަށް ބޮޑު ތަރުހީބެއް!
ޖަންބަލް ސޭލް ލީޑު ކުރީ ހަތަރު އޯގަނައިޒޭޝަނަކުން

ނިމިގެންދިޔަ ސެޕްޓެމްބަރު މަހު މާލޭގައި ހިނގައި ދިޔަ އަލިފާނުގެ ބޮޑު ހާދިސާގައި ހާލުގައި ޖެހުނު ފަރާތްތަކަށް އެހީވުމަށް ފަށާފައިވާ ދަރުމަ ޖަންބަލް ސޭލަށް ރަނގަޅު ތަރުހީބެއް ލިބިއްޖެއެވެ.

ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓްގެ ރިލީފް ސެންޓަރާއި ހަވާލުވެ ހުންނެވި އަދި ސޭލްގެ ކޯޑިނޭޓަރު އައިމިނަތު އިޒްތިހާ ރުޝްދީ ވިދާޅުވީ ހުކުރު ދުވަހު ފެށި ޖަންބަލް ސޭލަށް ހީނުކުރާ ވަރުގެ ބޮޑު ތަރުހީބެއް ލިބުނު ކަމަށާއި ގިނަ ފަރާތްތަކެއްގެ އެހީތެރިކަން ވެސް ލިބުނު ކަމަށެވެ. އަދި ސޭލް ލީޑު ކޮށްފައިވަނީ ހަތަރު އޯގަނައިޒޭޝަނަކުން ކަމަށް ވެސް އިޒްތިހާ ވިދާޅުވިއެވެ.

Advertisement

ދަރުމަވެރިން އިސްނަގައިގެން ކުރިޔަށް ގެންދިޔަ އެ ސޭލް ބާއްވާފައިވަނީ ސޯޝަލް ސެންޓަރުގައެވެ. ޖަންބަލް ސޭލް ނިންމާލާފައި ވަނީ ހޮނިހިރު ދުވަހުގެ ރޭ 10:00 ގައެވެ.

މި އިވެންޓަށް ގިނަ ފަރާރްތަތކެއްގެ ތަރުހީބު ލިބެމުންދަނީ..އެގޮތުން މިނިސްޓްރީ އޮފް ޔޫތް އެންޑް ކޮމިއުނިކޭޝަން އާއި ސޯޝަލް ސެންޓަރުގެ އިތުރުން މޯލްޑިވްސް ޕޮލިސް ސާވިސް އަދި މާލޭ ސިޓީ ކައުންސިލުން އެއްބާރުލުން އެބަދޭ
އިޒްތިހާ ވިދާޅުވިއެވެ.

ސޭލްގައި ވިއްކީ އަލިފާނުގެ ހާދިސާގައި ހާލުގައި ޖެހުނު ފަރާތްތަކަށް ރިލިފް އެހީގެ ގޮތުގައި ލިބިފައިވާ ތަކެތީގެ ތެރެއިން އެ އާއިލާތަކަށް ބަހައި ބާކީވެފައި ހުރި އެއްޗިއްސެވެ.

އެ ތަކެތި އާއިލާ ތަކަށް ބޭނުން ކުރެވޭނެ ގޮތް ހެދުމަށް ދަރުމަވެރިން އިސްނަގައިގެން ހިންގި ޖަންބަލް ސޭލްގައި އަންހެން ބޭފުޅުންގެ އެކި ކަހަލަ އަންނައުނާއި ފިރިހެނުންގެ ޖިންސް އަދި ޓީޝާޓް ފަދަ ވިއްކިއެވެ. އޭގެ އިތުރުން ތުއްތު ކުދިންގެ އަންނައުނާއި އެކުދިން ބޭނުންކުރާ ނެޕީ ފަދަ ތަކެތިވެސް ސޭލްގައި ވިއްކާފައިވާކަން ފާހަގަކޮށްލެވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
- ކޮމެންޓް