މާފުށީ ޖަލުގައި ތިބި ބައެއް ގައިދީން ބަޑުހައިހޫނުކަމުގެ ހަޅުތާލު ކުރަމުންދާ ކަމަށާއި ހަޅުތާލު ކުރުން ހުއްޓާލާނީ ވެރިން އެފަރާތްތަކަށް ބޭނުންވާ ކަންކަން ފޯރުކޮށްދިނުމުން އެންގިއްޖެ އެވެ.
ރާއްޖެއެމްވީއަށް މައުމޫލާތު ދިން މީހަކު ބުނީ ހޮނިހިރު ދުވަހުގެ ހެނދުނުއްސުރެ ގައިދީން ބަނޑުހައިހޫނުކަމުގެ ހަޅުތާލުކުރަމުންދާ ކަމަށެވެ. އެމީހުން މި ހަޅުތާލުކުރަނީ ޖަލުގައި އެމީހުންނަށް ލިބެންޖެހޭ ބަހެއް ހިދުމަތްތައް އެންމެ ރަނގަޅުގޮތުގައި ނުލިބޭތީ ކަމަށް އޭނާ ބުނެ އެވެ. އެގޮތުން ޑޮކްޓަރަށް ދެއްކުމުގައިވެސް ގައިދީންނަށް ދަތިތައް ހުރިކަން ރާއްޖެއެމްވީއާ ވާހަކަ ދެއްކި ގައިދީއަކު ވަނީ ބުނެފަ އެވެ.
މީގެ އިތުރުން ގައިދީން ބަނޑުހައި ހޫނުކަމުގެ ހަޅުތާލުކުރަމުންދާއިރު ބައެއް ގޮޅިތަކުގެ ކަރަންޓް ކަނޑާލާ ގައިދީންނަށް އަނިޔާކުރަމުންދާ ކަމަށް ވެސް އޭނާ ބުންޏެ އެވެ.
މިކަމާ ގުޅިގެން ކަރެކްޝަލް ސަރވިސްގެ މީޑިޔާ އޮފިޝަލް ވިދާޅުވީ މެކްސިމަމް ސެކިއުރިޓީ ބައިގައި ހިތްހަމަނުޖެހުންތަކެއް ހުރެ އަޑުގަދަ ކުރަމުންދާ ކަމަށާއި އެހެންނަމަވެސް ބަނޑުހައި ހޫނުކަމުގެ ހަޅުތާލެއް ކުރަމުން ނުދާ ކަމަށެވެ. ޖަލުގައި ހިނގަމުންދާ ބަނޑުހައި ހޫނުކަންމަތީގެ ހަޅުތާލުގައި 70 ވަރަކަށް މީހުން ބައިވެރިވާކަމަށް ރާއްޖެއެމްވީއަށް މައުލޫމާތު ލިބިފަ އެވެ.
މާފުށީ ޖަލުގައ ބަނޑުހައި ހޫނު ކަމުގެ ހަޅުތާލު ކުރަމުންދާ ކަމަށް އަޑުތައްފެތުރިފައިވާ އިރު މިދިއަ އަހަރުގައި ދުނިދޫ ޖަލުގައިވެސް ގައިދީންތަކެއް ވަނީ ބަނޑުހައިހޫނު ކަމުގެ ހަޅުތާލުކޮށްފަ އެވެ.