Advertisement
ކ. މާލެ
|
5 އޮކްޓޯބަރ 2019 | ހޮނިހިރު 11:30
ސްޓާފް ސާޖަންޓް އަލީ ރިޔާޒް
ސްޓާފް ސާޖަންޓް އަލީ ރިޔާޒް
އެމްއެންޑީއެފް
އެމްއެންޑީއެފް
ތަމްރީނު ހަދަމުންދިޔަ ސިފައިންގެ އޮފިސަރަކު ނިޔާވެއްޖެ
ނިޔާވީ ސްޓާފް ސާޖަންޓް އަލީ ރިޔާޒެވެ.
އެނާ މިއަދު ހުޅުމާލޭގައި އޮތް ބީއެފްޓީ ޓެސްޓު ޖެހި
މިއީ ސިފައިންގެ ޓްރެއިނިންގައި އުޅުއްވަނިކޮށް ނިޔާވި ދެވަނަ އޮފިސަރު

ގިރިފުށީ ޓްރޭނިންގ ސެންޓަރުގައި ތަމްރީނު ހަދަމުން ދިޔަ ސިފައިންގެ އޮފިސަރަކު ނިޔާވެއްޖެއެވެ.

ހޮނިހިރު ދުވަހު ހެނދުނު ނިޔާވެފައި ވަނީ އެމްއެންޑީއެފްގެ މެރިން ޑިޕްލޮއިމަންޓް ޔުނިޓް (އެމްޑީޔޫ) 2 ގައި މަސައްކަތް ކުރައްވާ ސްޓާފް ސާޖަންޓް އަލީ ރިޔާޒެވެ.

އެމްއެންޑީއެފުން ބުނީ ސްޓާފް ސާޖަންޓް އަލީ ރިޔާޒް ހޮނިހިރު ދުވަހު ހެނދުނު ހުޅުމާލޭގައި އޮތް ބީއެފްޓީ ޓެސްޓެއް ޖެހި ކަމަށެވެ. އަދި ހެނދުނު އެނބުރި ގިރިފުއްޓަށް ގޮސް، ބަނޑަށް ވައިގެ އުނދަގޫތަކެއް ވާކަމަށް ކައިރީގައި ހުރި ދަރިވަރަކު ކައިރީގައި ބުނިތަނާހެން ގައިން ވަރުދޫވެގެން ވެއްޓުނު ކަމަށް އެމްއެންޑީއެފްއިން މައުލޫމާތު ދީފައިވެއެވެ.

Advertisement

ވަގުތުން އިމަޖެންސީގައި ސްޓާފް ސާޖަންޓް ރިޔާޒް މާލެ ގެނެވި އޭޑީކޭ ހޮސްޕިޓަލަށް ގެންދިޔަ ކަމަށް އެމްއެންޑީއެފުން މައުލޫމާތުދެއެވެ.

މިއީ މިއަހަރުގެ ތެރޭގައި ސިފައިންގެ ޓްރެއިނިންއެއްގައި އުޅުއްވަނިކޮށް ނިޔާވީ ދެވަނަ އޮފިސަރެވެ. އެގޮތުން މި އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި، ޅ. މާފިލާފުށީގައި ސިފައިންގެ ކަސްރަތުގައި އުޅުއްވަނިކޮށް ސިފައިންގެ ކެޕްޓަން މުހައްމަދު ރާމިޒު ވަނީ ނިޔާވެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް
5 އޮކްޓޯބަރ 2019 | ހޮނިހިރު 19:01
ބީނާ
ޢިންނާލިއްލާހި ވައިންނާ އިލައިހި ރާޖިޢޫން