Advertisement
ކ. މާލެ
|
5 އޮކްޓޯބަރ 2019 | ހޮނިހިރު 19:47
އެޑިއުކޭޝަން މިނިސްޓަރު ޢާއިޝަތު އަލީ
އެޑިއުކޭޝަން މިނިސްޓަރު ޢާއިޝަތު އަލީ
ރައީސް އޮފީސް
ޓީޗަރުންގެ ދުވަސް
ޓީޗަރުންގެ މުސާރަ ކުޑަވުން، މި ދާއިރާއަށް ނުކުންނަށް މީހުން ފަސްޖެހޭ ކަމެއް!
ޓީޗަރުންގެ މަސައްކަތަކީ އުޖޫރައަކުން މިން ކުރެވޭނެ މަސައްކަތެއް ނޫން ކަމަށް މިނިސްޓަރު ވަނީ ވިދާޅުވި
ކިޔަވައިދިނުމަކީ އެތައް ޖީލަކަށް ދެމޭނެ މަތިވެރި މަސައްކަތެއް ކަން މިނިސްޓަރު ފާހަގަކުރި

ޓީޗަރުންނަށް ދޭ ޤަދަރާއި މުސާރަ ކުޑަވުމަކީ އެމީހުން ވަޒީފާގައި ދެމިތިބެން އޮތް ގޮންޖެހުމަކަށް ވެފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ.އައިޝަތު އަލީ ވިދާޅުވެއްޖެ އެވެ.

ޓީޗަރުންގެ ދުވަހާއި ގުޅުވައިގެން މިނިސްޓަރު ދެއްވި ޚިޠާބުގައި ވިދާޅުވެފައި ވަނީ ވަޒީފާއިން ވަކިވާ ޓީޗަރުންގެ ޢަދަދު ދުނިޔޭގައި އިތުރުވަމުންދާ ސަބަބެއް ކަމަށް ބެލެވެނީ ވަޒީފާގެ ނުތަނަވަސްކަން ބޮޑުވުމުން ކަމަށާއި ކުރިމަގު އުޖާލާ ކަމަށް ނުފެންނާތީ ކަމަށެވެ.

އޭގެ އިތުރަށް މިނިސްޓަރު ވިދާޅުވީ ރެފިއުޖީންނާއި ޚާއްޞަ އެހީއަށް ބޭނުންވާ ކުދިންނާއި ގިނަ ބަސް ދަންނަ ދަރިވަރުންނަށް ކިޔަވައިދޭން ބޭނުންކުރާ ވަޞީލަތްތައް މަދުވުން ވެސް މި ދާއިރާގައި މީހުން ހަރުނުލާ ސަބަބެއްގެ ގޮތުގައި ފާހަކަވާ ކަމަށެވެ.

މިނިސްޓަރުގެ ޚިޠާބުގައި އިތުރަށް ވިދާޅުވެފައިވަނީ ފެންވަރު ރަނގަޅު ތަޢުލީމެއް ފޯރުކޮށްދިނުމަށް ޙަރަކާތްތެރި މުދައްރިސުންގެ ޖީލެއް ވަރަށް މުހިއްމު ކަމަށާއި އެފަދަ ޖީލެއް ބިނާ ނުކުރެވިއްޖެނަމަ ރަނގަޅު ތަޢުލީމަކުން އެތައް ކުދިންނެއް މަޙުރޫމްވެގެންދާނެ ކަމަށެވެ.

Advertisement

ކޮންމެ މީހެއްގެވެސް ފިކުރާއި ޚިޔާލު ބަދަލުކޮށްލި ޓީޗަރެއް ހުންނާނެކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވެފައިވަނީ ބައެއް މީހުން ކުރިއަރައި ގޮސްފައިވަނީ އެމީހުންނާ ދިމާވި ޓީޗަރުންގެ ސަބަބުން ކަމަށެވެ.

އަދި ކިޔަވައިދިނުމަކީ އެކަމުގެ ހެޔޮ އަސަރުތައް އެތައް ޒަމާނަކަށް ދިގުލައިގެންދާނެ މަތިވެރި މަސައްކަތެއްކަން ފާހަގަކުރައްވާ، ޓީޗަރުން ކުރާ މަސައްކަތަކީ ޝުކުރު ބަހަކުން ނުވަތަ އުޖޫރައަކުން ނިންމާލެވޭނެ ވަރަށްވުރެ އަގު ބޮޑު މަސައްކަތެއް ކަމަށް މިނިސްޓަރުގެ ޚިޠާބުގައި ވިދާޅުވެފައިވެއެވެ.

މިއަހަރުގެ ޓީޗަރުންގެ ދުވަހުގެ ޝިއާރަކީ "ޒުވާން މުދައްރިސުން، ތައުލީމީ ދާއިރާގެ ކުރިމަގު" އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް
6 އޮކްޓޯބަރ 2019 | އާދީއްތަ 14:31
ހުރިހާ ބާވަތެއްގެ
ހުރިހާ ބާވަތެއްގެ މުހިންމު ވަޒީފާތަކަކަށް ފައިސާއިން އަހަންމިޔަތުކަން ހޯދުމަކި ނިމުމެއް އޮތްކަމެއްނޫން!
6 އޮކްޓޯބަރ 2019 | އާދީއްތަ 00:29
ޖެމީ
ބަަޖެޓް ކޯޑްތަކުން އުނިކޮ އް މުސާރަ ބޮޑުކޮ އްލާ ، އެ ނިމުނީ !!