Advertisement
ކ. މާލެ
|
4 އޮކްޓޯބަރ 2019 | ހުކުރު 09:22
ރައީސް އޮފީސް
ރައީސް އޮފީސް
އަޒުމޫން އަހުމަދު
ރައީސް ސޯލިހު
އަބޫދާބީގެ ވަލީއަހުދުގެ ބޮޑުބޭބޭފުޅު އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ތައުޒިޔާ ފޮނުއްވައިފި
އަވަހާރިވި އިރު އުމުރުފުޅަކީ 73 އަހަރު
މަރްޙޫމްގެ ހަށިކޮޅު ފަސްދާނުވަޑުވާފައި ވަނީ އަންގާރަ ދުވަހު އަބޫދާބީގައި

އަބޫދާބީގެ ވަލީއަޙުދު، އަދި އެކުވެރި ޢަރަބި އިމާރާތުގެ އަސްކަރިއްޔާގެ އެންމެ މަތީ ވެރިޔާ ޝައިޚް މުޙައްމަދު ބިން ޒާޔިދު އަލް ނަޙްޔާންގެ ބޭބޭފުޅު، ހިޒް ހައިނެސް ޝައިޚް ސުހައިލް ބިން މުބާރަކް އަލް ކަޠްބީ އަވަހާރަވުމާއި ގުޅިގެން، އަބޫދާބީގެ ވަލީއަޙުދަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ތައުޒިޔާ ފޮނުއްވައިފިއެވެ.

އަބޫދާބީގެ ވަލީއަޙުދަށް، ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ތަޢުޒިޔާގެ މެސެޖުގައި، ޝައިޚް ސުހައިލް ބިން މުބާރަކް އަލް ކަޠްބީ އަވަހާރަވުމާ ގުޅިގެން ޝާހީ ޢާއިލާއަށް ކުރިމަތިވި ހިތާމައިގެ މި ދަނޑިވަޅުގައި، ދިވެހި ސަރުކާރާއި، ރައްޔިތުންނާއި އަދި އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި، އަބޫދާބީގެ ޝާހީ ޢާއިލާއަށާއި، އެޤައުމުގެ ރައްޔިތުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ހަމްދަރުދީ ފޮނުއްވާފައިވެއެވެ.

Advertisement

ޝައިޚް ސުހައިލް ބިން މުބާރަކް އަލް ކަޠްބީ އަވަހާރީ ގިނަ ދުވަސްތަކެއް ވަންދެން އާލާސްކަންފުޅެއްގައި އުޅުއްވުމަށްފަހު މިދިޔަ އާދިއްތަދުވަހު ލަންޑަންގައެވެ. އަވަހާރިވި އިރު އުމުރުފުޅަކީ 73 އަހަރެވެ.

މަރްޙޫމްގެ ހަށިކޮޅު ފަސްދާނުވަޑުވާފައި ވަނީ އަންގާރަ ދުވަހު އަބޫދާބީގައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް