Advertisement
ކ. މާލެ
|
3 އޮކްޓޯބަރ 2019 | ބުރާސްފަތި 09:41
ރައީސް ސޯލިހު އުނގޫފާރު ކައުންސިލް މެމްބަރުންނާއެކު
ރައީސް ސޯލިހު އުނގޫފާރު ކައުންސިލް މެމްބަރުންނާއެކު
ރައީސް އޮފީސް
ރ.އުނގޫފާރު
އުނގޫފާރުގައި ބުޅާ މެރުމަށް ނެރުނު ގަރާރު ބާތިލްކޮށްފި
ބުޅާ މެރުމަށް ނިންމީ ގިނަ ރައްޔިތުން ޝަކުވާކުރަމުންދާތީ
ބުޅާ މެރުމަށް ނިންމުމުން ގިނަ ބައެއްގެ ފާޑު ކިޔުން އަމާޒުވި

ރ.އުނގޫފާރުގައި ބުޅާ މެރުމަށް ނެރުނު ގަރާރު މީހުންގެ ފާޑުކިޔުން އަމާޒުވުމާއި ގުޅިގެން ބާތިލްކޮށްފިއެވެ.

އުނގޫފާރު ކައުންސިލް ބުނީ ބުޅަލުގެ ފަރާތުން އެރަށުގެ ރައްޔިތުންނަށް ދިމާވަމުންދާ އުނދަގޫތަކާއި ގުޅިގެން ރަސްމީކޮށް ލިޔެކިއުމުންނާއި އަދި އަނގަބަހުން މިކައުންސިލްއަށް ހުށަހެޅިފައިވާ ޝަކުވާތަކާއި ގުޅިގެން ކައުންސިލްގެ 97 ވަނަ އާއްމު ބައްދަލުވުމުން ބުޅަލުގެ އުދަނގޫ ކުޑަކުރުމަށް ނިންމި ނިންމުމަށް އާންމުކުރެވުނު އިއުލާނާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އޮފީހާއި ސަރުކާރުގެ ބައެއް މިނިސްޓްރީތަކުގެ މިނިސްޓަރުންނާއި އަދި ލޯކަލް ގަވަރމަންޓް އޮތޯރިޓީއިން ކަންބޮޑުވުން ފާޅުކުރަމުންދާތީ އެއިއުލާން ބާތިލްކޮށްފައިވާ ކަމަށެވެ.

މިގަރާރަކީ އުނގޫފާރު ކައުންސިލް އިދާރާގެ ފަރާތުން 02 އޮކްޓޫބަރު 2019 ވަނަ ދުވަހު ފާސްކޮށްފައިވާ ގަރާރެއް ކަމަށާއި، މިގަރާރު ފާސްކޮށްފައިވަނީ ދިވެހިރާއްޖޭގެ އިދާރީތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނާއި އުނގޫފާރު ކައުންސިލް ހިންގާ ގަވައިދާ އެއްގޮތަށް ކަމަށް ކައުންސިލުން ބުންޏެވެ.

Advertisement

ބުދަ ދުވަހު އުނގޫފާރު ކައުންސިލުން ކުރި އިއުލާނުގައި ބުނީ ތިން ބުޅާ މެރުމުން 100 ރުފިޔާ ދޭނެ ކަމަށާއި، މި ފައިސާ ލިބޭނީ ބުޅާ މަރާލުމަށްފަހު ކައުންސިލާ ހަވާލުކުރުމުން ކަމަށެވެ. ކޮންމެ ދުވަހެއްގެ ހެނދުނު 8:30 އިން މެންދުރު 11:00 އަށް ކައުންސިލުން އިދާރާއިން މަރާ ބުޅާތައް ބަލައިގަންނާނެކަމަށް ކައުންސިލްގެ އިއުލާންގައި ބުނެފައިވެއެވެ. އަދި މި ގަޑިތައް ފިޔަވާ އެހެން ގަޑި ތަކުގައި ގެންނަ ބުޅަލާއި "ކުނިވެފައިވާ" ބުޅާ ބަލައި ނުގަންނާނެކަމަށްވެސް ބުނެފައިވެއެވެ.

މިނިންމުމާއެކު ގިނަ ގިނަބައެއްގެ ފާޑު ކިޔުން އަމާޒުވިއެވެ. ސޯޝަލް މީޑިއާގައި ނުރުހުންފާޅު ކުރި ބައެއް މީހުން ބުނީ "އޯގާތެރި، އިންސާނިއްޔަތަށް އަހައްމިއްޔަތުކަން ދޭ" ސަރުކާރުން ކޮށްގެން ހެޔޮވާވަރުގެ ކަމެއް ނޫންކަމަށެވެ.

އުނގޫފާރު ކައުންސިލްގެ މި ނިންމުމަކީ ގާނޫނުލް އުގޫބާތުގެ ދަށުން ޖިނާއީ ކުށެއްކަން ބައެއް ވަކީލުން ފާހަގަކޮށްފައިވެއެވެ. ގާނޫނުލް އުގޫބާތުގެ 625 ވަނަ ބާބު ގައި ބުނާ ގޮތުން، ޖަނަވާރަކަށް އަނިޔާ ކުރުމަކީ ޖުނަހްގެ ތިން ވަނަ ދަރަޖައިގެ ކުށެކެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް