Advertisement
ކ. މާލެ
|
29 ސެޕްޓެންބަރ 2019 | އާދީއްތަ 13:08
މެލޭޝިއާގެ ޓްރާންސްޕޯޓް މިނިސްޓަރ ސޮއި ފޫކް އާއި މިނިސްޓަރ ނަހުލާ
މެލޭޝިއާގެ ޓްރާންސްޕޯޓް މިނިސްޓަރ ސޮއި ފޫކް އާއި މިނިސްޓަރ ނަހުލާ
ޓްރާންސްޕޯޓް މިނިސްޓްރީ
ޓްރާންސްޕޯޓް މިނިސްޓްރީ
ރާއްޖޭގެ ލައިސަންސް މެލޭޝީއާގައި ބޭނުންކުރެވޭ ގޮތް ހަދަނީ
އެއްބަސްވުމުގެ ދަށުން މެލޭޝިއާގެ ލައިސަންސް ރާއްޖޭގައި ބޭނުންކުރެވޭނެ
ދިވެހ ލައިސަންސްވެސް މެލޭޝިއާގައި ބޭނުންކުރެވޭނެ

ރާއްޖޭގެ ޑްރައިވިންގް ލައިސަންސް މެލޭޝިއާގައި ބޭނުންކުރެވޭފަދަ އެއްބަސްވުމެއްގައި ދެ ގައުމުން ސޮއި ކުރުމާއި ގުޅޭ ގޮތުން މެލޭޝިއާގެ ޓްރާންސްޕޯޓް މިނިސްޓަރ ސިއު ފޫކް އާއު މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން އައިޝަތު ނަހުލާ ބައްދަލުކުރައްވައިފިއެވެ.

ކެނެޑާގެ މޮންޓްރިއާލްގައި މިހާރު ކުރިޔަށްދާ އައިކާއޯ ޖެނެރަލް އެސެމްބްލީގެ ހަވާސާގެ ތެރެއިން ބޭއްވި ބައްދަލުވުމުގައި ދެ ގައުމުގައި މިއުޗުއަލް ރެކޮގްނިޝަން އެގްރީމެންޓެއްގައި ސޮއި ކުރުމާއި ގުޅޭ ގޮތުން ވަނީ މަޝްވަރާކޮށް ، ވަރަށް އަވަސް މުސްތަގްބަލެއްގައި މި އެއްބަސްވުމުގައި ސޮއި ކުރައްވާނެކަމަށް ވިދާޅުވެފައެވެ. މި އެއްބަސްވުމުގެ ދަށުން މެލޭޝިއާގެ ލައިސަންސް ރާއްޖޭގައި ބޭނުންކުރެވޭއިރު ދިވެހ ލައިސަންސް މެލޭޝިއާގައި ބޭނުންކުރެވޭނެއެވެ.

Advertisement

މީގެއިތުރުން ، މި ބައްދަލުވުމުގައި ދިވެހި ދަރިވަރުން މެލޭޝއާގައި ހަދާ އޭވިއޭޝަން ދާއިރާއާއި ގުޅުން ހުރި ކޯސްތަކަކީ ބައިނަލްއަގްވާމީ ގޮތުން ގަބޫލުކުރެވޭ ފެނވްޗަރުފެ ކޯސްތަކަކަށް ހެދުމާއި ގުޅޭ ގޮތުންވެސް މަޝްވަރާކުރައްވާފައެވެ. އަދި މެލޭޝިއަން އޭވިއޭޝަން އެކެޑެމީގައި އޭޓީސީ ޓްރެއިނިންގްގެ އިތުރު ފުރުސަތުތައް ދިވެހިންނަށް ހޯއްދަވައި ދެެއްވާނެކަމަށް މެލޭޝިއާގެ ޓްރާންސްޕޯޓް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

މި ބައްދަލުވުމުގައި ވަނީ ރާއްޖޭގެ އޭވިއޭޝަން ދާއިރާ އާއި އެއްގަމު ދަތުރު ފަތުރާއި ގުޅޭ ގޮތުން އިިތުރަށް ރާއްޖެއަށް އެހީތެރިވުމުގެ ގޮތުން އެމްއޯޔޫއެއްގައި ސޮއި ކުރެއްވުމާއި ގުޅޭގޮތުންވެސް ވަނީ މަޝްވަރާކުރައްވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
- ކޮމެންޓް