Advertisement
ކ. މާލެ
|
29 ސެޕްޓެންބަރ 2019 | އާދީއްތަ 08:11
އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް
އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް
ފައްޔާޒް
ދިވެހިންނަކީ ތަމްރީނުނެތް ބަޔެކޭ ނުދަންނަވަން: ފައްޔާޒް
އެރޭ ދެއްކެވި ވާހަކައަކީ އެކި އެކި ސަރުކާރުތަކުގައި ސިޔާސަތުތައް ބައްޓަންވެފައި ހުރި ގޮތުން މަތީ މަގާމުތަކަށް އައުމަށް ދިވެހިންނަށް އުނދަގޫތަކާއި ކުރިމަތިވާ ވާހަކަ

ދިވެހިންނަކީ ތަމްރީނުނެތް ބަޔެކޭ ނުދަންނަވާކަމަށް އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ ޓުވިޓަރ ގައި މީހަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. މަތީ ވަޒީފާތަކަށް ދިވެހިންގެ ހުނަރެއް ނެތް ކަމަށް މިނިސްޓަރ ވިދާޅުވި ކަމަށް ބުނެ އެކި ސޯޝަލް މީޑިއާތަކުގައި ގިނަ ބައެއް ވަނީ އެވާހަކަ ދައްކާފައެވެ. އެހެންނަމަވެސް މިނިސްޓަރ ވިދާޅުވީ އޭނާއަށް އަމާޒުކޮށް ޓުވިޓަރ ގައި ދެކެވޭ ވާހަކަ އަކީ އޭނާ ދެއްކެވި ވާހަކައެއް ނޫން ކަމަށެވެ. އޭނާ ވިދާޅުވީ މަތީ މަގާމުތަކަށް ދިވެހިންގެ ހުނަރުވެރިކަމެއް ނެތް ވާހަކައެއް ނުދަންނަވާ ކަމަށާއި ދެއްކެވި ވާހަކައަކީ އެކި ސަރުކާރުތަކުގައި ސިޔާސަތުތައް ބައްޓަންވެފައި ހުރި ގޮތުން ރާއްޖޭގެ ރިސޯޓުތަކުގައި މަތީ މަގާމުތަކާއި، މެދު ފަންތީގެ މަގާމުތަކަށް އައުމަށް ދިވެހިންނަށް އުނދަގޫތަކާއި ކުރިމަތިވާ ވާހަކަ ކަމަށެވެ.

Advertisement

" އަޅުގަނޑެއް ނުދަންނަވަން ދިވެހިންގެ މަތީ މަގާމުތަކަށް ދިވެހިން ހުނަރުވެރިކަމެއް ނެތެކޭ. އަޅުގަނޑު ދެންނެވި ވާހަކައަކީ ސިޔާސަތުތައް ހުރި ގޮތުން އަޅުގަނޑުމެން ސަރުކާރުތަކުގައި އިނގޭތޯ، އެކި އެކި ސަރުކާރުތަކުގައި ސިޔާސަތުތައް ބައްޓަން ކުރެވިފައި ހުރި ގޮތުން ދިވެހިރާއްޖޭގެ ރިސޯޓުތަކުގެ މަތީ މަގާމުތަކާއި މެދު ފަންތީގެ މަގާމުތަކަށް ދިވެހިންނަށް އައުމަށް ގޮންޖެހުންތަކެއް އެބަހުއްޓޭ. ހަމަ އެމޭރުމުން އަޅުގަނޑު ދެންނެވިން ސްކިލްގެ ގެޕްތަކެއް ކޮންމެވެސް ވަރަކަށް އެބަހުރި. އެއީ ހަގީގަތެއް. "
ފައްޔާޒު

މިނިސްޓަރ ފައްޔާޒް ވިދާޅުވީ ބައެއް ވަޒީފާތަކަށް ގިނަ ދިވެހިން ވެއްދުމަށް ދޭންޖެހޭ ޓްރެއިނިންގް އެބަހުރި ކަމަށެވެ. އަދި ދިވެހިންނަށް ވަޒީފާތައް ލިބުމުގައި ދަތިވަނީ ލިބެންޖެހޭ ޓްރެއިނިންގް ނުދެވުމުން ކަމަށެވެ. އެއްގޮތަކަށް ވެސް ދިވެހިންގެ ހުނަރު ނެތިގެން ނޫން ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
- ކޮމެންޓް