Advertisement
ކ. މާލެ
|
3 އޮކްޓޯބަރ 2019 | ބުރާސްފަތި 22:02
ފުލުހުންގެ މައި އިދާރާ
ފުލުހުންގެ މައި އިދާރާ
މުހައްމަދު ޝަރުހާން
ފުލުހުން
އެމްޑީއެންގެ ރިޕޯޓްގައި ދީނަށް ފުރައްސާރަކޮށްފައިވާ މައްސަލަ ފުލުހުންނަށް ހުށަހަޅައިފި
މިމައްސަލަ ތަހުގީގުކުރުމަށްފަހު ފިޔަވަޅު އަޅައިދިނުމަށް އެދިފައިވޭ
ދީނަށް ފުރައްސާރަކޮށްފައިވާތީ ގިނަ ބަޔަކު ދަނީ ކަންބޮޑުވުންފާޅު ކުރަމުން

މޯލްޑިވިއަން ޑިމޮކްރެސީ ނެޓްވޯކް (އެމްޑީއެން) އިން ނެރުނު ރިޕޯޓްގައި އިސްލާމްދީނާއި ރަސޫލާއަށް ނިސްބަތްކޮށް ފުރައްސާރަކޮށްފައިވާ މައްސަލަ އިސްލާމިކް މިނިސްޓްރީން ފުލުހުންނަށް ހުށަހަޅައިފިއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ އެމްޑީއެން އިން ނެރުނު ރިޕޯޓުގައި އިސްލާމް ދީނާއި ރަސޫލާއަށް ފުރައްސާރަކޮށް، އިސްލާމްދީނުގެ އަސްލުތަކާއި ހިލާފު އަދި ދިވެހިންގެ ދީނީ އެއްބައިވަންތަކަން ގެއްލޭ ގޮތަށް ވާހަކަ ދައްކާފައިވާތީ އެކަން ތަހުގީގުކޮށް ފިޔަވަޅު އެޅުމަށް ބުރާސްފަތި ދުވަހުގެ 13:46 ގައި ފުލުހުންނަށް މައްސަލަ ހުށަހަޅާފައިވާ ކަމަށެވެ.

މިމައްސަލަ ހުށަހަޅާފައިވާ ކަމަށް ފުލުހުންގެ އިދާރާއިން ވެސް ވަނީ ކަށަވަރުކޮށްދީފައެވެ.

Advertisement

އެމްޑީއެންގެ ރިޕޯޓުގައި ބުނީ ކީރިތި ރަސޫލާ ވަނީ އެކަލޭގެފާނުގެ ދީނީ ރައުޔު ނޫން ރައުޔަކަށް އުޅޭ މީހަކީ ހައްދުފަހަނަ އަޅާފައިވާ މީހެއް ކަމަށް ކަނޑައަޅާފައި ކަމަށާއި އެކަމަކީ ހައްދުފަހަނަ އަޅާފައިވާ މީހުންގެ ފަރާތުން ފެންނަ ކަމެއް ކަމަށެވެ.

ދީނަށް ފުރައްސާރަ ކޮށްފައިވާ އެރިޕޯޓާއި ގުޅިގެން ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އަދި އޭގެ ތެރޭގައި ގިނަ ދީނީ އިލްމުވެރިން ހިމެނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
- ކޮމެންޓް