Advertisement
ކ. މާލެ
|
30 ސެޕްޓެންބަރ 2019 | ހޯމަ 17:12
މިއަދު ބަންޑާރަކޮށީގައި ބޭއްވުނު ބައްދަލުވުމުގެ ތެރެއިން
މިއަދު ބަންޑާރަކޮށީގައި ބޭއްވުނު ބައްދަލުވުމުގެ ތެރެއިން
އެމްއެންޑީއެފް
އެމްއެންޑީއެފް
އިންޑިއާ އަސްކަރިއްޔާގެ ޗީފް އޮފް އާރމީ ސްޓާފް، ޗީފް އޮފް ޑިފެންސް ފޯސްއާ ބައްދަލުކުރައްވައިފި
ބައްދަލުވުމުގައި ވަނީ ދެގައުމުގެ އަސްކަރީ ދާއިރާގެ ގުޅުން އިތުރަށް ބަދަހިކުރުމަށް މަޝްވަރާކޮށްފަ

އިންޑިއާ އަސްކަރިއްޔާގެ ޗީފް އޮފް އާރމީ ސްޓާފް އަދި ޗީފްސް އޮފް ސްޓާފް ކޮމިޓީ (ސީއޯއެސްސީ)ގެ ޗެއަރމަން ޖެނެރަލް ބިޕިން ރާވަތު، ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލާއި ބައްދަލުކުރައްވައިފިއެވެ.

ބަންޑާރަކޮށީގައި ހޯމަ ދުވަހުގެ ހެނދުނު ބޭއްވި މި ބައްދަލުކުރެއްވެވުމުގައި އަސްކަރީ ދާއިރާއި ދެ ޤައުމުގެ ދެމެދުގައި އޮތް ގާތް ރަހުމަތްތެރި ގުޅުން އިތުރަށް ބަދަހިކުރުމާއި، އިންޑިއާ އަސްކަރިއްޔާއިން ދިވެހި ސިފައިނަށް ތަމްރީނުގެ ފުރުޞަތުތައް އިތުރުކުރުމާ ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ. އަދި ވަކިން ބޭއްވި ބައްދަލުވުމެއްގައި އެމްއެންޑީއެފްއާއި ގުޅޭ ޕްރެޒެންޓޭޝަނެއް އިންޑިއަން ޗީފް އޮފް އާރމީ ސްޓާފް އަށް ވަނީ ހުށަހަޅާފައެވެ. އަދި މެހުމާނުން ސޮއިކުރައްވާ ފޮތުގައި އެ މަނިކުފާނު ވަނީ ސޮއިކުރައްވާފައެވެ.

Advertisement

އިންޑިއާ އަސްކަރިއްޔާގެ ޗީފް އޮފް އާރމީ ސްޓާފް، ޗީފް އޮފް ޑިފެންސް ފޯސްއާއެކު ބޭއްވެވި މި ބައްދަލުކުރެއްވެވުމުގައި އެމްއެންޑީއެފް މެރިންކޯގެ ކޮމަޑާންޓް ބްރިގޭޑިއަަރ ޖެނެރަލް ވައިސް ވަހީދާއި އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑަރ ކާނަލް ޢަބްދުރަޢޫފާއި ޑައިރެކްޓްރޭޓް އޮފް އޮޕަރޭޝަންސް އެންޑް ޓްރެއިނިންގ (ޖޭ3/ޖޭ7) ގެ ޕްރިންސިޕަލް ޑައިރެކްޓަރ ކާނަލް އަޙްމަދު ޣިޔާސްއާއި އިންޑިއާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރުގެ އިތުރުން އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ޑިފެންސް އެޓާރޗޭ ވަޑައިގެންނެވިއެވެ.

އިންޑިއާގެ ޗީފް އޮފް އާރމީ ސްޓާފް ރާއްޖެއަށް ކުރައްވާ މި ރަސްމީ ދަތުރުފުޅުގައި އެމްއެންޑީއެފް ނަދަން އޭރިއާ ހެޑްކުއޯޓަރޒް ޅ.މާފިލާފުށީ، ކޮމްޕޮސިޓް ޓްރޭނިންގ ސެންޓަރަށް ޒިޔާރަތް ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
- ކޮމެންޓް