Advertisement
ކ. މާލެ
|
1 އޮކްޓޯބަރ 2019 | އަންގާރަ 18:25
ފަސްޓްލޭޑީ ފަޒްނާ އަހުމަދު އާއި ހެލްތް މިނިސްޓަރު އަބްދުﷲ އަމީން
ފަސްޓްލޭޑީ ފަޒްނާ އަހުމަދު އާއި ހެލްތް މިނިސްޓަރު އަބްދުﷲ އަމީން
ރައީސް އޮފީސް
ފަސްޓްލޭޑީ ފަޒްނާ
ނަފްސާނީ ބަލިތަކުގެ މީހުންނަށް ހެލްޕް ލައިންއެއް ގާއިމް ކުރުން މުހިއްމު: ފަސްޓް ލޭޑީ
ނަފްސާނީ ބަލިތަކުގެ މީހުންގެ އަޑުއެހުން މުހިއްމު ކަމަށް ވިދާޅުވި
ދުޅަހެޔޮ ސިއްހަތެއްގައި ދެމިތިބުމަށް ފަސްޓްލޭޑީ ވަނީ ގޮވާލައްވާފައި

ނަފްސާނީ ބަލިތައް ތަހައްމަލު ކުރަމުންދާ ފަރާތްތަކަަށް ހާއްސަ ހެލްޕްލައިނެއް ގާއިމްކުރުމަކީ، މުހިއްމު ކަމެއް ކަމަށް ދެކިވަޑައިގަންނަވާ ކަމަށް ރައީސް ސޯލިހުގެ އަނބިކަނބަލުން ފަޒްނާ އަހުމަދު ވިދާޅުވެއްޖެއެވެ.

އައިޖީއެމް ހޮސްޕިޓަލްގެ ސެންޓަރފޯ މެންޓަލް ކްލިނިކް އިން އިސްނަގައިގެން، ރޮޓަރި ކްލަބާއި، ހެރިޓޭޖް މިނިސްޓްރީ ގުޅިގެން އާޓް ގެލަރީގައި ''އިން މައި މައިންޑް'' ގެ ނަމުގައި ފެށި މައުރަޒު ގައި ވާހަކަ ދައްކަވަމުން ރައީސްގެ އަނބިކަނބަލުން ފަޒްނާ ވިދާޅުވީ، ނަފްސާނީ ބަލިތަކުގެ މީހުންނަށް ހާއްސަކޮށްގެން އައިޖީއެމްއެޗް ގައި ސެންޓަރެއް ގާއިމްކުރުމާއި އެކު ހިދުމަތް ހޯދަންދާ މީހުންގެ އަދަދު ގިނަވެފައިވާ ކަމަށެވެ.

Advertisement

ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަކީ މުހިއްމު ކަމެއް ކަމެއްކަން ފާހަގަކުރައްވަމުން އެކަމަނާ ވިދާޅުވީ، ބޭސް ކާންޖެހޭ މީހުންނަށް މެދު ނުކެނޑި ބޭސް ލިބޭ ގޮތް ހަމަޖައްސާ ދިނުމާއި، ތެރަޕިސްޓުން އިތުރުން ކުުރުން މުހިއްމު ކަމަށެވެ.

އަންގާރަ ދުވަހު ހަވީރު ބޭއްވި އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ފަސްޓްލޭޑީ ވިދާޅުވީ، ނަފްސާނީ ބަލިތަކުގެ މީހުންނަށް ދެމެހެއްޓެނިވި ގޮތުގައި ހެލްޕްލައިން އެއް ގާއިމް ކުރުން މުހިއްމު ކަމަށެވެ.

މީގެ އިތުުރުން ކަމާއި ބެހޭ ފަރާތްތަކާއި ގުޅިގެން ދެމެހެެއްޓެނިވި ގޮތެއްގައި ހެލްޕްލައިނެއް ގާއިމް ކުރެއްވުމަކީ ނަފްސާނީ ބަލި ތަހައްމަލު ކުރަމުންދާ މީހުން އަދި ހާއްސަކޮށް ޒުވާނުންގެ އުއްމީދެއް ކަމުގައި އަޅުގަނޑު ފާހަގަކޮށްލަން
ފަޒްނާ އަހުމަދު ~ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން

ފުރިހަމަ ސިއްހަތެއްގައި ހުރުމަށް ޖިސްމާނީ، ނަފްސާނީ، ޖަޒުބާތީ، ރޫހާނީ އަދި އިޖްތިމާއި ގޮތުން ދުޅަހެޔޮ މީހަކަށްވާން ޖެހޭ ކަމަށާއި، ނަފްސާނީ ދުޅަހެޔޮކަން އިތުރު ކުރުމަށް އަވަހަށް ނިދުމާއި، ހަށިގަނޑަށް ގެއްލުންވަ އެއްޗެހި ކެއުމުން ދުރުހެލިވުމަކީ މުހިއްމު ކަމެއް ކަމަށް ވިދާޅުވިއެވެ.

އެކަމަނާ ވިދާޅުވީ، ނަފްސާނީ ބަލިތައް ތަހައްމަލު ކުރާ މީހުންގެ އަޑު އަހައި އެމީހުންނާ ވާހަކަ ދައްކަން ވަގުތުކޮޅެއް ދިނުމަކީ މުހިއްމު ކަމެއް ކަމަށެވެ. ގާތްތިމާގެ މީހަކު ނުވަތަ އެކުވެރިއަކު ނަފްސާނީ ބަލި ތަހައްމަލު ކުރާނަމަ ދެރަވެގެން ''ރޯން ފެށުމުން'' އެ މީހަކު ރޯއަޑު އަހާއި އެވާހަކަ އަޑު އެހުމަށް ފަސްލޭޑީ ވަނީ އިލްތިމާސްކުރައްވާފައެވެ.

އޭނާގެ ވާހަކަ ޖަޖް ނުކުރައްވާ އަޑު އައްސަވާލެއްވުން. އޭނާގެ ފޯން ކޯލަށް ޖަވާބު ދެއްވުމަކީ އިސްކަމެއް ކަމުގައި ދެކިވަޑައިގަތުން. މަސައްކަތެއްގައި އިންނެވި ނަމަ ފަހުން ގުޅާލާނަމޭ ވިދާޅުވާން ނަމަވެސް އޭނާގެ ފޯނަށް ޖަވާބު ދިނުމަކީ މުހިއްމު ކަމެއް ގޮތުގައި ދެކި ވަޑައިގަތުން
ފަޒްނާ އަހުމަދު ~ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން

ފަޒްނާ ވިދާޅުވީ، އެހީއަށް ބޭނުންވާ ގަޑީގައި އެމީހަށް އަށް އިސްކަންދޭން ޖެހޭނެ ކަމަށާއި، އެހެން ނޫންނަމަ ލަސްވެދާނެ ކަމަށެވެ.

އެ ރަސްމިއްޔާތުގައި ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން އަދި ހެލްތަ މިނިސްޓަރު އަބްދުﷲ އަމީންގެ އިތުރުން އައިޖީއެމްއެޗްގެ އިސްބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

އާޓް ގެލަރީގައި ބާއްވާ އެ މައުރަޒު އާއްމުންނަށް ހުޅުވާލަނީ އަންގާރަ ދުވަހުގެރޭ އަށަކުންނެވެ. ދެ ދުވަހުގެ މުއްދަތަށް ކުރިޔަށްދާ މައުރަޒުގައި ނަފްސާނީ ބަލީތަކަށް ހޭލުންތެރި ކުރުމުގެ ގޮތުން ކުރާހާފައިވާ ކުރެހުންތައްވެސް ހިމެނޭއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
- ކޮމެންޓް