ކ. މާލެ
|
12 މާރޗް 2017 | އާދީއްތަ 17:33
ފިލްމްގެ އާ ޕޯސްޓަރ އެ ރިލީޒްކޮށްފައިވަނީ ހުކުރު ދުވަހު
ފިލްމްގެ އާ ޕޯސްޓަރ އެ ރިލީޒްކޮށްފައިވަނީ ހުކުރު ދުވަހު
ގޫގުލް
ޑީސީ ކޮމިކްސް
ވޮންޑަރ ވުމަންގެ ދެވަނަ ޓްރެއިލަރ ރިލީޒްކޮށްފި
 
ޕެޓީ ޖެންކިންސް ޑައިރެކްޓްކޮށްފައިވާ މި ފިލްމުގެ މައި ރޯލުން ފެނިގެންދާނީ ގަލް ގަޑޮޓްއާއި ކްރިސް ޕައިން
 
ފިލްމް ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ 2 ޖޫން، 2017

ޑީސީ ކޮމިކްސްގެ މަޝްހޫރު ސުޕަރ ހީރޯ، ވޮންޑަރ ވުމަން ފިލްމްގެ އާ ޓްރެއިލަރއެއް ރިލީޒްކޮށްފިއެވެ.

ފިލްމްގެ ޕޯސްޓަރ ހުކުރު ދުވަހު ރިލީޒްކުރުމަށް ފަހު، ވޮންޑަރ ވުމަންގެ ރޯލްއިން ފެނިގެންދާ ގަލް ގަޑޮޓްވަނީ "އެއަށް ވުރެ އަދި މާ ބޮޑު ސަޕްރައިޒް"އެއް އޮތްކަމަށް ބުނެ، ވޮންޑަރ ވުމަންގެ ދެވަނަ ޓްރެއިލަރ ރިލީޒްކޮށްފައިވަނީ ހޮނިހިރު ދުވަހެވެ.

25 ސިކުންތުގެ މި ޓްރެއިލަރ އިން ވޮންޑަރ ވުމަން، ނުވަތަ ޑަޔާނާ ކުޑަ އިރު  އެމެޒަންގެ ރައްޔިތުންނާއެކު ޓްރެއިންކޮށް، އޭނާގެ "ޕަވަރ"ތައް ބޭނުންކުރާ ދަސްކުރާ މަންޒަރު ފެނިގެންދެއެވެ. އަދި ދުނިޔެ ސަލާމަތް ކުރުމަށް އެމަޒަންއިން އޭނާ ލަންޑަނަށް ކުރި ދަތުރުވެސް ފެނިގެންދެއެވެ.

ޕެޓީ ޖެންކިންސް ޑައިރެކްޓް ކޮށްފައިވާ މި ފިލްމަކީ ޑީސީ އެކްސްޓެންޑެޑް ޔުނިވަރސް އިން ދެން ރިލީޒް ކުރަން އިން ފިލްމެވެ. ގަޑޮޓްއާއި ސްޓީވް ޓްރެވަރގެ މަގާމުން ކްރިސް ޕައިން ފެނިގެންދާ ވޮންޑަރ ވުމަން ފިލްމް ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ 2 ޖޫން، 2017 ގައެވެ.

މި ފިލްމްގައި ސްޓީވް ގެ ފްލައިޓެއް ޑަޔާނާގެ ޕްލެނެޓަށް ކްރޭޝްވުމުން ދެން ހިނގާ ކަންތައް ފެނިގެންދާނެއެވެ. އަދި ދުނިޔޭގައި ކުރިއަށް ދާ ހަނގުރާމަ، އެއް ވަނަ ބޮޑު ހަނގުރާމަ ހިންގަނީ "އޭރީސް- ގޯޑް އޮފް ވޯރ" ކަމަށް ބުނެ، ޑަޔާނާ ދުނިޔެ ސަލާމަތް ކުރުމަށް ލަންޑަނަށް ދެއެވެ.

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް