Advertisement
ކ. މާލެ
|
4 އޮކްޓޯބަރ 2019 | ހުކުރު 23:17
ސިނަމާލެ ބްރިޖް
ސިނަމާލެ ބްރިޖް
އަޝްވާ ފަހީމް
ސިނަމާލެ ބްރިޖް
ބްރިޖް ބަމްޕަރުތައް ނެގީ ކުދި ކުދި އެކްސިޑެންޓްތައް މަދުކުރުމަށް: ފުލުހުން
ބަންޕަރުތައް ނެގީ ވަގުތީ ގޮތުން
ބަންޕަރުތައް ނެގީ ޓްރާންސްޕޯޓް އަދި ހައުސިން އެންޑް އިންސްފްރާސްޓްރަކްޗަރ އާ މަޝްވަރާކޮށްފަ

ސިނަމާލެ ބްރިޖްމަތީ ހުރި ބަންޕަރުތައް ނެގީ ކުދި ކުދި އެކްސިޑެންޓްތައް ގިނަވާތީ އެކަން މަދުކުރުމަށްޓަކައި ވަގުތީ ގޮތުން ކަމަށް ފުލުހުން ބުނެފިއެވެ.

ރާއްޖެ އެމްވީއަށް މައުލޫމާތު ދެމުން ފުލުހުން ބުނީ، ބްރިޖްމަތީ ހުރި ބަންޕަރުތައް ބަހައްޓާފައި ހުރި ގޮތުން ބައެއް ފަހަރު ކުދި ކުދި އެކްސިޑެންޓްތައް ގިނަވާ ކަމަށާއި އެކަން ހައްލުކޮށް މަދުކުރުމަށް ބަންޕަރުތައް ނެގީ ކަމަށެވެ.

އިތުރަށް ބުނީ، ބަންޕަރުތައް ނެގީ މިނިސްޓްރީ އޮފް ނެޝެނަލް ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗަރާއި ޓްރާންސްޕޯޓް މިނިސްޓްރީ އަށް ފުލުހުން މަޝްވަރާ ކުރުމަށްފަހު ކަމަށެވެ.

Advertisement

މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ހުޅުވި ސިނަމާލޭ ބްރިޖްގައި ބޮޑެތި ގިނަ އެކްސިޑެންޓަކެއް ހިނގާފައިވާއިރު ހެލްމެޓް އަޅައިގެން ބްރިޖް ހުރަސް ކުރަން ޓްރާންސްޕޯޓުން މިއަހަރު ވަނީ މަޖުބޫރުކޮށްފައެވެ.

އޭގެ އިތުރުން މިހާރު ދަނީ ބްރިޖް އަދި ހައިވޭގައި ބަހައްޓާފައި ހުރި ޕްލާސްޓިކް ޑިވައިޑަރުތައް ސިމެންތި ޑިވައިޑަރުތަކަށް ބަދަލުކުރަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް