Advertisement
ކ. މާލެ
|
5 އޮކްޓޯބަރ 2019 | ހޮނިހިރު 21:10
ވޯރކްޝޮޕްގެ ތެރެއިން
ވޯރކްޝޮޕްގެ ތެރެއިން
ރާއްޖެއެމްވީ
ހއ.ހޯރަފުށި
ފަސް އަހަރު ދުވަހުގެ ތަރައްގީގެ ޕްލޭން އެކުލަވާލުމުގެ ވާރކްޝޮޕް ހޯރަފުށީގައި ބާއްވައިފި
މިއީ އެއްދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ ވޯރކްޝޮޕެއް
ރައްޔިތުންގެ ހިޔާލު ހޯދި

ހއ.ހޯރަފުށީގެ މާސްޓަރ ޕްލޭނަށް ރައްޔިތުންގެ ލަފާ ހޯދުމާއެކު، ފަސް އަހަރު ދުވަހުގެ ތަރައްޤީގެ ޕްލޭން އެކުލަވާލުމުގެ ވާރކްޝޮޕެއް އެރަށުގައި ބާއްވައިފިއެވެ.

މިވާރކްޝޮޕަކީ ތިން ދަންފަޅިއަށް ބަހާލައިގެން އެއްދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ ވާރކްޝޮޕެކެވެ.

މިވާރކްޝޮޕްގައި ހޯރަފުށީގެ މާސްޓަރ ޕްލޭނަށް ރައްޔިތުންގެ ޚިޔާލާއި ލަފާ ހޯދުމުގެ މަސައްކަތް ކުރިޔަށްގެންދިޔައެވެ.

ފަސް އަހަރު ދުވަހުގެ ތަރައްޤީގެ ޕްލޭން އެކުލަވާލުމުގައި އިސްކޮށް ޙަރަކާތްތެރިވަމުންދާ ހއ ކައުންސިލް އިދާރާގެ ސީނިއަރ އިކޮނޮމިކް ޑިވަލޮމްމެންޓް އޮފިސަރ އަޙްމަދު ޝަމީމް ވިދާޅުވީ މިއަދުގެ ވޯރކްޝޮޕްގައި 98 މީހުން ބައިވެރިވެފައިވާ ކަމަށެވެ.

Advertisement

މިވޯރކްޝޮޕްގައި ބޯހިޔާވަހިކަމާއި، އަމަންއަމާންކަން ގާއިމްކުރުމާއި، ރައްކާތެރި ބޯފެނާއި ކަރަންޓާއި ރަށްވެހިކަމުގެ ޚިދުމަތްތަކާއި، ތައުލީމާއި،ސިއްހީ ޚިދުމަތްތަކާއި، ވިޔަފާރިއާ އިގްތިސާދު، ޒުވާނުންނާއި ކުޅިވަރު އަދި ތިމާވެށި ރައްކާތެރިކުރުމާއި ކާރިޘާތަކުން ރައްކާތެރިވުމާ ބެހޭ ގޮތުން ފުޅާ ދާއިރާގައި މަޝްވަރާކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. މާސްޓަރ ޕްލޭނުގައި ވަކި ވަކި ދާއިރާތަކުން ޕްލޭން އެކުލަވާލާނީ ވާރްކޝޮޕްގެ ބައިވެރިންގެ ހިޔާލުތައް ހިމަނައިގެންކަމަށް ކައުންސިލުން ބުނެއެވެ.

ޝަމީމް ވިދާޅުވީ ރައްޔިތުންގެ ބިނާކުރަނިވި ޚިޔާލާއެކު އެކުލަވާލާ މި މާސްޓަރ ޕްލޭނާއެކު ހެޔޮ ބަދަލުތައް އަންނާނެ ކަމަށާއި، ރައްޔިތުން ޤަބޫލުކުރާ ރައްޔިތުން އެދޭ ހެޔޮ ބަދަލަކަށް ހޯރަފުށި ބައްޓަންވެގެންދާނެ ކަމަށް އުންމީދުކުރާ ކަމަށެވެ.

މިފަދަ ވާރކްޝޮޕެއް ސެޕްޓެންބަރު މަހުގެ 07 ވަނަ ދުވަހު މާލޭގައި ވެސް ވަނީ ބާއްވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް