Advertisement
ކ. މާލެ
|
30 ސެޕްޓެންބަރ 2019 | ހޯމަ 11:04
ވިލިފުށީ ދާއިރާގެ މެމްބަރު ހަސަން  އަފީފު
ވިލިފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފު
ރާއްޖެއެމްވީ
ރައްޔިތުންގެ މަޖިލިސް
ފުލުހުންނަށް ޓެރަރިޒަމް ބިލުގައި ބާރު ދިނީ މޮނިޓަރިން މެކޭނިޒަމްއެއް ހިމެނުމަށްފަހު: މެމްބަރު އަފީފު
ހައްޔަރު ކޮށްގެން ބަހައްޓާނެ ވަގުތު 48 އިން 24 ގަޑިއިރަށް ބަދަލު ކުރީ ގާނޫނު އަސާސީގައި ވަކި ގޮތަކަށް އޮތުމުން

ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނަށް ކޮމިޓީ މަރުހަލާގައި އިސްލާހުތައް ގެނައީ އެ ގާނޫނުން ފުލުހުންނަށް ދީފައިވާ ބާރުތައް މޮނިޓަރކުރެވޭނެ މެކޭނިޒަމްއެއް ހިމެނުމަށްފަހު ކަމަށް ވިލިފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފު ވިދާޅުވެއްޖެއެވެ.

ޓެރަރިޒަމްގެ ބިލަށް މަޖިލީހުގައި ބަހުސް ކުރައްވަމުން އަފީފު ވިދާޅުވީ ޓެރަރިޒަމްގެ ބިލަށް އިސްލާހު ހުށައެޅުމާއެކު ފުލުހުންނަށް އެބިލުގައި ބޮޑެތި ބާރުތައް ދޭތީ ރައްޔިތުންގެ ކަންބޮޑުވުން ހުށައެޅުނު ކަމަށެވެ. އެހެންކަމުން ކޮމިޓީއިން އެބާރުތައް ފުލުހުންނަށް ދީފައިވަނީ އެގާނޫނާއި ޚިލާފަށްދީފައިވާ ބާރުތަކުގެ ބޭނުން ނަހަމަ ގޮތުގައި ފުލުހަކު ކޮށްފި ކަމަށް ވާނަމަ ފިޔަވަޅު އެޅޭނެ ގޮތަށް ކަމަށެވެ.

Advertisement

ރާއްޖޭގައި ކަންބޮޑުވާ ދަރަޖައަށް ޓެރަރިޒަމްގެ މައްސަލަތައް އެބަހުރިކަން ފާހަގަ ކުރައްވާ އަފީފު ވިދާޅުވީ ޓެރަރިޒަމްގެ ގާނޫނަށް ސަރުކާރުން ހުށައެޅި އިސްލާހުގައި ހައްޔަރު ކޮށްގެން ބަހައްޓާނެ ވަގުތު 48 އިން 24 ގަޑިއިރަށް ބަދަލު ކުރީ ގާނޫނު އަސާސީގައި ވަކި ގޮތަކަށް އޮތުމުން ކަމަށެވެ.

މީގެ ކުރިން ޓެރަރިޒަމްގެ ގާނޫނު ބޭނުން ކޮށްފައިވަނީ ސިޔާސީމީހުން ފްރޭމްކޮށް ދައުވާކުރަން ކަން ފާހަގަ ކުރައްވައި އަފީފު ވިދާޅުވީ އޭރު ހިނގާފައިވާ ގޮތަށް މިހާރު ކަންތައްތައް ހިނގާފާނެތީ ކަންބޮޑުވާކަށް ނުޖެހޭ ކަމަށެވެ. މާޒީގައި ކަންތައްތައް ހިނގައި ދިޔައީ މުއައްސަސާތަކުންނާއި މަޖިލީހުން ވެސް އެއްބާރުލުން ދީގެން ކަމަށާއި މިހާރުގެ މަޖިލީހުގައި އެގޮތަށް ސަރުކާރުން ބޭނުންވާހާ ގޮތަކަށް ދީލާ ނުލާނެކަމުގެ ޔަގީންކަން ދެއްވާ ކަމަށް ވިދާޅުވިއެވެ. އެގާނޫނު ރަނގަޅު ގޮތުގައި ބޭނުން ކުރެވޭނީ ހުރިހާ ހުރިހާ މުއައްސަސާއެއްގައި ތިބި މީހުންވެސް އިޚްލާސްތެރިކަމާއެކު ގާނޫނަށް ހުރުމަތްތެރިކޮށް ހިތައިގެން ކަމަށް އޭނާ ވިދާޅުވިއެވެ.

