Advertisement
ކ. މާލެ
|
4 އޮކްޓޯބަރ 2019 | ހުކުރު 12:47
އިންޑިއާ އިކޮނޮމިކް ސަމިޓުގައި ރައީސް ނަޝީދު ވާހަކަފުޅުދައްކަވަނީ
އިންޑިއާ އިކޮނޮމިކް ސަމިޓުގައި ރައީސް ނަޝީދު ވާހަކަފުޅުދައްކަވަނީ
މަޖިލިސް
ރައީސް ނަޝީދު
ޔާމީނުގެ ސަރުކާރުގައި އިދިކޮޅު ލީޑަރުން ހައްޔަރުކުރީ ޗައިނާ ފަހަތުގައި އޮތުމުން: ރައީސް ނަޝީދު
އިންޑިއާ އަންނަނީ ދުނިޔޭގެ ބާރަކަށްވަމުންކަމަށް ވިދާޅުވި
ރާއްޖެއިން އިންސާނީ ހައްގުތައް ހިމާޔަތްކުރަން މަސައްކަތް ކުރާ ހުރިހާ ގައުމަކާއި އެކު މަސަތްކަތް ކުރާނެ
ޒުވާން އުމުރުގެ ދެބައިކުޅަ އެއްބައި ހޭދަ ކުރީ ޖަލުގައިކަމަށް ވިދާޅުވި

ކުރީގެ ރައިސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އިދިކޮޅު ލީޑަރުން ހައްޔަރުކުރީ ޗައިނާއިން އެކަމަށް އެއްބާރުލުން ދީގެންކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އިންޑިއާ އިކޮނޮމިކް ސަމިޓުގައި ބައިވެރިވެވަޑައިގެން ވާހަކަފުޅުދައްކަވަމުން އެމްޑީޕީގެ ރައީސްކަންވެސް ކުރައްވާ ރައީސް ނަޝީދު ވިދާޅުވީ ޗައިނާއިން ރާއްޖެއަށް އެމީހުންގެ ސިޔާސަތު ގެނައުމަށްޓަކައި މީގެކުރިން މަސައްކަތައް ކޮށްފައިވާ ކަމަށެވެ. އެގޮތުން ރައީސް ޔާމީނުގެ ސަރުކާރުގައި ހުރިހާ އިދިކޮޅު ލީޑަރުން ހައްޔަރުކޮށް، މަޖިލިސް ބަންދުކޮށް، މެމްބަރުންނަށް މަޖިލީހަށް ހާޒިރު ނުވެވޭ ގޮތް ހަދައިފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ނަޝީދު ވިދާޅުވީ އެ ހުރިހާކަމެއް ކޮށްފައިވަނީ ޗައިނާއިން އެކަމުގެ ފަހަތުގައި އޮވެ، ފުރިހަމަ އެއްބާރުލުމާއެކު ކަމަށާއި އެކަން ވަރަށް ސާފުކޮށް އެނގިލައްވާ ކަމަށެވެ. އިތުރަށް ވާހަކަފުޅުދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ކަމަކާއި ކުރިމަތިލުމަށްވުރެ ގައުމުގެ މުހިންމީ މިނިވަން ޤައުމެއްގެ ގޮތުގައި އޮތުންކަމަށެވެ. އަދި ޗައިނާ މީހުންނާއި މެދު އެއްވެސް މައްސަލައެއް ނޫޅޭކަން ފާހަގަކޮށް ރައީސް ނަޝީދު ވިދާޅުވީ ހަމައެކަނި މައްސަލައަކަށް ވާނެ ހިސާބަކީ ގައުމުގެ ދާހިލީ ކަންކަމާއި ސިޔާސަަތަށް ކޮންޓްރޯލް ކުރަން އުޅުމުން ކަމަށެވެ.

Advertisement

ސަމިޓްގައި އިތުރަށް ވާހަކަދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ބޮޑެތި ބާރުތައް ލިބިފައިވާ ގައުމުތަކުގެ ތެރެއިން އިންޑިއާ އަކީ ތަފާތުގައުމެއްކަމަށާއި ހުރިހާ ކަމެއް ކުރާއިރުވެސް އެ ގަައުމުން އިސްކުރާނީ ރައްޔިތުން ބޭނުންވާ ގޮތް ކަމަށެވެ. ޗައިނާގައި ގިނަ ލޯޔަރުންތަކެއް ޖަލަށް ލާފައިވާކަން ފާހަގަކޮށް ރައީސް ނަޝީދު ވިދާޅުވީ މިހާރު ކަންތައްތައް ކުރިޔަށްދާގޮތުން ޗައިނާއިން ދުނިޔޭގެ ގަދަބާރެއްގެ ގޮތުގައި އޮވެވިދާނެކަމަށް ގަބޫލުނުކުރައްވާކަމަށެވެ. އަދި ދެގައުމަކުން ބާރު ހޯދުމަށް ކުރާ ހަނަގުރާމައެއްގެ މެދުގައި ތިބެން ބޭނުން ނުވާ ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

ޒުވާން އުމުރުގެ ދެބައިކުޅަ އެއްބައި ހޭދަ ކުރީ ޖަލުގައިކަން ފާހަގަކޮށް ރައީސް ނަޝީދު ވިދާޅުވީ މުހިންމީ އިންޑިއާ ނުވަތަ ޗައިނާ އެއް ނޫން ކަމަށާއި ރާއްޖެއިން އިންސާނީ ހައްގުތައް ހިމާޔަތްކުރަން މަސައްކަތް ކުރާ ހުރިހާ ގައުމަކާއި އެކު މަސަތްކަތް ކުރާނެކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް