Advertisement
ކ. މާލެ
|
29 ސެޕްޓެންބަރ 2019 | އާދީއްތަ 00:38
ޖޮބް ފެއަރއަށް ނައިބް ރައީސް ކުރެއްވި ޒިޔާރަތުގައި ވާހަކަފުޅުދައްކަވަނީ
ޖޮބް ފެއަރއަށް ނައިބް ރައީސް ކުރެއްވި ޒިޔާރަތުގައި ވާހަކަފުޅުދައްކަވަނީ
ރާއްޖެއެމްވީ
ނައިބް ރައީސް ފައިސަލް ނަސީމް
ދިވެހިންގެ ހުނަރު އެބަހުރި، ބޭނުންވަނީ ފުރުސަތުތައް: ނައިބް ރައީސް
އިތުރު ފުރުސަތުތަކެއް ހުޅުވިގެންދާނެ ކަމަށް ވިދާޅުވި
މަތީ ވަޒީފާ ތަކުގައި ދިވެހިން ތިބުމަކީ އުއްމީދެއް ކަމަށް ވިދާޅުވި

ދިވެހިންނަކީ ހުނަރުވެރި ބައެއް ކަމަށާއި، މަދުވަނީ ވަޒީފާގެ މައިދާނުގައި ފުުރުސަތުތަކެއް ކަމަށް ނައިބް ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ނައިބް ރައީސް އެހެން ވިދާޅުވީ، ބައިނަލްއަގްވާމީ ފަތުރުވެރިކަމުގެ ދުވަހުގެ މުނާސަބަތުގައި ފާހަގަކުރުމުގެ ގޮތުން ފަރުކޮޅުފުށީގައި ކުރިޔަށްދާ ޖޮބް ފެއާއަށް ޒިޔާރަތްކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

Advertisement

އެމަނިކުފާނު ވިދާޅުވީ، ޖޮބް ފެއަރ އަކީ ފެށުމެއް ކަމަށާއި، އޭގެ ސަބަބުން ރިސޯޓުތަކުގައި މަސައްކަތް ކުރަން ބޭނުންވާ ޒުވާނުންނަށް ވަޒީފާގެ ގިނަ ފުރުސަތުތަކެއް ހުޅުވިގެންދާނެ ކަމަށެވެ. ކުރިޔަތް އޮތް ތަނުގައި ރިސޯޓުތަކުގައި ގިނަ އަދަދެއްގެ ދިވެހިން މަސައްކަތް ކުރަން އުޅޭތަން ފެނިގެންދާނެ ކަމަށާއި، މަތީ ވަޒީފާތަކުގައި ދިވެހިން ތިބުމަކީ އެންމެ ބޮޑު އެއް އުއްމީދު ކަމަށް ވިދާޅުވިއެވެ.

ފަތުރުވެރިކަން ކުރި އަރައިގެންދާއިރު އެންމެ ބޮޑު ނަފާއެއް ދިވެހިރާއްޖޭގެ ރައްޔިތުންނަށް ލިބިގެންދިއުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރައްޔިތުންނަށް ދެއްވާފައިވާ އެންމެ ބޮޑު އެއް އުއްމީދުކަން ފާހަގަކުރައްވަމުން އެމަނިކުފާނު ވިދާޅުވީ، ދިވެހި ޒުވާނުންނަކީ ކިޔަވާ ޔުނިވާސިޓީ ތަކުން ރަނގަޅު ނަތިއްޖާ ހޯދަމުންދާ ބައެއް ކަމަށާއި، އެ މީހުންނަކީ ހުނަރުވެރި ބައެއް ކަމަށެވެ.

ދިވެހިންނަކީ ހުނަރުވެރި ބައެއް. އަޅުގަނޑުމެންނަށް މިއަދާ ހަމަޔަށް މަދުވެގެން އުޅޭ އެއްޗަކީ ފުރުސަތު. އަޅުގަނޑުމެން ޖެހެނީ ދިވެހި ޒުވާނުންނަށް ފުރުސަތު ހޯދައިދޭން. ދިވެހި ރާއްޖޭގައި ކުރާ އިގްތިސާދީ ކޮންމެ ކަމެއްގައި ދިވެހިންނަށް އިސްކަންދޭން ޖެހޭނެ.
ނައީބް ރައީސް - ފައިސަލް ނަސީމް -

ފައިސަލް ވިދާޅުވީ، އެ ފުރުސަތުތައް ހޯދައި ދިނުމުން ދިވެހިން ފޭލް ނުވާނެ ކަމަށާއި، ސަރުކާރުގެ އެންމެ ބޮޑު އަމާޒަކީ ދިވެހިންނަށް ފުރުސަތު ހޯދައި ދިނުން ކަމަށެވެ. އަދި ވަކިން ހާއްސަ ކޮށް ވަޒީފާ އަދާކުރުމަށް ފަހު ރަށުގައި އުޅެވޭ ގޮތް ހަމަޖައްސަން ޖެހޭ ކަމަށް ވިދާޅުވިއެވެ.

ފަރުކޮޅު ފުށީގައި ކުރިޔަށްދާ މ ޖޮބްފެއާ އަކީ ފެއާގެ ތެރެއިން ފަތުރުވެރިކަމުގެ ދާއިރާގެ ވަޒީފާގެ ފުރުސަތުތައް ހަމަޖައްސައިދޭ ގޮތަށް އިންތިޒާމުކޮށްގެން ކުރިޔަށްގެންދާ ފެއާއެކެވެ. އެގޮތުން އެ ފެއާގެ ތެރެއިން 500 އަށްވުރެ ގިނަ ވަޒީފާގެ ފުރުސަތު ފަހިވެގެންދާނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް