Advertisement
ކ. މާލެ
|
1 އޮކްޓޯބަރ 2019 | އަންގާރަ 13:50
އިންޑިޔާގެ ޗީފް އޮފް އަމީ މިނިސްޓަރު ޝާހިދު އަރިހަށް ކުރެއްވި އިހުތިިރާމް ޒިޔާރަތުގެ ތެރެއިން
އިންޑިޔާގެ ޗީފް އޮފް އަމީ މިނިސްޓަރު ޝާހިދު އަރިހަށް ކުރެއްވި އިހުތިިރާމް ޒިޔާރަތުގެ ތެރެއިން
ފޮރިން މިނިސްޓްރީ
މިނިސްޓަރު ޝާހިދު
މިނިސްޓަރު ޝާހިދު އަރިހަށް އިންޑިޔާގެ ޗީފް އޮފް އަމީ އިހުތިރާމްގެ ޒިޔާރަތެއް ކުރައްވައިފި
ސަލާމަތީ ޚިދުމަތްތަކަށް ވެދެއްވާ އެހީތެރިކަން ފާހަގަކުރެއްވި
މިހާރު ކުރިމަތިވެފައިވާ އެކި ނުރައްކާތަކާއި ބެހޭ ގޮތުން ވާހަކަފުޅު ދެއްކެވި

ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދުގެ އަރިހަށް އިންޑިއާގެ ޗެއަރމަން އޮފް ޗީފްސް އޮފް ސްޓާފް ކޮމިޓީ އަދި ޗީފް އޮފް އާމީ ސްޓާފް ޖެނެރަލް ބިޕިން ރަވަތު އިހްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މިބައްދަލުކުރެއްވުން އޮތީ އަންގާރަ ދުވަހު ހެނދުނު މިނިސްޓްރީ އޮފް ފޮރިން އެފެއަރޒްގައެވެ.

މިބައްދަލުވުމުގައި މިނިސްޓަރ ޝާހިދު ވަނީ ޖެނެރަލް ރަވަތު އަށް މަރުޙަބާ ވިދާޅުވެ، ދިވެހިރާއްޖޭގެ ސަލާމަތީ ޚިދުމަތްތަކަށް އިންޑިއާގެ އަސްކަރިއްޔާއިން ވެދެއްވާ އެހީތެރިކަން ފާހަގަކުރައްވާފައެވެ.

Advertisement

މިނިސްޓަރ ޝާހިދާއި ޖެނެރަލް ރަވަތު ވަނީ އިންޑިއާއާއި ދިވެހިރާއްޖޭގެ ގުޅުމާއި ބެހޭ ގޮތުންނާއި ދުނިޔެއަށް މިހާރު ކުރިމަތިވެފައިވާ އެކި ނުރައްކާތަކާއި ބެހޭ ގޮތުން ވާހަކަފުޅު ދައްކަވާފައެވެ.

މިނިސްޓަރ ޝާހިދުގެ އަރިހުގައި މިބައްދަލުވުމުގައި ބައިވެރިވެވަޑައިގަތީ މިނިސްޓްރީ އޮފް ފޮރިން އެފެއަރޒްގެ ސެކްރެޓަރީ، މަލްޓިލޭޓަރަލް ޑރ. އަލީ ނަސީރު މުހައްމަދު އާއި، އިންޑިއާއަށް ކަނޑައަޅާފައި ހުންނަވާ ޑިފެންސް އެޑްވައިޒަރ ކާނަލް އަހުމަދު ތޯހިރުގެ އިތުރުން އިންޑިއާ ޑިވިޝަންގެ ޑިރެކްޓަރ މަރިޔަމް މިދުފާ ނައީމެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް