Advertisement
ކ. މާލެ
|
1 އޮކްޓޯބަރ 2019 | އަންގާރަ 08:46
ބިންގާ އެޅުމުގެ ރަސްމިއްޔާތުގެ ތެރެއިން
ބިންގާ އެޅުމުގެ ރަސްމިއްޔާތުގެ ތެރެއިން
ޕީއެސްއެމް
ޓުއަރިސްޓް ސެންޓަރ
ޖަލުގައި ނިޔާވި ރަޝީދުގެ އާއިލާއިން ޓުއަރިސްޓް ވިޒިޓަރ ސެންޓަރުގެ ބިންގާ އަޅައި ދީފި
ވިޒިޓަރ ސެންޓަރުގައި ދެގެލަރީ ހުރޭ
މި ސެންޓަރު ހުޅުވުމަށް ގަސްދުކުރައްވަނީ ރައީސް މުހައްމަދު ނަޝީދުގެ އުފަންދުވަހު

ރާއްޖޭގެ ފުރަތަމަ ޓުއަރިސްޓް ވިޒިޓަރ ސެންޓަރުގެ ބިންގާ ހޯމަ ދުވަހު އަޅައިފިއެވެ.

ރ އަނގޮޅިތީމުގައި އެޅުމަށް ހަމަޖެހިފައިވާ މި ސެންޓަރުގެ ބިންގާ އަޅައިދިނީ މޭޑޭގެ މުޒާހަރާގައި ހައްޔަރުކޮށް، ޖަލުގައި ނިޔާވި އަބްދުﷲ ރަޝީދުގެ އަންހެނުންނާއި އޭނާގެ އަންހެން ދަރިފުޅެވެ.

ހޯމަ ދުވަހު ބިންގާ އެޅިގެންދިޔައިރު މި ޓުއަރިސްޓް ވިޒިޓަރ ސެންޓަރަކީ ދެމެހެއްޓެނިވި ގޮތަކަށް ހިންގުމަށް ފަރުމާކުރެވިފައިވާ ތަނެއް ކަމަށް މޯލްޑިވްސް އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ)ގެ ގެ މެނޭޖިންގް ޑިރެކްޓަރ މުހައްމަދު ރާއިދުވަނީ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ވިދާޅުވެފައެވެ. ރާއިދު ވިދާޅުވީ އެތަން ފަރުުމާ ކުރެވުނީ އެތަނުން ލިބޭ އާމްދަނީގެ ކޮންމެވެސް މިންވަރެއް ތަނުގެ މަރާމާތަށާއި ތަން ހިންގުމަށް ހަރަދުކުރެވޭ ގޮޮތަށް ކަމަށެވެ.

މި ޓުއަރިސްޓް ވިޒިޓަރ ސެންޓަރުގައި ދެގެލަރީ ހުންނައިރު ފުރަތަމަ ގެލެރީ އިން ދައްކުވައިދޭނީ ދިވެހިރާއްޖެ ޑިމޮކްރެސީއަށް ކުރި ދަތުރުގައި ކުރިމަތިވި ކަންތައްތަކާއި، މިހާރު ފެންނަން ހުރި ތާރީހީ ތަސްވީރުތަކެވެ. ދެވަނަ ގެލެރީއިން ރ އަތޮޅުގައި ފެންނަން ހުރި ތާރީހީ ތަކެތި ފެނިގެންދާނެއެވެ. މީގެ އިތުރުން ކެފޭ އަކާއި އެތަނަށް ޒިޔާރަތް ކުރާ ފަތުރުވެރިން ތިބުމަށް ލައުންޖެއް ވެސް ހުންނާނެއެވެ.

Advertisement

އެމްއައިޓީޑީސީގެ މެނޭޖިންގް ޑިރެކްޓަރ މުހައްމަދު ރާއިދުގެ އިތުރުން ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދުއާއި މިނިސްޓްރީ އޮފް އާރޓްސް ކަލްޗަރ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫނުވެސް ވަނީ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފައެވެ.

މި ސެންޓަރު ހުޅުވުމަށް ގަސްދުކުރައްވަނީ ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ އުފަންދުވަސް ކަމަށް ވާ މޭ މަހުގެ 17 ވަނަ ދުވަހު ކަމަށް ޓުއަރިޒްމް މިނިސްޓަރ އަލީ ވަހީދު ވަނީ ވިދާޅުވެފައެވެ.

ފަތުރުވެރިކަމުގެ ދުވަސް މިފަހަރު ވަރަށް ފުޅާ ދާއިރާއެއްގައި ފާހަގަ ކުރަމުންގެންދާއިރު، އެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ވަނީ ޖޮބްފެއާރ އެއް ފަރުކޮޅުފުށީގައި ބާއްވާފައެވެ. މި ފެއާރ ތިން ދުވަހަށް ދެމިގެންދިޔައިރު އޮކްޓޯބަރު މަހުގެ 1 ވަނަ ދުވަހު ވޯރލްޑް ރެކޯޑެއް ހެދުމަށްޓަކައި ފްރީ ޑައިވް އެއް ކުރުމަށް ވެސް ވަނީ ހަމަޖެހިފައެވެ. މި ޑައިވްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުވެސް އަމަލީ ގޮތުން ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ވެސް އަލީ ވަހީދު ވަނީ ވިދާޅުވެފައެވެ. ރައީސް ސޯލިހުގެ އިތުރުން ފްރީ ޑައިވް ވޯރލްޑް ޗެމްޕިއަން، ވިލިއަމް ޓްރޫބްރިޖްއާއި ގިނިސް ވޯރލްޑް ރެކޯޑްސްގެ ބޭފުޅުންވެސް މި ހަރަކާތުގައި ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ. އަދި މި ޑައިވްގައި ބައިވެރިވުމަށް 800 އަށް ވުރެ ގިނަ ފަރާތްތަކުން ރަޖިސްޓަރ ކޮށްފައި ވާކަމަށް ވެސް އަލީ ވަހީދު ވަނީ ވިދާޅުވެފައެވެ. ޑައިވް ބޭއްވުމަށް ހަމަޖެހިފައިވަނީ ބަރޮސް ފަޅުތެރޭގައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް