Advertisement
ކ. މާލެ
|
4 އޮކްޓޯބަރ 2019 | ހުކުރު 18:07
އިންޑިއާ އިން ފިޔާ އެތެރެކުރުން މަނާކުރުން
އިންޑިއާ އިން ފިޔާ އެތެރެކުރުން މަނާކުރުން
އިންޑިޔާ ޓުޑޭ
ފޮރިން މިނިސްޓްރީ
އިންޑިއާއިން ފިޔާ ލިބުމުގައި ރާއްޖެއަށް ދައްޗެއް ނެތް : ފޮރިން މިނިސްޓްރީ
ރާއްޖެއަށް ފިޔާ ލިބުމުގެ ދަތިކަމެއް ނެތް
ރާއްޖޭގެ ބާޒާރުގައި ފިޔާގެ އަގު ބޮޑު ވާން ވީ ސަބަބެއް ނެތް

އިންޑިއާއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން ދަނޑުތައް ހަލާކުވެ ބޭނުންވާ ވަރަށް ފިޔާ ނުއުފެއްދޭތީ ގައުމުތަކަށް ފިޔާ އެކްސްޕޯޓް ކުރުން ވަގުތީ ގޮތުން އިންޑިއާ އިން ހުއްޓާލި ނަމަވެސް އެ ގައުމުތަކުގެ ތެރޭގައި ރާއްޖެ ނުހިމެނޭކަމަށް ފޮރިން މިނިސްޓްރީގެ ޑިރެކްޓަރ އޮފް ކޮމިއުނިކޭޝަންސް މިއުވާން މުޙައްމަދު ވިދާޅުވެއްޖެއެވެ.

އިންޑިއާއިން ރާއްޖެއަށް އެތެރެކުރާ އަސާސީ ކާބޯތަކެތީގެ ބާވަތްތަކާއި، ހިލައާއި ހިލަވެލީގެ ކޯޓާ އިތުރުކޮށްދިނުމަށް ދިވެހި ސަރުކާރުން އެދުމާއި ގުޅިގެން ، ކުރިއަށް އޮތް 3 އަހަރަށް ކޯޓާ އިތުރުކުރުމަށް މި އަހަރުގެ އޭޕްރީލް މަހުގެ 1 ވަނަ ދުވަހުން ފެށިގެން އިންޑިއާއިން ވަނީ ނިންމާފައެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން މިއުވާން ވިދާޅުވީ ރާއްޖެއާއި އިންޑިއާ ދެމެދު ވެފައިވާ އެއްބަސް ވުމުގެ ސަބަބުން ، ފިޔާ އެތެރެކުރުމަށް ނުވަތަ ލިބުމަށް އެއްވެސް ދަތިކަމެއް ނާންނާނެކަމަށާއި ، ކުރިން އެތެރެ ކުރިވަރަށް މިހާރުވެސް އެތެރެކުރެވޭނެކަމަށެވެ.

Advertisement

މިދިޔަ އާދިއްތަ ދުވަހު އިންޑިއާގެ ސަރުކާރުން ވަނީ، ވަކި އެއްޗެއް އަންގަންދެން ފިޔާ އެކްސްޕޯޓް ކުރުން މަޑު ޖައްސާލަން އަންގާފައެވެ. އިންޑިއާއަށް މިހާރު ކުރަމުންދާ މޫސުމީ ވިއްސާރައިގައި ލިބުނު ގެއްލުންތަކުގެ ސަބަބުން ބާޒާރަށް ފިޔާ ނެރެވޭ މިންވަރު ވަރަށް ބޮޑަށް މަދުވެ، ފިޔަލުގެ އަގު ވަނީ ބޮޑުވެފައެވެ. ވެރިރަށް ނިއު ދިއްލީއާއި، ވިޔަފާރި މަރުކަޒީރަށް މުމްބާއީގެ ބާޒާރުގައި ފިޔާ ކިލޯއެއް މިހާރު ވިއްކަމުންދަނީ 80-70 ރުޕީސްއާ ދެމެދުގެ އަގެއްގައެވެ. މިއީ އާއްމުކޮށް ލިބޭ އަގަށްވުރެ ބޮޑު އަދަދެކެވެ.

މޫސުމީ ވިއްސާރައާހުރެ ފިޔާ އުފެއްދުން ދަށްވެ ބާޒާރުގައި ފިޔާގެ އަގުބޮޑުވިނަމަވެސް ރާއްޖެއަށް ފިޔާ ލިބުމުގެ ދަތިކަމެއް ނެތެވެ. އެހެންނަމަވެސް ބައެއް ވިޔަފާރިވެރިން ދޮގު މައުލޫމާތުދީ އޮޅުވާލައިގެން ބޮޑު އަގުގައި ފިޔާ ވިއްްކައެވެ . ރާއްޖޭގެ އިޖްތިމާޢީ އަދި އިޤްތިޞާދީ ކަންކަން ތަރައްޤީކުރުމުގައި އިންޑިއާ ސަރުކާރުން އަބަދުވެސް އެހީތެރިކަން ފޯރުކޮށްދޭނެކަމަށް އިންޑިއާއިން ވަނީ ބުނެފައެވެ.

އިންޑިއާއަކީ އަހަރެއްގެ ތެރޭގައި އެންމެ ގިނައިން ފިޔާ އެކްސްޕޯޓް ކުރާ އެއް ގައުމެވެ. މިދިޔަ އަހަރު އިންޑިއާ އިން 2.2 ބިލިއަންގެ ފިޔާ އެހެނިހެން ގައުމުތަކަށް އެކްސްޕޯޓްކޮށްފައިވާކަމަށް އިންޑިއާގެ ޓްރޭޑްގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް