Advertisement
ކ. މާލެ
|
3 އޮކްޓޯބަރ 2019 | ބުރާސްފަތި 13:14
ސިންދިތާ
ސިންދިތާ
ފޭސްބުކް
ވައްކަން
ސިންދިތާ އޮފީހުގެ ދެ ތިޖޫރީ ފަޅާލައި ގިނަ އަދަދެއްގެ ފައިސާ ވަގަށް ނަގައިފި
އެ މައްސަލަ އިތުރަށް ދަނީ ތަހުގީގު ކުރަމުން
ލައްކަ އަކަށް ވުރެއް ގިނަ އަދަދުގެ ފައިސާ ވަގަށް ނަގާފައިވޭ

ސިންދިތާ އޮފީހުގައި ބަހައްޓާފައި ހުންނަ ދެ ތިޖޫރީއެއް ހަލާކުކޮށްލައި ގިނަ އަދަދެއްގެ ފައިސާ ވަގަށް ނަގައިފިއެވެ.

ފުލުހުން ބުނީ ސިންދިތާ އޮފީހުގެ ދެ ތިޖޫރީ އެއް ހަލާކުކޮށްލައިގެން ފައިސާތަކެއް ވަގަށްނެގި ކަމުގެ މައްސަލަ ބުރާސްފަތި ދުވަހުގެ ހެނދުނު 9:07 ގައި ފުލުހަށް ހުށަހަޅާފައިވާ ކަމަށެވެ.

Advertisement

ފުލުހުން އިތުރަށް ބުނީ ވަގަށް ނަގާފައިވަނީ 4700 އެމެރިކާ ޑޮލަރާއި 30000 ދިވެހި ރުފިޔާ ވަގަށް ނަގާފައިވާ ކަމަށާއި މިހާރު އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

އެ މައްސަލާގައި މީހަކު ހައްޔަރު ކުރި ކަމެއް އަދި ހާމަކޮށްފައެއް ނުވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް