Advertisement
ކ. މާލެ
|
4 އޮކްޓޯބަރ 2019 | ހުކުރު 23:35
ޗީފް އޮފް ޑިފެންސްފޯސް މޭޖަރ ޖެނެރަލް އަބްޑުﷲ ޝަމާލް
ޗީފް އޮފް ޑިފެންސްފޯސް މޭޖަރ ޖެނެރަލް އަބްޑުﷲ ޝަމާލް
ޓްވިޓަރ
އެމްއެންޑީއެފް
ގޯއާ މެރިޓައިމް ކޮންކްލޭވްގައި ޗީފް އޮފް ޑިފެންސް ފޯސް ތަޤުރީރުކުރައްވަނީ
ޗީފް އޮފް ޑިފެންސް ފޯސް ތަގުރީރު ކުރެއްވުމަށް ހަމަޖެހިފައިވަނީ ހޮނިހިރު ދުވަހު

އިންޑިއާގެ ގޯއާގައި ކުރިއަށްދާ ދެވަނަ ގޯއާ މެރިޓައިމް ކޮންކްލޭވްގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދު ﷲ ޝަމާލް، ހޮނިހިރު ދުވަހު ތަޤުރީރުކުރައްވާ ގޮތަށް ހަމަޖެހިއްޖެއެވެ.

ގޯއާ މެރިޓައިމް ކޮންކްލޭވްގެ މިފަހަރުގެ ތީމަކީ "ކޮމަން މެރިޓައިމް ޕްރިއޯރިޓީސް އިން އިންޑިއަން އޯޝަން ރީޖަން އެންޑް ނީޑް ފޯރ ރީޖަނަލް މެރިޓައިމް ސެކިޔުރިޓީ" އެވެ.

މިމަހުގެ 3 އިން 5 ވަނަ ދުވަހުގެ ނިޔަލަށް ކުރިޔަށްދާ މި ކޮންކްލޭވްގައި އިންޑިއަން އޯޝަން ރީޖަންއަށް ނިސްބަތްވާ ވަރަށް ގިނަ ޤައުމުތަކުގެ ނޭވީ ޗީފުންގެ އިތުރުން މެރިޓައިމް ސެކިއުރިޓީ އަދި މެރިޓައިމް ސްޓްރެޓެޖީގެ އެކްސްޕާރޓުންނާއި ސްކޮލާރސްއިން ބައިވެރިވެވަޑައިގަންނަވައެވެ.

Advertisement

މި ކޮންކްލޭވްގައި އިންޑޮނޭޝިއާ، މެލޭޝިއާ، ސިންގަޕޯރ، ތައިލޭންޑުގެ އިތުރުން ބަންގުލަދޭޝް، މިޔަންމާ، ސްރީލަންކާ އަދި ދިވެހިރާއްޖެ، ސީޝެލްސް، މޮރިސަސްގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގަންނަވައެވެ.

ޗީފް އޮފް ޑިފެންސް ފޯސްގެ މިދަތުރުފުޅުގައި ވަނީ ގޯއާ މެރިޓައިމްގެ އިސްވެރިއެއް ކަމަށްވާ ކަރަމްބީރު ސިންގް އާއި ވެސް ބައްދަލު ކުރައްވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
- ކޮމެންޓް