Advertisement
ކ. މާލެ
|
30 ސެޕްޓެންބަރ 2019 | ހޯމަ 07:03
އަލިފާނުގެ ހާދިސާ ގައި 400 މީހަކުގެ ގެދޮރު ވަނީ ގެެއްލިފައި
އަލިފާނުގެ ހާދިސާ ގައި 400 މީހަކުގެ ގެދޮރު ވަނީ ގެެއްލިފައި
ރާއްޖެއެމްވީ
ކެމިކަލް ގުދަނުގެ ބޮޑު އަލިފާނުގެ ހާދިސާ
ވަގުތީ ހިޔާގައި ތިބީ މީހުން އެމީހުންގެ ގެތަކަށް ބަދަލު ކުރަން ފަށައިފި
ަހަ ގެއެއްގެ މީހުން ވަނީ ބަދަލު ކޮށްފައި

ހ. ތިލަފުށީގޭގައި ހިނގި އަލިފާނުގެ ހާދިސާ ގައި ހާލުގައި ޖެހުނު މީހުންގެ ތެރެއިން ވަގުތީ ހިޔާގައި ތިބި ބައެއް މީހުން އެމީހުންގެ ގެތަކަށް ބަދަލު ކުރަން ފަށައިފިއެވެ.

ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ (އެމްއެންޑީއޭ) ބުނީ، ވަގުތީ ހިޔާގައި ތިބި މީހުންގެ ތެެރެއިން ހަ ގެއެއްގެ މީހުން އެމީހުންގެ ގެތަކަށް ބަދަލު ކޮށްފައިވާ ކަމަށެވެ. އެ ގެތަކަށް އެ މީހުން ބަދަލު ކޮށްފައިވަނީ ގޭގެ އެސެސްމެންޓްތައް ހެދުމަށް ފަހު ކަމަށް ޑިޒާސްޓާ އިން ބުންޏެވެ.

ހެންވޭރު އަބަދަށްފެހިމަގުގައި ހުންނަ ހ. ތިލަފުށީ ގޭގައި ހުރި ހަތަރު ކެމިކަލް ގުދަނެއްގައި އަލިފާން ރޯވެ ހަ ގެއެއް ވަނީ އަނދައި އަޅިއަށް ވެފައެވެ. އެ ހާދިސާގައި އެކަކު މަރުވެ 400 ގިނަ މީހުން ގެދޮރު ވަނީ ގެއްލިފައެވެ. އެ ހާދިސާއާ ގުޅިގެން އެމްއެންޑީއޭ އިން 326 މީހަކަށް އެމްއެންޑީއޭ އިން ވަގުތީ ހިޔާވަހިކަން ފޯރުކޮށްދީފައިވެއެވެ.

Advertisement

މި ފަހުގެ ތާރީހުގައި ރާއްޖޭގައި ހިނގި އެންމެ ބޮޑު އަލިފާނުގެ ހާދިސާގައި ފޫނުބެއްދޭވަރުގެ ގެއްލުމެއް ވަނީ ލިބިފައެވެ. ހާދިސާ ގައި ގެއްލުންވި ފަރާތްތަކަށް އަމިއްލަ ފަރުދުން ގިނަ މުއައްސަސާތަކަކުން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
- ކޮމެންޓް