ކ. މާލެ
|
2 އޮކްޓޯބަރ 2019 | ބުދަ 20:20
ސިޓީ މެޗުގެ ތެރެއިން
ސިޓީ މެޗުގެ ތެރެއިން
ގެޓީ އިމޭޖަސް
ޔޫއެފާ ޗެމްޕިއަންސް ލީގު
ޗެމްޕިއަންސް ލީގުގައި ސިޓީއިން ޑައިނެމޯ ބަލިކޮށްފި
މި މެޗު ސިޓީއިން ކާމިޔާބުކުރީ 2-0 ގެ ނަތީޖާ އަކުން

ޔޫއެފާ ޗެމްޕިއަންސް ލީގުގައި ގްރީޕް ސީ ގައި މެންޗެސްޓާ ސިޓީ އަދި ޑައެނެމޯ ބައްދަލުކުރި މެޗުން ސިޓީ މޮޅު ވެއްޖެއެވެ.

މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ސިޓީއިން ގިނަ ވަގުތު ބޯޅަ ކޮންޓްރޯލްކޮށް ގިނަ ހަމަލާތަކެއް ވަނީ ޑައެނެމޯގެ ގޯލަށް ފޮނުވައިލައިފައެވެ. ނަމަވެސް ޑައެނެމޯއިން ވަނީ ވަރުގަދަ މޮޅު ޑިފެންސިންގް ގޭމެއް ކުޅެފައެވެ. މިހާފުގައި ލިބުނު އެންމެ ހުސް ފުރުސަތު ސިޓީގެ ސާޖިއޯ އަގުއެރޯ އަށް ލިބިގެންދިޔައިރު އޭނާ ހުސްކޮށް ހުރެ ފޮނުވައިލި ބޯޅަ ވަނީ ޑައެނެމޯގެ ކީޕަރު ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ.

މެޗުގެ ފުރަތަމަ ހާފު ނިމިގެން ދިޔައީ 0-0 ގެ ނަތީޖާ އަކުން ދެ ޓީމު އެއްވަރުވެގެންނެވެ.

މެޗުގެ ދެވަނަ ހާފުގައި ސިޓީ އިން ވަނީ އެޓީމުގެ ކުޅުން އިތުރަށް ރަނަގަޅުކޮށް ފުލުފުލުގައި ޑައެނެމޯގެ ގޯލަށް ފޮނުވައިލައިފައެވެ. އެގޮތުން މެޗުގެ 66 ވަނަ މިނެޓުގައި ސިޓީއިން ވަނީ ލަނޑު ޖަހާ މެޗުގެ ލީޑު ނަގައިފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އިތުބާރު ފޯވާޑް ރަހިމް ސްޓާލިންގ އެވެ. އޭނާ މި ލަނޑު ކާމިޔާބުކުރީ ރިޔާޒް މަހްރޭޒްގެ އެހީތެރިކަމާއި އެކުގައެވެ.

މި ލަނޑަށްފަހުވެސް ސިޓީއިން ވަނީ އެޓީމުގެ އެޓޭކްތައް ފުލުފުލުގައި ޑައެނެމޯގެ ގޯލަށް ފޮނުވައިލައިފައެވެ. އެގޮތުން މެޗުގައި ސިޓީން ކާމިޔާބުކުރިފަހު ލަނޑު މެޗުގެ

ފަހު މިނެޓުގައި އެޓީމަށް ކާމިޔާބ ކޮށްދިނީ ސްޓާލިންގ ގެ އެހީތެރިކަމާއެކު ޕިލް ފޯޑެންއެވެ.

މި ނަތީޖާ އާއެކު ސިޓީން ވަނީ ލިބުނު ހަ ޕޮއިންޓާއެކު ގްރޫޕް ސީގެ އެއްވަނައަށް ޖެހިލައިފައެވެ. މެޗުން ބަލިވި ޑައެނެމޯ އޮތީ ތިން ޕޮއިންޓާއެކު ގްރޫޕް ސީގެ ދެވަނައިގައެވެ.

- ކޮމެންޓް