Advertisement
ކ. މާލެ
|
3 އޮކްޓޯބަރ 2019 | ބުރާސްފަތި 22:24
ވުމަން ބައި ޓޯކްއެމްގެ މަޖައްލާ ނެރުން
ވުމަން ބައި ޓޯކްއެމްގެ މަޖައްލާ ނެރުން
ރައީސް އޮފީސް
ވުމަން ބައި ޓޯކްއެމް
"ވުމަން" ގެ ފުރަތަމަ މަޖައްލާ ނެރެފި
މި މަޖައްލާ ނެރެދެއްވީ ވެމްކޯގެ މުވައްޒަފެއް
މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ބައިވެރިވެ ވަޑައިގތެންނެވި

ކަނބަލުންނާ ގުޅުންހުރި އެކިއެކި ދާއިރާތަކުން ދިރާސާކޮށްގެން މަޢުލޫމާތު ގެނެސްދިނުމަށް ޚާއްޞަކޮށް"ވުމަން" ގެނަމުގައި މަޖައްލާއެއް ނެރެފިއެވެ.

"ވުމަން ބައި ޓޯކްއެމް" ގެ ފުރަތަމަ މަޖައްލާ އިފްތިތާހު ކޮށްފައިވަނީ ރަސްފަންނުގައި ހުންނަ ޕެވިލިއަންގައި ބުރާސްފަތި ދުވަހު ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ.

މި މަޖައްލާ ނެރެދެއްވީ މާލޭގެ މަގުތައް ސާފުކުރުމުގެ މަސައްކަތުގައި ޙަރަކާތްތެރިވާ ވެމްކޯގެ މުވައްޒަފެއް ކަމަށްވާ ނުޒުހަތު މުޙައްމަދެވެ.

"ވުމަން ބައި ޓޯކްއެމް" ގެ މަޖައްލާ އިފްތިތާހްކުރުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

Advertisement

މި ރަސްމިއްޔާތުގައި 'ވުމަން ބައި ޓޯކްއެމް' މަޖައްލާގެ ކޮޕީއެއް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންނަށް ވަނީ އަރުވާފައެވެ.

މި މަޖައްލާގައި 4 ކަނބަލަކު ކުރާ މަސައްކަތްތަކާއި އެމީހުންގެ ވާހަކަތައް ވަނީ ހިމަނާފައެވެ.

"ވުމަން ބައި ޓޯކްއެމް" މަޖައްލާއަކީ ކޮންމެ ތިންމަހަކުން އެއްފަހަރު ނެރުމަށް ހަމަޖެހިފައިވާ މަޖައްލާއެކެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
- ކޮމެންޓް