Advertisement
ކ. މާލެ
|
29 ސެޕްޓެންބަރ 2019 | އާދީއްތަ 08:34
ޓޫރިސްޓް ޕޮލިސް ފަތުރުވެރިކަމުގެ ދުވަސް ފާހަގަކުރުމުގެ ތެރެއިން
ޓޫރިސްޓް ޕޮލިސް ފަތުރުވެރިކަމުގެ ދުވަސް ފާހަގަކުރުމުގެ ތެރެއިން
ޕޮލިސް
ޓޫރިސްޓް ޕޮލިސް
ޓޫރިސްޓް ޕޮލިސް ރީބްރޭންޑްކޮށްފި
ޓުއަރިސްޓް ޕޮލިސްގެ މަސައްކަތްތައް ބައްޓަން ކުރާނެ ޝިއާރެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ "ޓްރެވަލް ސޭފް، ސްވިމް ސޭފް"
ރަޝީދު ވިދާޅުވީ، ތަފާތަކަށް ވެގެންދާނީ ފަތުރުވެރިންނާއި ގާތުން މަސައްކަތްތައް ކުރެވިގެންދިއުން ކަމަށް
ފަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަމަށް އަޅަން ހުރި ފިޔަވަޅުތައް އެޅުމަށް އޭނާ އިލްތިމާސްކުރެއްވި

ރާއްޖޭގެ ފަތުރުވެރިކަމާއި ގުޅޭ ގާނޫނުތަކާއި ގަވާއިދުތައް ތަންފީޒުކުރުމާއި ފަތުރުވެރިންނާއި ފަތުރުވެރިކަމުގެ ސިނާއަތުގެ ރައްކާތެރިކަން ބެލެހެއްޓުމަށް ފުލުހުންގެ ފަރާތުން އިސްކޮށްފައިވާ ޓުއަރިސްޓް ޕޮލިސް ސަރވިސް ރީބްރޭންޑްކޮށްފިއެވެ.

މިކަމަށްޓަކައި ހުޅުމާލެ ރުއްގަނޑު ސަރަހައްދުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ފުލުހުން ބުނީ ސްޓްރެޓެޖިކް ޕެލޭނެއްގެ ދަށުން ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި ޓޫރިސްޓް ޕޮލިސްއިން ފަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ޓުއަރިޒަމް ސިނާއަތުގައި މަސައްކަތްކުރާ ފަރާތްތަކާއި ގުޅިގެން ތަފާތު އައު ކަންތައްތައް ތައާރަފް ކުރެވިގެންދާނެ ކަމަށެވެ.

ފުލުހުން ބުނީ ޓުއަރިސްޓް ޕޮލިސްގެ މަސައްކަތްތައް ބައްޓަން ކުރާނެ ޝިއާރެއްގެ ގޮތުގައި "ޓްރެވަލް ސޭފް، ސްވިމް ސޭފް" ކަނޑައަޅާ މިހާރު އެ ފަރާތުގެ މަސައްކަތްތައް ފަށާފައިވާނެ ކަމަށެވެ.

Advertisement

ރާއްޖެ އެމްވީއަށް މައުލޫމާތު ދެއްވަމުން ޓުއަރިސްޓް ޕޮލިސްގެ ހެޑް މޫސާ ރަޝީދު (އެސްޕީ) ވިދާޅުވީ ރީބްރޭންޑް ކުރުމާއެކު، ތަފާތަކަށް ވެގެންދާނީ ފަތުރުވެރިންނާއި ގާތުން މަސައްކަތްތައް ކުރެވިގެންދިއުން ކަމަށެވެ. އަދި ކުރީގައި އޮންނަ އުސޫލުންނަމަ، ޓުއަރިސްޓް ޕޮލިސްގެ ހިދުމަތް ދެވިގެންދަނީ ވަކި ރަށްތަކެއްގައި ހުންނަ ޕޮލިސް ސްޓޭޝަންތަކުން ކަމަށެވެ. ނަމަވެސް ރީބްރޭންޑް ކުރެވިގެންދިއުމާއެކު ހެލްޕް ބޭސްތައް އެކި ހިސާބުތަކަށް ބަދަލުކުރެވިގެންދާނެ ކަމަށް ރަޝީދު ވިދާޅުވިއެވެ.

ރަޝީދު އިތުރަށް ވިދާޅުވީ ފަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަމަށް ފުލުހުން އިސްކަމެއް ދެމުން އަންނަ ކަމަށާއި އެންމެ ބޮޑު އެއް ބޭނުމަކީ އެކަން އިތުރަށް ފުޅާވެގެން ދިއުން ކަމަށެވެ. އަދި ފަތުރވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ހުރިހާ ފަރާތްތަކަށްވެސް، ފަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަމަށް އަޅަން ހުރި ފިޔަވަޅުތައް އެޅުމަށް އޭނާ އިލްތިމާސްކުރެއްވިއެވެ.

ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ ހުރިހާ ފަރާތްތަކަށްވެސް އަޅުގަނޑުމެން އިލްތިމާސެއްގެ ގޮތުގައި ދަންނަވާލަން ބޭނުންވަނީ އެބޭފުޅުންގެ ސަލާމަތާއި ރައްކާތެރިކަމަށް އެޅެން އޮތް ހުރިހާ ފިޔަވަޅެއް ހަމަ އަޅަން، އެއީ އަޅުގަނޑުމެންނަށް ކޮންމެ އަހަރަކުން ގިނަވެގެން މިއަންނަ މަރުތަކާއި އެބޭފުޅުންނަށް ދިމާވާ ނުރައްކާ ކަންތަކާއި ދަތިތައް ފިލުވަދޭން ހުރިހާ ބޭފުޅުންވެސް މަސައްކަތް ކޮށްދޭން
ޓުއަރިސްޓް ޕޮލިސްގެ ހެޑް މޫސާ ރަޝީދު

ޓުއަރިސްޓް ފުލުހުންގެ ގޮތުގައި މިހާރު ހަރަކާތްތެރިވަމުން އަންނަނީ ގާތްގަނޑަކަށް 20 ވަރަަކަށް ފުލުހުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
- ކޮމެންޓް