Advertisement
ކ. މާލެ
|
3 އޮކްޓޯބަރ 2019 | ބުރާސްފަތި 19:42
ރައީސް ޔާމީނަށް ދިއްފުއްޓަށް ވަޑައިގެންނެވުމުން މަރުހަބާ ދަންނަވަނީ
ރައީސް ޔާމީނަށް ދިއްފުއްޓަށް ވަޑައިގެންނެވުމުން މަރުހަބާ ދަންނަވަނީ
ޓްވިޓަރ
ރައީސް ޔާމީން
މިސަރުކާރުގައި ރާއްޖޭގެ އިގްތިސޯދު ދަނީ ދަށަށް: ރައީސް ޔާމީން
މިސަރުކާރުގެ ދަރަނި 08 ބިލިއަން އަށްއަރާ
ރާއްޖޭގެ އިންޕޯޓް އޮތީ އެއްކޮށް ހުއްޓިފައި
މަސްވެރިންގެ އައިލާތައް ދަނީ ބިކަވަމުން

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމާ ހަވާލުވެވަޑައިގެންނެވިފަހުން ރާއްޖޭގެ އިގްތިސާދު ދަނީ ދަށަށް ކަމަށާއި، މިސަރުކާރަށް ރައްޔިތުންގެ އިތުބާރު ގެއްލިފައިވާ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

ކ.ތުލުސްދޫ ދާއިރާއަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ދިއްފުއްޓަށް ވަޑައިގަންނަވާ ޔާމީން ވިދާޅުވީ މިސަރުކާރަށް ކުރެވޭ މާބޮޑު ކަމެއް ނެތްކަން ރައްޔިތުންނަށް އެނގޭ ކަމަށެވެ.

ޔާމީން ވިދާޅުވީ ރާއްޖޭގެ އިންޕޯޓް އޮތީ އެއްކޮށް ހުއްޓިފައި ކަމަށާއި، މަސްވެރިކަން ރަނގަޅު ނަމަވެސް މަސްވެރިންގެ އާއިލާތަކަށް ފައިދާއެއް ނުލިބޭ ކަމަށެވެ. އަދި މިއަހަރު އެކަނި މިސަރުކާރުގެ ދަރަނި 08 ބިލިއަން އަށް އަރާއިރު ތަރައްގީއަށް އެކަށީގެންވާ މަސައްކަތެއް ކުރާތަން ނުފެންނަ ކަމަށެވެ.

Advertisement

ޑިމަކްރަސީގެ ހައްގުތައް ހޯދުމަށް އެންމެ ބޮޑަށް ވަކާލާތުކުރާ އެއްބަޔަކީ އެމްޑީޕީކަން ފާހަގަކުރައްވައި ޔާމީން ވިދާޅުވީ ވެރިކަން ލިބުމާއެކު ރައްޔިތުންގެ ހައްގުތައް މަތިން ހަނދާންނެތި އެހައްގުތައް ހޯދުމަށް މަސައްކަތް ކުރާތަން ނުފެންނަ ކަމަށެވެ. އަދި މިސަރުކާރަށް ރައްޔިތުންގެ އިތުބާރު ގެއްލިފައިވާ ކަމަށް ޔާމީން ވިދާޅުވިއެވެ.

ޔާމީން ކ. ތުލުސްދޫ ދާއިރާއަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ދިއްފުއްޓަށްށާއި، ތުލުސްދޫއަށް ވަނީ ވަޑައިގެންފައެވެ. އަދި ހުރިހާ ރަށަކުން އެމަނިކުފާނަށް ހޫނު މަރުހަބާއެއް ދަންނަވާ ކަމަށް ޕީއެންސީ މައުލޫމާތުދެއެވެ. އަދި ކޮންމެ ރަށަކަށް ވަޑައިގެންނަވާ ރައްޔިތުންނާ ބައްދަލުކުރައްވާ ރައްޔިތުންގެ ހާލަތު ބައްލަވާލައްވައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް
3 އޮކްޓޯބަރ 2019 | ބުރާސްފަތި 22:06
ތެދު
ކޮންމެމީހަކުބުންޏަސް ތެދެއްވާނީ ހަމަތެދަކައް