Advertisement
ކ. މާލެ
|
29 ސެޕްޓެންބަރ 2019 | އާދީއްތަ 14:35
އީސީގެ ތަރުޖަމާނު އަހުމަދު އަކްރަމް
އީސީގެ ތަރުޖަމާނު އަހުމަދު އަކްރަމް
ޝުއައިބް މުހައްމަދު އިގްބާލް
އިލެކްޝަންސް ކޮމިޝަން
މުޅި ކައުންސިލް އިންތިޚާބަށް ގާތްގަނޑަކަށް 65 އާއި 70 މިލިއަން ރުފިޔާ ދޭތެރޭ ބަޖެޓެއް
ބަޖެޓުގައި ދައުލަތަށް ލިބޭ އާމްދަނީ ގެ ފަސް ޕަސެންޓް ލޯކަލް ކައުންސިލްތަކަށް
ކުރީ އިންތިޚާބަށް އީސީއިން ޚަރަދު ކުރީ 46 މިލިއަން ރުފިޔާގެ ބަޖެޓެއް
އިންތިޚާބަށް ކުރިމަތިލުމަށް ހުޅުވާލާނީ އަންނަ އަހަރުގެ ފެބުރުއަރީ މަހު

އަންނަ އެޕްރީލް މަހު ބޭއްވުމަށް ތައްޔާރުވަމުންދާ ލޯކަލް ކައުންސިލް އިންތިޚާބަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ކަނޑައެޅީ ގާތްގަނޑަކަށް 65 އާއި 70 މިލިއަން ރުފިޔާގެ ބަޖެޓެއް ކަމަށް އެ ކޮމިޝަނުން ބުނެފިއެވެ.

އީސީގެ ތަރުޖަމާނު އަހުމަދު އަކްރަމް ރާއްޖެއެމްވީއަށް ވިދާޅުވީ އެ ކޮމިޝަނުން ހުށައެޅި އަދަދަށް ކައުންސިލް އިންތިޚާބުގެ ބަޖެޓް ހަމަޖެހޭނެކަމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއާއި މަޝްވަރާކުރުމަށްފަހު ފިނޭންސް މިނިސްޓްރީން ބުނެފައި ވާކަމަށެވެ.

މީގެ ކުރިން ބޭއްވި ކައުންސިލް އިންތިޚާބަށް އީސީ އިން ޚަރަދު ކުރީ 46 މިލިއަން ރުފިޔާގެ ބަޖެޓެކެވެ. އަކްރަމް ވިދާޅުވީ ކުރިން ބޭއްވި ކައުންސިލް އިންތިޚާބާއި ޚިލާފަށް މިފަހަރު ގާތްގަނޑަކަށް 140 ފޮށި އިތުރުވާނެ ކަމަށެވެ. އެއަދަދަށް އިތުރު 1400 އެއްހާ އޮފިޝަލުން ހަރަކާތްތެރިވާނެކަމަށާއި ރާއްޖެއިން ބޭރުގައި ވޯޓު ފޮށި ބަހައްޓާ ގައުމުތަކުގައި 150 މީހުން ހަމަވާނަމަ ވޯޓު ފޮށި ބެހެއްޓުމަށް ހަމަޖައްސަވާނެ ކަމަށް ވެސް އަކްރަމް ވިދާޅުވިއެވެ. މީގެ އިތުރުން ރިސޯޓުގަކުގައި ރެޖިސްޓްރީ ކުރާ މީހުންގެ އަދަދު 50 އަށް އަރާނަމަ ވޯޓު ފޮށި ބަހައްޓާނެ ކަމަށް ވެސް ވިދާޅުވިއެވެ.

Advertisement

ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އަމަލު ކުރި ގޮތަކަށް ކޮންމެ ވޯޓު ފޮއްޓަކަށް ވޯޓު ލެވޭނީ ގިނަ ވެގެން 700 މީހުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބަށް ކުރިމަތިލުމަށް ހުޅުވާލާނީ އަންނަ އަހަރުގެ ފެބުރުއަރީ މަހުއެވެ.

އަންނަ އަހަރަށް އެކުލަވާލާ ބަޖެޓުން ސަރުކާރަށް ލިބޭ އާމްދަނީގެ ފަސް ޕަސެންޓް ހާއްސަކުރަނީ ލޯކަލް ކައުންސިލްތަކަށް ދިނުމަށް ނިންމާފައިވާއިރު ކައުންސިލް އިންތިޚާބުގެ ބަޖެޓު ވެސް ހިމެނޭނީ އަންނަ އަހަރުގެ ބަޖެޓާއި އެކުއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
- ކޮމެންޓް
29 ސެޕްޓެންބަރ 2019 | އާދީއްތަ 18:46
ގަނޑިޔަ
ވޭތުވެ ދިޔަ އިންތިހާބުތަކަށް ވުރެ މިއަންނަ ލޯކަލް ކައުންސިލު އިނަތިހާބުގައި ވޯޓު ލާމީހުން ބޮޑުތަނުން އިތުރުވީތޯ؟ ހުރަސް ގެ ބޭނުން ރަނގަޅު ގޮތުގައި ހިއްޕަވާ...