Advertisement
ކ. މާލެ
|
29 ސެޕްޓެންބަރ 2019 | އާދީއްތަ 22:36
ޖެނެރަލް ބިޕިން ރާވަތު ރާއްޖެ ޒިޔާރަތްކުރައްވަނީ އަންނަ މަހުގެ 4 ވަނަ ދުވަހުގެ ނިޔަލަށް
ޖެނެރަލް ބިޕިން ރާވަތު ރާއްޖެ ޒިޔާރަތްކުރައްވަނީ އަންނަ މަހުގެ 4 ވަނަ ދުވަހުގެ ނިޔަލަށް
މޯލްޑިވްސް ނެޝަނަލް ޑިފެންސްފޯސް
އިންޑިއާ އަސްކަރިއްޔާ
އިންޑިއާގެ ޗީފް އޮފް އާރމީ ސްޓާފް، ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގަންނަވައިފި
ރާވަތު ރާއްޖެ ޒިޔާރަތްކުރައްވަނީ އާދިއްތަ ދުވަހުން ފެށިގެން އަންނަ މަހުގެ 4 ވަނަ ދުވަހުގެ ނިޔަލަށް
މި ރަސްމީ ދަތުރުފުޅުގައި ޅ.މާފިލާފުށީ، ކޮމްޕޮސިޓް ޓްރޭނިންގ ސެންޓަރަށް ޒިޔާރަތް ކުރެއްވުމަށް ވަނީ ހަމަޖެހިފަ

އިންޑިއާ އަސްކަރިއްޔާގެ ޗީފް އޮފް އާރމީ ސްޓާފް، ޖެނެރަލް ބިޕިން ރާވަތު، ރަސްމީ ދަތުރުފުޅެއްގައި އާދިއްތަ ދުވަހު މެންދުރުފަހު ރާއްޖެ ވަޑައިގަންނަވައިފިއެވެ.

Advertisement

އިންޑިއާގެ ޗީފް އޮފް އާރމީ ސްޓާފް ރާއްޖެ ވަޑައިގެންނެވުމުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން އެމަނިކުފާނަށް މަރުޙަބާ ދެންނެވީ އެމްއެންޑީއެފްގެ ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސް، ބްރިގޭޑިއަރ ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަޠީފެވެ.

އާދިއްތަ ދުވަހުން ފެށިގެން އަންނަ މަހުގެ 4 ވަނަ ދުވަހުގެ ނިޔަލަށް އިންޑިއާގެ ޗީފް އޮފް އާރމީ ސްޓާފް ޖެނެރަލް ބިޕިން ރާވަތު ރާއްޖެއަށް ކުރައްވާ މި ރަސްމީ ދަތުރުފުޅުގައި، ރައީސް އިބްރާހީމް މުޙައްމަދު ސޯލިހާއި، މިނިސްޓަރ އޮފް ޑިފެންސް މާރިޔާ އަޙްމަދު ދީދީގެ އިތުރުން ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލްއާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި މީގެ އިތުރުން ދައުލަތުގެ ބައެއް ވަޒީރުންނާ ވެސް ބައްދަލުކުރައްވާގޮތަށް ހަމަޖެހިފައިވެއެވެ.

އިންޑިއާގެ ޗީފް އޮފް އާރމީ ސްޓާފް ރާއްޖެއަށް ކުރައްވާ މި ރަސްމީ ދަތުރުފުޅުގައި އެމްއެންޑީއެފް ނަދަން އޭރިއާ ހެޑްކުއޯޓަރޒް ޅ.މާފިލާފުށީ، ކޮމްޕޮސިޓް ޓްރޭނިންގ ސެންޓަރަށް ޒިޔާރަތް ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް