Advertisement
ކ. މާލެ
|
4 އޮކްޓޯބަރ 2019 | ހުކުރު 13:21
ރައީސް އޮފީހުގެ ޕޮލިސީ ސެކްރެޓަރީ އައިމިނަތު ޝައުނާ
ރައީސް އޮފީހުގެ ޕޮލިސީ ސެކްރެޓަރީ އައިމިނަތު ޝައުނާ
ރައީސް އޮފީސް
ފަލަސުރުހީ
އެސްއޭޕީގައިވާ ވައުދުތައް ފުއްދޭނެކަމުގެ ޔަޤީންކަން އެބައޮތް، އެކަންކަން ގާތުން ބަލަމުންގެންދާނަން: ޝައުނާ
ކޮންމެ ވުޒާރާއެއްގައިވެސް މަސައްކަތް މޮނިޓަރކުރަން އެސްއޭޕީ މެނޭޖަރއެއް ހުންނާނެ

ސަރުކާރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭން (އެސްއޭޕީ) ގައި ހުރި ހުރިހާ ވައުދުތައް މި ސަރުކާރުގެ 5 އަހަރުގެ ތެރޭގައި ފުއްދާނެކަމަށާއި، އެޔަށްފަހު ކަންތައް ވާނެގޮތް ނިންމަވާނީ ރައްޔިތުންކަމަށް ރައީސް އޮފީހުގެ ޕޮލިސީ ސެކްރެޓަރީ އައިމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގުރާމްގައި ވާހަކަދައްކަވަމުން ޝައުނާ ވިދާޅުވީ 2008 ވަނަ އަހަރު އެމްޑީޕީގެ ވެރިކަމުގައިވެސް ސްޓްރެޓީޖިކް އެކްޝަން ޕްލޭނެއް އެކުލަވާލިކަމަށާއި، ނަމަވެސް ސިޔާސީ މައިދާނުގައި ކަންތައް ވެގެންދިޔަ ގޮތުން އެމްޑީޕީގެ ވެރިކަން ނިމުމަކަށް ގެނައިއިރު އެކަންކަން ހާސިލްކުރެވިފައިނުވާކަމަށެވެ. އަދި މިފަހަރުގެ އެސްއޭޕީ އެކުލަވާލަފައިވަނީ މާޒީގެ ތަޖުރިބާއައްބަލައިގެންކަމަށް ޝައުނާ ވިދާޅުވި އެވެ.

Advertisement

2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި އެމްޑީޕީން ރައްޔިތުންނަށް އެތަށް ވައުދުތަކަށް ވެފައިވާކަން ފާހަގަކޮށް ޝައުނާ ވިދާޅުވީ، އެސްއޭޕީގައި ހިމެނިގެން ދަނީ އެ ދުވަސްވަރު މެނިފެސްޓޯގައި ހިމެނުނު ކަންތައް ކަމަށެވެ. އެގޮތުން ވީހާވެސް ދެފުށް ފެންނަ ގޮތަކަށް ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދާނެގޮތާއި، އެކަންތައްއް ތަންފީޒުކުރުމުގައި އެހީތެރިވާ ނުވަތަ އެ މަސައްކަތެއް ނިންމަންޖެހޭ ވުޒާރާތައް އެސްއޭޕީގައި ބަޔާންކޮށްފައިވާނެކަމަށް ޝައުނާ ވިދާޅުވި އެވެ.

އެސްއޭޕީ ކަނޑައެޅިގެން ދިން މުއްދަތުގައި އެކަންތައްވޭތޯ ރައީސް އޮފީހުން ވަރަށް ކައިރިން ބަލަމުން ގެންދާނެކަމަށާއި ދީފައިވާ މުއްދަތައް ނުނިމިއްޖެ ކަމުގައި ވާނަމަ އެކަންތައް ވެގެންދިޔައީ ކިހިނެއްތޯ ބަލައި ސަރުކާރުން އިތުރަށް އެހީ ފޯރުކޮށްދޭނެކަމަށް ޝައުނާ ވިދާޅުވިއެވެ. އަދި ކޮންމެ ވުޒާރާއެއްގައިވެސް އެ ތަނަކާއި ގުޅޭ މަސައްކަތް ކުރިޔަށް ދަނީ ކިހާވަރަކަށްތޯ ބެލުމަށްޓަކައި އެސްއޭޕީ މެނޭޖަރެއް ހުންނާނެކަމަށްވެސް ޝައުނާ ވިދާޅުވިއެވެ.

އަޅުގަނޑުމެންގެ އެންމެ ބޮޑު އެއް އަމާޒަކީ ސްޓްރެޓީޖިކް އެކްޝަން ޕްލޭން ތަންފީޒުކުރަމުންދާ ގޮތް މޮނިޓަރ ކުރުން. މޮނިޓަރ ކުރުމުގައި މަަދަނީ ޖަމިއްޔާތަކާއި އަދި އެކަޑެމިކް ގްރޫޕްތަކުގެ އެހޯތެރިކަންވެސް ހޯދާނެ. މަންތްލީ ބަލަމުން ދާނެ، ކޮންމެ މިނިސްޓްރީއެއްގައި ހުންނާނެ އެސްއޭޕީ މެނޭޖާރ އެެއް. އަޅުގަނޑުމެންނަށް ކަމެއް ތަންފީޒު ނުވާކަން ނުވަތަ ޓާރގެޓަށް ރީޗް ނުވާކަން އެނގޭނީ 2020 ވަނަ އަހަރު ނިމުނީމައެއް ނޫން. މިސާލަކަށް ކައްސާލާ ކަމެއް އިނިއްޔާ ކުރީ ބައިގައި ހައިލައިޓް ވެފައި އިންނާނެ. އަޅުގަނޑުމެންގެ ޒިންމާއަކީ ހައިލައިޓް ވާ ހިސާބުން އެ ޖެހޭ މައްސަލައަކީ ކޮބައިތޯ ބަލައި އެޔަށް ސަމާލުކަމެއް ދީ، ހަމަ މަގަށް އަޅުވާނީ ކިހިނެއްތޯ ބެލުން.
އައިމިނަތު ޝައުނާ / ޕޮލިސީ ސެކެރެޓަރީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީސް

މީގެ ސަބަބުން ތަންފީޒީ އިދާރާތަކާއެކު ވަރަށް ކައިރިން މަސައްކަތްކޮށް ރައްޔިތުންނަށް ހެޔޮ ބަދަލުގެނެސް ދެވިގެންދާނެކަމަށް ޝައުނާ ވިދާޅުވިއެވެ. އެސްއޭޕީ ބެހިފައިވަނީ މައިގަނޑު ފަސް ބަޔަކަށެވެ. އެއީ، ނޫ އިގްތިސާދު، އޯގާތެރި ސަރުކާރު، ފަހުރުވެރި އާއިލާ، ޖަޒީރާ ދިރިއުޅުން އަދި ހެޔޮ ވެރިކަން އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް
4 އޮކްޓޯބަރ 2019 | ހުކުރު 16:29
ކޮންޑެލީސާ
މީނަމީ ކޮންޑެލީސާ ރައިސްތަ؟