ކ. މާލެ
|
2 އޮކްޓޯބަރ 2019 | ބުދަ 13:00
ހުޅުމާލެ ޓަރމިނަލް ސަރަހައްދު
ހުޅުމާލެ ޓަރމިނަލް ސަރަހައްދު
މުހައްމަދު ޝަރުހާން
ޕޮލިސް ސާރވިސް
3 ސަރަހައްދެއްގައި ޕާކް ކުރާ ވެހިކަލްތަކަށް ހާއްސަ ސަމާލުކަމެއް ދީގެން ޓޯ ކުރަނީ !
ގަވާއިދާ ހިލާފަށް ޕާކް ކުރާ ހުރިހާ ފަރާތަކަށް ފިޔަވަޅު އަޅާނެ

މި ފަހަކަށް އައިސް މާލޭގެ ވަކި ސަރަހައްދުތަކެއްގައި ގަވާއިދާއި ޚިލާފަށް އެއްގަމު އުޅަނދުތައް ޕާކްކުރުން އާންމު ވެފައިވާތީ އެ ސަރަހައްދުގައި ޕާކް ކުރާ އުޅަނދުތައް ޓޯ ކުރަން ފަށަން ފުލުހުން ނިންމައިފި އެވެ.

3 ސަރަހައްދެއްގެ މައުލޫމާތު އާންމުކޮށް ފުލުހުން ބުނެފައިވަނީ ބޮޑުތަކުރުފާނު މަގުގެ ހުޅުމާލެ ފެރީ ޓާމިނަލް ހިސާބުން ފެށިގެން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ޑޮލަރު އޭޓީއެމް އާ ދެމެދާއި އަމީނީ މަގުގެ ބީއެމްއެލް ކަސްޓަމާ ސަރވިސް ސެންޓަރު ސަރަހައްދުގެ އިތުރުން ކަނބާއައިސާ ރަނި ހިނގުމުގެ އައިޖީއެމްއެޗް ސަރަހައްދުގައި ގަވާއިދާ ޚިލާފަށް ޕާކުކޮށްފައި ހުންނަ ވެހިކަލްތަކަށް ޚާއްސަ ސަމާލުކަމެއް ދީގެން ޓޯ ކުރަން ފަށާނެ ކަމަށެވެ. ފުލުހުން ބުނެފައިވަނީ މި ނޫނަސް ގަވާއިދާއި ހިލާފަށް އެހެން ސަރަހައްދުތަކުގައިވެސް ގަވާއިދާ ހިލާފަށް ޕާކްކޮށްފައި ހުންނަ އެއްގަމު އުޅަނދުފަހަރު ޓޯ ކުރަމުން ގެންދާނެކަމަށެވެ.

މާލޭގައި ޓްރެފިކް މައްސަލަތަކުގެ ތަފާސްހިސާބު ކޮންމެ ހަފްތާއަކު ފުލުހުން އާންމު ކުރަމުން ދާއިރު މިދިޔަ ހަފްތާގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި 76 ވެހިކަލެއް ވަނީ ގަވާއިދާއި ހިލާފަށް ޕާކް ކޮށްފައި ހުރުމުގެ ސަބަބުން ޓޯ ކޮށްފަ އެވެ. އަދި މިދިޔަ ހަފްތާގައި އެކަނި ގަވާއިދާ ޚިލާފަށް ޕާކުކޮށްފައި ހުރި 481 ވެހިކަލެއްގައި ސްޓިކާ ޖަހާފައިވާކަމަށެވެ. .

- ކޮމެންޓް