ބިލުގައި މޮނިޓަރީ މެކޭނިކަމް އެއް ލާފައިު އޮތީ ވެސް އެސަބަބަށް. މި ޓެރަރިޒަމްގެ ތުހުމަތުގައި ގެންގޮސް ޓެރަރިޒަމްއޭ ކިޔއަިގެން ގެންގޮސް ފުލުހުން ކުރާ ކަންތައްތައް ވެސް މި މަޖިލީހުން ވެސް ބެލޭ. މަޖިލީހުން ބަލާނީ ކިހިނެތްތޯ ކުރިއަށް ގެންގޮސްފައި އޮތީ. އެތަހުގީގު ހިންގާފައި އޮތީ ކިހިނެތްތޯ ހިނގާފައި އޮތީ. މޮނިޓަރިން މެކޭނިޒަމް އެއް ލާފައި އޮތީ ރައްޔިތުންގެ ކަންބޮޑުވުން އޮތީތީވެ.

ކޮމިޓީއިން އެ ބިލަށް ގެނައި އިސްލާހުގެ ތެރޭގައި ސަރުކާރުން ބިލު ހުށަހެޅިއިރު އޮތް ކުށްތަކަށް ތުހުމަތު ކުރެވޭ މީހުން ކޯޓު އަމުރެއް ނެތި ހައްޔަރުކޮށް މީހުން ބަންދުކޮށްފައި ވަނީ ގާނޫނީ ހަމަތަކުގެ މަތިންތޯ ކަނޑައެޅުމަށް އެ މީހަކު ހައްޔަރުކުރާތާ ގިނަވެގެން 48 ގަޑިއިރުގެ ތެރޭގައި ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކުރަން ވާނެކަމަށް އޮތް މާއްދާ ވަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި އޮތް ގޮތަށް ހައްޔަރުކޮށްގެން ބެހެއްޓޭ ވަގުތު 24 ގަޑިއިރަށް ބަދަލު ކޮށްފައެވެ.

ޓެރަރިޒަމް މާނަ ކުރުމުގައި ވަކި ސިޔާސީ ނުވަތަ ދީނީ ނުވަތަ ހައްދުފަހަނައަޅާފައިވާ ވިސްނުމެއް ކުރިއެރުވުމަށްޓަކައި ނުވަތަ ވަކި ފިކުރެއް ކުރިއެރުވުމަށްޓަކައި އޮތް މާއްދާއަށް ވެސް ވަނީ ބަދަލު ގެނެސްފައެވެ. އެމާއްދާ އެހެން އޮތުމުން ސިޔާސީ ޕާޓީތަކުން ވަނީ ޓެރަރިޒަމް ބިލުގައި ހަޅުތާލު ކުރުމުގެ ހައްގު ހަނިކޮށްފައިވާ ކަމަށް ބުނެ ނުރުހުން ފާޅު ކޮށްފައެވެ. އެމާއްދާ ވަނީ ހައްދު ފަހަނައަޅާފައިވާ ވަކި ސިޔާސީ ނުވަތަ ހައްދުފަހަނައަޅާފައިވާ ވަކި ފިކުރެއް ކުރިއެރުވުމަށް ބަދަލުކޮށް ކޮމިޓީއިން އިސްލާހު ގެނެސްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
- ކޮމެންޓް