Advertisement
ކ. މާލެ
|
5 އޮކްޓޯބަރ 2019 | ހޮނިހިރު 18:50
ސްކޫބާ ޑައިވިންގް ހޯލް އޮފް ފޭމްގެ ޙަރަކާތުގެ ތެރެއިން
ސްކޫބާ ޑައިވިންގް ހޯލް އޮފް ފޭމްގެ ޙަރަކާތުގެ ތެރެއިން
ޓްވިޓަރ
ސްކޫބާ ޑައިވިންގް
އިންޓަރނޭޝަނަލް ސްކޫބާ ޑައިވިންގގެ ހޯލް އޮފް ފޭމް އިން ސެންޑީ ޖާގަހޯދައިފި
ސެންޑީއަކީ ޑައިވިންގ ދާއިރާއަށް އެންމެ ފުރަތަމަ ރާއްޖެއިން ނިކުތް އެކަކު

އިންޓަރނޭޝަނަލް ސްކޫބާ ޑައިވިންގގެ ހޯލް އޮފް ފޭމް އިން ރާއްޖޭގެ ފުރަތަމަ ޕަޑީ ޑައިވް އިންސްޓްރަކްޓަރ ހުސައިން ރަޝީދު (ސެންޑީ) ޖާގަ ހޯދައިފިއެވެ.

Advertisement

މިކަމާއި ގުޅިގެން ސެންޑީ ކޮށްފައިވާ ޓުވީޓެއްގައި ބުނެފައިވަނީ އެވޯޑަކާއި ހަމަޔަށް އާދެވުނީ ވަރަށް ބުރަ މަސައްކަތުންކަމަށާއި ، މިހާ ހިސާބަށް އާދެވުމުގައި އެހީތެރިވެދިން ހުރިހާ ފަރާތްތަކައް ވަރަށް ބޮޑަށް ޝުކުރު އަދާކުރާކަމަށެވެ. އަދި ވަނަ ލިބުނީ އެ ހުރިހާ ފަރާތެއްގެ އެހީތެރިކަން ލިބުމުން ކަމަށް ސެންޑީ ވަނީ ބުނެފައެވެ.

ރާއްޖޭގެ ޤުދުރަތީ ރީތަކަން މުޅި ދުނިޔެއަށް އިޝްތިހާރުކޮށްދިނުމުގައާއި ކުދިން މިދާއިރާއަށް ޝައުގުވެރިކަން އުފެއްދުމުގެ އިތުރުން ދޮޅުހާހެއްހާ މީހުންނަށް ސެންޑީ ކިޔަވައިދީފައިވެއެވެ. ސެންޑީއަކީ ޑައިވިންގގެ ދާއިރާ އިން އޭޝިޔާ ޞަރަޙައްދުގަ ނަން މަޝްހޫރު މީހެވެ. މިގޮތުން އޭނާއަކީ 1980 ގެ އަހަރުތަކުގައި ރާއްޖެއަށް ފީނުން ޢާއްމުވަމުން ދިޔަ ދުވަސްވަރު މި ދާއިރާ އިން ކިޔެވި މަދު މީހުންގެ ތެރެއިން އެކަކެވެ. ކޯސް ޑައިރެކްޓަރަ ކޯސް 2،000 ވަނަ އަހަރު ހަދައިފައިވާ ސެންޑީއަކީ މިހާރު އެ ދާއިރާގެ ކޯސް ޑައިރެކްޓަރެކެވެ.

އިންޑިއާގެ މުންބާއީގައި ކުރިއަށްދާ އެޑެކްސްއިންޑިއާ އޯޝަން ފެސްޓިވަލުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް