Advertisement
ކ. މާލެ
|
1 އޮކްޓޯބަރ 2019 | އަންގާރަ 11:16
ކުރީގެ ރައީސް އަބްދުﷲ ޔާމީން
ކުރީގެ ރައީސް އަބްދުﷲ ޔާމީން
ޝުއައިބް މުހައްމަދު އިގްބާލް
ކްރިމިނަލް ކޯޓު
ރައީސް ޔާމީންގެ ޝަރީއަތުގެ ޚުލާސާ ބަޔާން އިއްވުން މިމަހުގެ ނުވަވަނަ ދުވަހަށް އަވަސް ކޮށްފި
ސާބިތު ވެއްޖެނަމަ ފަސް އަހަރާއި 15 އަހަރާއި ދެމެދުގެ ޖަލު ހުކުމެއް އަންނާނެ
ދެން އެމައްސަލައިގައި އޮންނާނީ ހުލާސާ ބަޔާން އިއްވުން
އެދުވަހުގެ ޝަރީއަތް ތާވަލް ކޮށްފައިވަނީ 13:00 އަށް

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިން ދައުވާގެ ޝަރީއަތުގެ ޚުލާސާ ބަޔާން އިއްވުން މިމަހުގެ 9ވަނަ ދުވަހަށް އަވަސް ކޮށްފިއެވެ.

އެމައްސަލައިގައި އެންމެ ފަހުން ބޭއްވި ޝަރީއަތުގައި މައްސަލަ ބައްލަވާ ކޯޓުގެ އިސްގާޒީ އަހުމަދު ހައިލަމް ވިދާޅުވީ ޚުލާސާ ބަޔާން އިއްވާނީ މިމަހުގެ 10 ވަނަ ދުވަހު ކަމަށެވެ. ނަމަވެސް ރައީސް ޔާމީންގެ ވަކީލަކު ރާއްޖެއެމްވީއަށް ވިދާޅުވީ ޝަރީއަތް އޮންނާނެ ދުވަހެއް ކަމަށް އެކޯޓުން އަންގާފައިވަނީ މިމަހުގެ 9 ގައި ކަމަށް ކޯޓުން އަންގާފައިވާ ކަމަށެވެ.

އެދުވަހުގެ ޝަރީއަތް ތާވަލް ކޮށްފައިވަނީ 13:00 އަށެވެ. މި މައްސަލާގައި ހުލާސާ ބަޔާން އިއްވުމަށްފަހު ހުކުމް އިއްވުމަށް ވަކި އަޑުއެހުމެއް ބާއްވާނެއެވެ. އަދި ކުށް ސާބިތުވާނަމަ އަދަބާއި ގުޅޭ ގޮތުން ވާހަކަ ދެއްކުމަށް ވަކި އަޑުއެހުމެއް ބާއްވާނެއެވެ.

Advertisement

ސެޕްޓެމްބަރު 25 ވަނަ ދުވަހު ބޭއްވި ޝަރީއަތުގައި ދެފަރާތުގެ ހެކި ބަސް ވަނީ ނަގައި ނިންމާފައެވެ.

ދައުލަތުން ރައީސް ޔާމީންގެ މައްޗަށް ކުރާ ދައުވާގައި ވަނީ އެސްކްރޯ އެކައުންޓަށް ޖަމާކޮށްފައިވަނީ އެހެން ފައިސާތަކެއްކަމާއި އެސްއޯއެފުން ޖަމާކުރި ފައިސާ އިސްލާމިކް ބޭންކުގެ ޖެނެރަލް އިންވެސްޓްމެންޓް އެކައުންޓަކަށް ބަދަލުކޮށް އެފައިސާގެ އަސްލު އޮޅުވާލާފައިވާ ކަމަށެވެ. އަދި ޖެނެރަލް އިންވެސްޓްމެންޓް އެކައުންޓުން ރައީސް ޔާމީން 36 މަސް ދުވަހަށް އިންވެސްޓުކޮށް ފައިދާ ހޯއްދަވާފައިވާ ކަން ހާމަވާކަމަށް އެ ދައުވާގައި ބުނެފައި ވެއެވެ.

މަނީ ލޯންޑަރިން މައްސަލަ ރައީސް ޔާމީންގެ މައްޗަށް ސާބިތު ވެއްޖެނަމަ ފަސް އަހަރާއި 15 އަހަރާއި ދެމެދުގެ ޖަލު ހުކުމެއް އެމަނިކުފާނުގެ މައްޗަށް އަންނާނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް
1 އޮކްޓޯބަރ 2019 | އަންގާރަ 22:13
ހ.ވޮޑަމުއްލާ
ގައުމު ދަވާލާފަހުރި ވގ މީހަކާއި ސަލާމް ކުރަން ދާނީވެސް އެކަމަށް ތާއީދުކުރާމީހުން