Advertisement
ކ. މާލެ
|
2 އޮކްޓޯބަރ 2019 | ބުދަ 18:21
މަރުގެ މައްސަލަތައް ބަލަން އުފެއްދި ކޮމިޝަންގެ ރައީސް ހުސްނުއް ސުއޫދު
މަރުގެ މައްސަލަތައް ބަލަން އުފެއްދި ކޮމިޝަންގެ ރައީސް ހުސްނުއް ސުއޫދު
ރައީސް އޮފީސް
މަރުތަކާ ބެހޭ ކޮމިޝަން
އަފްރާޝީމް މަރާލުމުގެ އަޑީގައި ތިބި މީހުންގެ ތަފްސީލު ހާމަ ކުރާނަން: ސުއޫދު
އަފްރާޝީމް މަރުގެ މައްސަލައިގެ ތަހުގީގުގެ 90 ޕަސެންޓު މިހާރު ނިމިފައިވާ ކަމަށް ރައީސް ސޯލިހު ވިދާޅުވި

ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލުމުގެ އަޑީގައި ތިބީ ކޮން ބައެއްތޯއާއި އެމީހުންގެ ތަފްސީލުތައް ހާމަ ކުރައްވާނެ ކަމަށް މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަނުގެ ރައީސް ހުސްނުއް ސުއޫދު ވިދާޅުވެއްޖެ އެވެ.

އަފްރާޝީމް އަވަހާރަ ކޮށްލިތާ މިއަދަށް ވަނީ 7 އަހަރު ވެފައެވެ.

ސުއޫދު ކުރެއްވި ޓްވީޓުގައި ވިދާޅުވީ އަފްރާޝީމް މަރާލި މައްސަލައިގައި އެކަންތައް ރޭވި ފަރާތްތަކާއި އެފަރާތްތައް ހަފްތާތަކެއްގެ ތެރޭގައި ހާމަ ކުރައްވާނެ ކަމަށެވެ.

Advertisement

އަފްރާޝީމް މަރުގެ މައްސަލައިގެ ތަހުގީގުގެ 90 ޕަސެންޓު މިހާރު ނިމިފައިވާ ކަމަށް ރައީސް ސާލިހު ވަނީ ވިދާޅުވެފައެވެ. އަފްރާޝީމް މަރާލާފައި އޮއްވާ ފެނިފައިވަނީ އޭނާ ދިރިއުޅޭ ގޭގެ ސިޑި ކައިރިންނެވެ.

މަރު ކޮމިޝަނުން ބުނެފައިވަނީ އަފްރާޝީމް މަރާލި ދުވަހުގެ ހެނދުނު ދެމީހަކު ސީރިއާއަށް ދިޔަ ކަން ތަހުގީގަށް އެނގިފައިވާ ކަމަށެވެ. އެކަމުގައި ދީނީ ހަރުކަށި ފަރާތްތައް ހިމެނޭކަމަށް ކޮމިޓީން ހާމަ ކޮށްފައިވާއިރު މީގެ ކުރިން ހިނގައިދިޔަ ޔާމީން ރަޝީދުގެ މަރާއި ރިލްވާން ޢަބްދުﷲ ރަހީނުކޮށް މަރާލުމުގައި ބައިވެރިވެފައިވަނީ ހަރުކަށި މީހުން ކަން ހާމަވާ ކަމަށް ސުއޫދު ވަނީ ވިދާޅުވެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް