Advertisement
ކ. މާލެ
|
2 އޮކްޓޯބަރ 2019 | ބުދަ 15:57
ރަސްފަންނު ސަރަހައްދު
ރަސްފަންނު ސަރަހައްދު
ޕޮލިސް
މާރާމާރީ
ރަސްފަނުގައި ހިނގި މާރާމާރީގައި މީހަކު ހައްޔަރެއް ނުކުރޭ: ފުލުހުން
މާރާމާރީގައި ބައިވެރިވެފައިވަނީ އަންހެން ކުދިންތަކެއް
އެ މައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ އަންގާރަ ދުވަހުގެ ރޭ ދަންވަރު

ރަސްފަންނުގައި އަންގާރަ ދުވަހުގެރޭ އަންހެން ކުދިންތަކެއްގެ މެދުގައި ހިނގި މާރާމާރީގައި އަދި މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ފުލުހުން ބުނެފި އެވެ.

ރާއްޖެ.އެމްވީއަށް މައުލޫމާތުދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ރަސްފަންނު ސަރަހައްދުގައި ކުޑަ އަންހެން ކުދިންތަކެއްގެ މެދުގައި ހިނގި މާރާމާރީގެ މައްސަލަ އެއް އަންގާރަ ދުވަހުގެރޭ ދަންވަރު ފުލުހަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ. އަދި އެ މައްސަލަ މިހާރު ތަހުގީގު ކުރަމުންއަންނަ ކަމަށެވެ. ނަމަވެސް އެކަމާ ގުޅޭގޮތުން އިތުރު ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ.

Advertisement

ރާއްޖެ.އެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ކުޑަ އަންހެން ކުދިންތަކެއް ރަސްފަންނުގައި ހިންގި މާރާމާރީގެ މައްސަލަ ފުލުހުންގެ އިދާރާ އަށް ހުށަހަޅާފައިވަނީ އަނިޔާ ލިބުން އަންހެން ކުއްޖާގެ އާއިލާއިންނެވެ.

އަންގާރަ ދުވަހުގެރޭ ރަސްފަންނުގައި ކުޑަ އަންހެން ކުދިންތަކެއް ހިންގި މަރާމާރީގެ ވީޑިއޯ އެއް ސޯޝަލް މީޑިއާގައި އަންނަނީ ދައުރުވަމުންނެވެ. ވީޑިއޯ އިން ފެންނަ ގޮތުގައި ދެ އަންހެން ކުއްޖެއް ގޮސް އެހެން އަންހެން ކުއްޖެއްގެ ގައިގައި ތަޅައި އަނިޔާ ކުރާ މަންޒަރު ދައްކުވައިދެއެވެ. އަދި އެވަގުތު ފިރިހެން ކުއްޖެއް ގޮސް އަނިޔާ ކުރަމުން ދިޔަ ދެ ކުދިން ހުއްޓުވަން މަސައްކަތް ކުރެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް