Advertisement
ކ. މާލެ
|
4 އޮކްޓޯބަރ 2019 | ހުކުރު 12:39
ފެނަކަ ކޯޕްރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ސައީދު މުހައްމަދު
ފެނަކަ ކޯޕްރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ސައީދު މުހައްމަދު
ޝުއައިބް މުހައްމަދު އިގްބާލް
ފެނަކަ ކޯޕަރޭޝަން ލިމިޓެޑް
ޔާމީންގެ ވެރިކަމުގައި ފެނަކައިގެ ތަސައްވުރު އޮތީ ކިލަނބުކޮށްލާފައި: ސައީދު
މުއައްޒަފުންނާއި ކުންފުނީގެ ވަސީލަތްތައް ސިޔާސީ ކަންކަމުގައި ބޭނުންކޮށްފައިވޭ
އުސޫލުން ބޭރުން ގިނަ ބަޔަކަށް ވަޒީފާދީފައިވޭ
ޚިދުމަތްތައް ރަނގަޅު ކުރުމަށް ގިނަ މަސައްކަތްތައް ދަނީ ކުރަމުން

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ފެނަކަ ކޯޕަރޭޝަންގެ ތަސައްވުރު އެކީ ކިލަނބުކޮށްލާފައިވާ ކަމަށް އެކުންފުނީގެ މިހާރުގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ސައީދު މުހައްމަދު ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ "މަގޭ ކުންފުނި" ޕްރޮގްރާމްގައި މެނޭޖިން ޑިރެކްޓަރު ސައީދު ވިދާޅުވީ ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ފެނަކަ ސިޔާސީ ބޭނުމަށް ވަރަށް ބޮޑަށް ބޭނުންކޮށްފައިވާ ކަމަށާއި، ކުންފުނީގެ މެންޑޭޓުން ބޭރުން އެތައް ކަމެއްކޮށްފައިވާ ކަމަށެވެ. އެގޮތުން ގިނަ މުއައްޒަފުންތަކެއް އިތުރުގަޑިއާ އެލަވަންސް އަދި އެހެނިހެން އިނާއަތްތައްދީގެން ރާއްޖޭގެ އެކި ސަރަހައްދުގައި ސިޔާސީ ހަރަކާތްތައް ހިންގުމަށް ބޭނުން ކުރަމުންދިޔަ ކަމަށާއި، ހަމައެގޮތަށް ކުންފުނީގެ ބައެއް ވަސީލަތްތައް ބޭނުންކޮށްފައިވާ ކަމަށެވެ.

Advertisement

އިންތިޚާބަށްދިމާކޮށް ގިނަ އަދަދެއްގެ މީހުންނަށް ކޮންޓްރެކްޓްގެ އުސޫލުން ވަޒީފާދީފައިވާކަން ފާހަގަކުރައްވައި ސައީދު ވިދާޅުވީ އެފަދަ މުއައްޒަފުންގެ ކޮންޓްރެކްޓް އައުނުކުރާ ކަމަށެވެ. ސައީދު ވިދާޅުވީ މިހާރު ފެނަކައިން ވަޒީފާ ދެމުންދަނީ އުސޫލުގެ ތެރެއިން އެންމެ އެކަށީގެންވާ މީހުންނަށް ކަމަށާއި، ސިޔާސީ ގޮތުން ވަޒީފާދިން ސިލްސިލާ ނިމުމަކަށް ގެނެސްފައިވާ ކަމަށެވެ.

ފެނަކަ ކޯޕްރޭޝަންއާ އަޅުގަނޑުމެން ހަވާލުވިއިރުގައި ވަރަށް ނާޒުކު ގިނަ މައްސަލަތަކެއް ހުރި. އޭގެ ތެރޭގައި އަޅުގަނޑު ފާހަގަކޮށްލާނަން ރައްޔިތުންގެ ތެރޭގައި ފެނަކައާ ދޭތެރޭގައި ދެކެމުން އަންނަ ގޮތް އެއީ ވަރަށް ބޮޑަށް ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް އަމަލުކުރަމުންދާ ކުންފުންޏެއްގެ ގޮތުގައި ރައްޔިތުންގެ ވަރަށް ގިނަ ބަޔަކު ގަބޫލުކުރަމުން އައީ. ދެން އަޅުގަނޑުމެންގެ މައިގަނޑު މަސައްކަތަކަށް ގަބޫލުކުރަމުން އައީ ރައްޔިތުން ކުންފުޏާ ދޭތެރޭގައި ދެކޭގޮތް އެބަދަލުކުރުމަށް. އެކަމަށްޓަކައި އިރާދަކުއްރެއްވިއްޔާ މަސައްކަތްތަކެއް ކުރެވިއްޖެ.
އަހުމަދު ސައީދު / މެނޭޖިން ޑިރެކްޓަރ

ރަށްރަށަށް ފޯރުކޮށްދެމުންދާ ކަރަންޓުގެ ހާލަތަށް އަލިއަޅުއްވާލައްވާ ސައީދު ވިދާޅުވީ މުޅި ރާއްޖޭގެ ރައްޔިތުންގެ ތެރެއިން 70 އިންސައްތަ އާބާދީއަށް ފެނަކަ މެދުވެރިކޮށް މިޚިދުމަތްދޭއިރު އަދިވެސް އެންމެ ހިތްހަމަޖެހޭގޮތަށް ރައްޔިތުންނަށް މިޚިދުމަތް ނުދެވޭ ކަމަށެވެ. އަދި ވިދާޅުވީ މިޚިދުމަތް ރަނގަޅު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރާ ކަމަށެވެ.

އެގޮތުން ފާއިތުވި 08 މަސް ދުވަހުގެ ތެރޭގައި 53 ރަށަކަށް އާ އިންޖީނުތައް ގެންދެވިފައިވާ ކަމަށާއި، މުޅި ރާއްޖެ ސިންކްރޮނައިޒްކުރުމަށް ގެންދާ ޕްލޭންގެ ދަށުން މިހާރު ޖުމްލަ 11 ރަށް ފިޔަވައި ހުރިހާ ރަށެއް ސިންކްރޮނައިޒް ކުރެވިފައިވާ ކަމަށް ސައީދު ވިދާޅުވިއެވެ. މީގެއިތުރުން ސައީދު ވިދާޅުވީ އިންޖީނުގެ ރީލޮކޭޓް ކުރުމުގެ ޕްރޮގްރާމްއަކީ ވެސް ޚާއްސަ އިސްކަމެއްދީގެން ކުރާ މަސައްކަތެއް ކަމަށާއި، މިއަހަރު ނިމެންވާއިރަށް 26 ރަށެއްގެ އިންޖީނުގެ ބަދަލުވެގެންދާނެ ކަމަށެވެ.

ސައީދު ވިދާޅުވީ ޖުމްލަ 61 އިންޖީނުގެ ބަދަލުކުރަންޖެހޭއިރު، ފާއިތުވި 08 މަސް ދުވަހުގެ ތެރޭގައި 12 ރަށެއްގެ މަސައްކަތް މިހާރު ފެށިފައިވާ ކަމާށެވެ. އަދި ކުރިއަށް އޮތް 03 މަސް ދުވަހުގެ ތެރޭގައި ބާކީ ހުރި ރަށްތަކުގެ މަސައްކަތް ފެށޭނެ ކަމަށް ވިދާޅުވިއެވެ.

އަޅުގަނޑުމެން ވަރަށް ބާރު ސްޕީޑެއްގައި މަސައްކަތްތައް އެބަ ކުރަމު. ރާއްޖޭގައި ފެނަކައިގައި ވަޒީފާ އަދާކުރާ މުއައްޒަފުންނަށް ވެސް އަޅުގަނޑުމެން ވަރަށް ގިނަގުނަ މަންފާ ކުރުވަނިވި އެތައް ކަމެއް އިތުރަށް ތައާރަފްކުރެވި ރައްޔިތުންނަށް ޚިދުމަތްތައް ކުރުމަށް ދެމެހެއްޓެނިވި ގޮތަށް މިކަން ކުރުމަށްޓަކައި ބޭނުންވާ އިންސާނީ ވަސީލަތްތައް އަޅުގަނޑުމެން ތަރައްގީ ކުރަމުން މިދަނީ. ހަމައެހެންމެ އަޅުގަނޑު ވަރަށް އުފަލާއެކު ފާހަގަކޮށްލަން. މި އަށް މަސް ދުވަހުގެ ތެރޭގައި އަޅުގަނޑުމެންނަށް 537 މުއައްޒަފުންނަށް ރާއްޖޭގެ އެކި ސަރަހައްދުގެ މިކުންފުނީގެ ވަޒީފާ ދީފައިވާކަން ފާހަގަކޮށްލަން.
އަހުމަދު ސައީދު / މެނޭޖިން ޑިރެކްޓަރ

ފެނަކައިގެ ދަރަނީގެ ހާލަތަށް އަލިއަޅުއްވާ ލައްވާ ސައީދު ވިދާޅުވީ އެސްޓީއޯގެ އިތުރުން ފިއުލްސް ސަޕްލައި މޯލްޑިވްސްއަށް 700 މިލިއަން ރުފިޔާ ދައްކަންޖެހޭ ކަމަށާއި، އާންމު ފަރުދުންނަށް، ކަންމަތީ ފިހާރަތަކަށް، ބޯޓު ފަހަރުތަކުގެ ނާލަށް އަދި ބައެއް ސަޕްލައިރުންނަށް، ގާތްގަނޑަކަށް 60 މިލިއަންއަށްވުރެ ގިނަ ރުފިޔާ ދައްކަން ޖެހޭ ކަމަށެވެ.

ސައީދު ވިދާޅުވީ ދަރަނިތަކުގެ ބޮޑު ބައި މިހާރު ހަލާސްކުރެވިފައިވާ ކަމަށާއި، އެސްޓީއޯއަށް ދައްކަމުންދާ މިންވަރު ދައްކަމުންދާ ކަމަށެވެ. އަދި ކުރިއަށް އޮތް ދެކުއާޓަރުގައި ކުންފުންޏަށް ގެއްލުމުގައި ނުހިނގާނެކަމަށް ސައީދު ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް