Advertisement
ކ. މާލެ
|
29 ސެޕްޓެންބަރ 2019 | އާދީއްތަ 08:30
ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު
ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު
ޓުއަރިސްމް މިނިސްޓްރީ
ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު
ރިސޯޓުތަކުގައި ޕާޓްޓައިމް ކޮށް މަސައްކަތް ކުރެވޭ ގޮތް ހަދަނީ
ފަތުރުވެރިކަމުގެ ދާއިރާއަކީ ފަހުރުވެރިވާ ދާއިރާ އަކަށް ހަދަން ޖެހޭ ކަމަށް ވިދާޅުވި
އަންހެނުންނަށް ފަތުރުވެރިކަމުގެ ދާއިރާއިން ވަޒީފާ ފުރުސަތު ލިބޭނޭ ގޮތް ހަމަޖައްސާނެ

މާލެ އަދި ރަށްރަށުގައި އުޅޭ މީހުންނަށް ރިސޯޓްތަކުގައި ޕާޓް ޓައިމްކޮށް މަސައްކަތް ކުރެވޭ ގޮތަށް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެެއެވެ.

ހޮނިހިރު ދުވަހުގެ ރޭ ފަރުކޮޅުފުށީގައި ކުރިއަށް ދިޔަ ޖޮބް ފެއަރގެ ތެރެއިން ރާއްޖެ.އެމްވީއަށް ދެއްވި އިންޓަވިއުއެއްގައި ޓޫރިޒަމް މިނިސްޓަރު ވިދާޅުވީ، ލާމަރުކަޒީ ކުރުމާއި ދަތުރުފަތުރުގެ ނިޒާމު ވަރުގަދަކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އެންމެ ބޮޑު އެއް ސިޔާސަތަށް ވާއިރު، ޓޫރިޒަމް ޕްލޭންގެ މައިގަނޑު މަފްހޫމަކީވެސް އެއީ ކަމަށެވެ.

Advertisement

ޓޫރިޒަމްގެ ފަސް ވަނަ މާސްޓަރ ޕްލޭން އަންނަ އަހަރު އިފްތިތާހުކުރާއިރު، ފަތުރުވެރިކަމުގެ ދާއިރާއަކީ އެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތައް ފަހުރުވެރިވާ ދާއިރާ އަކަށް ހެދުމަށް މަސައްކަތް ކުރާ ކަމަށް ވިދާޅުވިއެވެ. ކުރިން އެކަން އެގޮތަށް ގޮސްފައިނުވާތީ އެކަންކަން ރަނގަޅު ކުރަން ޖެހޭކަން ފާހަގަ ކުރައްވަމުން މިނިސްޓަރު ވިދާޅުވީ، މާލޭގެ އިތުރުން ރަށްރަށުގައި ދިރިއުޅޭ ފަރާތްތަކަށް ރިސޯޓުތަކުގައި ޕާޓް ޓައިމްކޮށް ވަޒީފާ އަދާކުުރުމަށް ފަހު މާލެ ނުވަތަ ރަށަށް ދެވޭ ގޮތަށް ކަންތައްތައް ކުރެވެން އެބައޮތް ކަމަށެވެ. އަދި ވަރަށް އަވަހަށް ރިސޯޓްތަކުން ޕާޓްޓައިމް ވަޒީފާ އަށް މީހުން ހޯދަން އިއުލާން ކުރާނެ ކަމަށް އަލީ ވަހީދު ވިދާޅުވިއެވެ.

ނައިބް ރައީސް ފައިސަލް ނަސީމް އާއި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު

މިނިސްޓަރު ވިދާޅުވީ، މި ސަރުކާރު އައުމަށް ފަހު ފަތުރުވެރިކަމުގެ ސިނާއަތަށް ބަދަލުތައް އަންނަކަން ފެންނަން ފަށާފައިވާ ކަމަށާއި، ޖޮބްފެއަރ އަށް ބަލާލިޔަސް އެކަން ވަރަށް ރަނގަޅަށް ފެންނަމުންދާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، ޓޫރިޒަމް މިނިސްޓްރީން ކުރިޔަށް ގެންދަނީ އިންތިޒާމުވެގެން ހިންގާ ހަރަކާތްތަކެއް ކަމަށާއި، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގެ އިންސްޕެކްޝަން ނިންމުމަށް ފަހު ފަސްވަނަ މާސްޓާ ޕްލޭން ހަދާ ނިމޭއިރު އަންހެނުން ޓޫރިޒަމް ދާއިރާގައި މަދުނަމަ އެކަންތައްތައް ހައްލު ހޯދާނެ ގޮތްތަކާއި އެކު އެކަން ނިންމާނެ ކަަމަށެވެ.

މިނިސްޓަރު ވިދާޅުވީ، އުއްމީދު ކުރިވަރަށްވުރެ ގިނަ މީހުން ޖޮބްފެއަރ އަށް ޒިޔާރަތް ކޮށްފައިވާ ކަމަށެވެ. އެގޮތުން ދެހާއެއްހާ މީހުން ހޮނިހިރު ދުވަހު އިރުއޮއްސުމާއި ހަމަޔަށް ފެއަރ އަށް ޒިޔާރަތް ކޮށްފައިވާ ކަމަށާއި އޭގެ ތެރެއިން 1000 މީހުން ޒިޔާރަތްކޮށްފައިވަނީ ވަކި ވަޒީފާތަކުގެ މައުލޫމާތު ހޯދުމަށް ކަމަށެވެ. އަދި ޒިޔާރަތް ކުރި މީހުންގެ ތެރެއިން 500 މީހުންގެ އިންޓަވިއު ނިމި 50 މީހުންނަށް ވަޒީފާ ކަށަވަރުވެފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

މި ޖޮބްފެއަރ އަށް ހޮނިހިރު ދުވަހުގެ ރޭ ނައިބު ރައީސް ފައިސަލް ނަސީމް ވެސް ވަނީ ޒިޔާރަތް ކުރައްވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
- ކޮމެންޓް
29 ސެޕްޓެންބަރ 2019 | އާދީއްތަ 10:33
ޏަޖަަ
ޕާޓުޓައިމު ރާޖެޢަކަ ކަމަކުނުދާނެ ، ! ތިކަމުން ޥާނި ތިދާއިރާގެ ފެންވަރުގޯސް މަސަކަތުމީހުންގެ އަގުހެޔޮވެ މަސަކަތުގެ ކުރުވާ ވަގުތު ކުރުވެ ތިރިއުލުން އިތުރަ ބިކަވެ ހާލަތު ދަވާނެ ،