Advertisement
ކ. މާލެ
|
2 އޮކްޓޯބަރ 2019 | ބުދަ 13:54
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު. ކުރިއަށް އޮތް ފަސް އަހަރު މިސަރުކާރުން ކުރާނެ ކަންތައްތައް އެކުލެވޭ  \"ސްޓްރެޓެޖިކް ޕްލޭން\" މިރޭ ހިފްތިތާހު ކުރައްވާނީ އެމަނިކުފާނު.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު. ކުރިއަށް އޮތް ފަސް އަހަރު މިސަރުކާރުން ކުރާނެ ކަންތައްތައް އެކުލެވޭ "ސްޓްރެޓެޖިކް ޕްލޭން" މިރޭ ހިފްތިތާހު ކުރައްވާނީ އެމަނިކުފާނު.
ރައީސް އޮފީސް
ރައީސް އޮފީސް
އެޖެންޑާ 19 ތަންފީޒު ކުރުމުގެ ޕްލޭން އިފްތިތާހު ކުރުން މިރޭ
އެ ރަސްމިއްޔާތު ބާއްވަނީ މިރޭ 9 ޖަހާއިރު ދަރުބާރު ގޭގައި
ޕްލޭނުގައި ހުންނާނީ އެޖެންޑާ 19 އިގެ ހިމެނޭ ވައުދުތައް
އެޖެންޑާ 19ގައި މައިގަނޑު ފަސް ދާއިރާއެއް ވަނީ ހިމަނާފައި

ކުރިއަށް އޮތް ފަސް އަހަރު މިސަރުކާރުން ކުރާނެ ކަންތައްތައް އެކުލެވޭ "ސްޓްރެޓީޖިކް ޕްލޭން" މިރޭ ހިފްތިތާހު ކުރުމަށް ނިންމާފައިވާ ކަމަށް ރައީސް އޮފީހުން ބުނެފިއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ތަރުޖަމާނު، އިބްރާޙިމް ހޫދު ރާއްޖެއެމްވީއަށް ވިދާޅުވީ މި ސަރުކާރުން ކުރިއަށް އޮތް ފަސް އަހަރަށް ކުރާނެ ކަންތައްތައް ހިމެނޭ ޕްލޭނުގައި ހުންނާނީ އެޖެންޑާ 19 އިގެ ހިމެނޭ ވައުދުތައް ކަމަށެވެ. އަދި އެވައުދުތައް ފުއްދުމަށް ޕްލޭން ކުރާނެ ގޮތްތަކާއި ތަންފީޒުކުރާނެ ގޮތްތައް "ސްޓްރެޓީޖިކް ޕްލޭން" ގައި ހިމެނޭނެ ކަމަށެވެ.

Advertisement

"ސްޓްރެޓީޖިކް ޕްލޭން" އިފްތިތާހު ކުރައްވާނީ މިރޭ އެކަމަށްޓަކައި ބާއްވާ ޚާއްސަ ރަސްމިއްޔާތެއްގައި ރައީސް އިބްރާހިމް މުހައްމަދު ސާލިހެވެ. އެ ރަސްމިއްޔާތު ބާއްވަނީ މިރޭ 9 ޖަހާއިރު ދަރުބާރު ގޭގައެވެ.

ސަރުކާރުގެ މެނިފެސްޓޯއާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް އެމްޑީޕީން އެކުލަވާލިއެޖެންޑާ19އިގައި މައިގަނޑު ފަސް ދާއިރާއެއް ވަނީ ހިމަނާފައެވެ. އޭގެތެރޭގައި ހިމެނެނީ އިންސާފު، އޯގާތެރި ސަރުކާރު، ފަޚުރުވެރި އާއިލާ، ޖަޒީރާ ދިރިއުޅުން އަދި ނޫ އިޤްތިސާދެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް