މާފުށީގައި ޖަލުގައި އެއްވެސް ބަޔަކު ބަނޑުހައިހޫނު ކަމުގެ ހަޅުތާލުކުރަމުން ނުދާ ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސަސް އިން ބުނެފި އެވެ.
ކަރެކްޝަނަލް ސަރވިސް އިން މިހެން ބުނި ނަމަވެސް ރާއްޖެޓީވީ އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ގައިދީން އަދިވެސް ބަޑުހައިހޫނުކަމުގެ ހަޅުތާލު ކުރަމުންދާ ކަމަށާއި ގައދީން ހަޅުތާލު ކުރަމުންދަނީ އެފަރާތްތަކަށް ބޭނުންވާ ކަންކަން އެކަށީގެންވާ ގޮތެއްގައި ފޯރުކޮށްދެމުން ނުދާތީ ކަމަށެވެ.
ރާއްޖެއެމްވީއަށް މައުމޫލާތު ލިބިފައިވަނީ ހޮނިހިރު ދުވަހުގެ ހެނދުނުއްސުރެ ގައިދީން ބަނޑުހައިހޫނު ކަމުގެ ހަޅުތާލުކުރަމުންދާ ކަމަށެވެ. އެމީހުން މި ހަޅުތާލުކުރަނީ، ޖަލުގައި އެމީހުންނަށް ލިބެންޖެހޭ ބަހެއް ހިދުމަތްތައް އެންމެ ރަގަޅުގޮތުގައި ނުލިބޭތީ ކަނބޮޑުވުންފަޅުކުރަމުންދާ އިރު ޚާއްސަކޮށް ޑޮކްޓަރަށް ދެއްކުމުގައި ގައިދީންނަށް ހުރި ދަތިތައް ހާމަކުރަމުންދާ ކަމަށް ރާއްޖެއެމްވީއަށް ވަނީ އެނގިފަ އެވެ.
މީގެ އިތުރުން ގައިދީން ބަނޑުހައި ހޫނުކަމުގެ ހަޅުތާލުކުރަމުންދާ އިރު ބައެއް ގޮޅިތަކުގެ ކަރަންޓު ކަނޑާލާ ގައިދީންނަށް އަނިޔާކުރަމުންދާ ކަމަށް ވެސް ރާއްޖެއެމްވީއަށް ވަނީ މައުލޫމާތު ލިބިފަ އެވެ.
މިކަމާ ގުޅިގެން ކަރެކްޝަނަލް ސަރވިސްގެ މީޑިޔާ އޮފިޝަލް ވިދާޅުވީ، މެގްޒިމަމް ސެކިއުރިޓީ ބައިގާ ހިތްހަމަނުޖެހުންތަކެއް ހުރެ ގައިދީން އަޑުގަދަ ކުރަމުންދާ ކަމަށާއި އެހެންނަމަވެސް ބަނޑުހައި ހޫނުކަމުގެ ހަޅުތާލެއް ކުރަމުން ނުދާ ކަމަށެވެ.
މާފުށީ ޖަލުގައ ބަނޑުހައި ހޫނު ކަމުގެ ހަޅުތާލު ކުރަމުންދާ ކަމަށް އަޑުތައްފެތުރިފައިވާ އިރު މިދިއަ އަހަރުގައި ދުނިދޫ ޖަލުގައިވެސް ގައިދީންތަކެއް ވަނީ ބަނޑުހައިހޫނު ކަމުގެ ހަޅުތާލުކޮށްފަ އެވެ. އެ ހަޅުތާލުގައި 30 އަށް ވުރެ ގިނަ ގައިދީން ބައިވެރިވެފައިވެ އެވެ.