Advertisement
ކ. މާލެ
|
28 ސެޕްޓެންބަރ 2019 | ހޮނިހިރު 19:47
ރައީސް ސޯލިހު އިބްރާހިމް މުހައްމަދު ސޯލިހް، އދ. އާންމު މަޖިލީހުގައި ތަޤުރީރްކުރައްވަނޯ
ރައީސް ސޯލިހު އިބްރާހިމް މުހައްމަދު ސޯލިހް، އދ. އާންމު މަޖިލީހުގައި ތަޤުރީރްކުރައްވަނޯ
ރައީސް އޮފީސް
ރައީސްގެ ދަތުރުފުޅު
ރައީސްގެ ދަތުރުފުޅުގެ ތަފްސީލުތައް ހާމަކުރާނަން: ހޫދު
ތަފްސީލު ހާމަކުރަން ޓްރާންސްޕޭރެންސީން ވަނީ ގޮވާލާފައި
ހަ މިލިއަން ހޭދަކޮށްފައިވާ ކަމަށް އިދިކޮޅުން ދަނީ ބުނަމުން
އިދިކޮޅުން ބުނަމުންދާ އަދަދަށް ހަރަަދު ކޮށްފައެއް ނުވާނެ

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އެމެރިކާއަށް ކުރެއްވި ދަތުރުފުޅުގެ މައުލޫމާތު ހާމަކުރައްވާނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު ވިދާޅުވެއްޖެއެވެ.

ހޫދު އެހެން ވިދާޅުވީ، ރައީސް ސޯލިހުއާއި އެކު އދ. ގެ އާއްމު ޖަލްސާގައި ބައިވެރިވާން ދިޔަ ވަފުދުގެ ބޭފުޅުން ގެ ހަރަދުގެ ތަފްސީލު އާއްމު ކުރުމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ގޮވާލުމާއި ގުޅިގެންނެވެ. ރާއްޖެއިން އެމެރިކާ އަށް ވަޑައިގަތް ވަފުދަށް ހަ މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް އިދިކޮޅު ފަރާތްތަކުން ބުނުމާއި ގުޅިގެން ރާއްޖޭގެ މީޑިއާއަކަށް ދެއްވި އިންޓަވިއުއެއްގައި ހޫދު ވިދާޅުވީ، އިދިކޮޅުން ބުނަމުންދާ އަދަދަށް ހަރަަދު ކޮށްފައިނުވާ ކަމަށެވެ.

Advertisement

ހޫދު އެހެން ވިދާޅުވުމާއި ގުޅިގެން ހޮނިހިރު ދުވަހު ޓްރާންސްޕޭރެންސީން ކޮށްފައިވާ ޓްވީޓެއްގައި ބުނީ، މައުލޫމާތުގެ މިނިވަންކަމަކީ ރާއްޖޭގެ ގާނޫނު އަސާސީގެ 29 ވަނަ މާއްދާގެ ދަށުން ކޮންމެ މީހަކަށްމެ ލިބިގެންވާ ހައްގަކަށްވާއިރު އެ ގާނޫނުގެ ދަށުން ދައުލަތުގެ އިދާރާއެއްގައިވާ މައުލޫމާތެއް ހޯދައި ލިބިގަތުމަކީ އެކަމަށް އެދޭ ކޮންމެ މީހަކަށްމެ ލިބިގެންވާ ހައްގެއް ކަމަށެވެ.

އެ ގާނުނަށް އިޝާރާތްކޮށް ޓްރާންސްޕޭރެންސީން ބުނީ، މިގާނޫނުގެ ދަށުން ދައުލަތުގެ އިދާރާތަކުން ކޮށްފައިވާ ހަރަދުތަކުގެ ތަފްސީލް އެއިދާރާތަކުން އަމިއްލައަށް އިސްނަގައިގެން ހާމަކުރަންޖެހޭނެކަމަށް ބުނެފައިވާތީ އދ.ގެ އަށް ރާއްޖެއިން ދިޔަ ވަފްދުގެ ބައިވެރިންގެ ހަރަދުތަކުގެ ތަފްސީލަކީ ހިއްސާނުކޮށް ބޭއްވެނޭ މައުލޫމާތެއް ނޫން ކަމަށެވެ. އެހެން ކަމުން ވިހާވެސް އަވަހަށް އެމައުލޫމާތު ހިއްސާ ކުރުމަށް ޓްރާންސްޕޭރެންސީން ވަނީ ގޮވާލާފައެވެ.

އެ ޓްވީޓަށް ޖަވާބުދެއްވަމުން ކުރެއްވި ޓްވީޓެއްގައި ހޫދު ވިދާޅުވީ، އާއްމުކޮށް އެފަދަ މައުލޫމާތުތައް ހިއްސާ ނުކުރައްވާ ކަމަށާއި، އެހެން ނަމަވެސް ލަފާކުރެވޭ ގޮތުން ދަތުރަށް ހޭދަކުރެވިފައިވަނީ، ޝޯޝަލް މީޑިއާ ގައި ކިޔަމުންދާ އަދަދުގެ އެއްބައި ކަމަށެވެ. އަދި ރާއްޖޭ އެނބުރި ވަޑައިގަތުމަށް ފަހު އެ މައުލޫމާތުތައް ހިއްސާ ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

ރައީސްގެ ދަތުރުފުޅުގައި ރައީސް އޮފީހުގެ ގިނަ ބަޔަކު ބައިވެރިވެ ވަޑައިގެންފައިވާތީ ސަރުކާރަށް ފާޑު ކިޔުންތައް ވަނީ އަމާޒުވެފައެވެ. އަދި ބައެއް ފަރާތްތަކުބް ވަނީ ދިޔަ ވަފްދުގެ ލިސްޓު ސޯޝަލް މިޑީއާގައި އާއްމުކޮށްފައެވެ.

ހަ އަހަރުގެ މެދުކެނޑުމަށްފަހު ރާއްޖޭގެ ރައީސަކު އދ ގެ އާންމު ޖަލްސާގައި ވަނީ ތަގުރީރު ކުރައްވާފައެވެ. 2016 ވަނަ އަހަރުގެ އދ.ގެ ޖެނެރަލް އެސަމްބްލީގައި 31 ގައުމަކުން މޫސުމަށް އަންނަމުންދާ ނޭދެވޭ ބަދަލުތަކުގެ އަސަރު ކުޑަކުރުމަށް އެކުލަވާލި "ޕެރިސް އެގްރީމަންޓް"ގައި ބުނާ ޓައިމަލައިންތަކަށް ދިވެހިރާއްޖެއަކަށް މަޑު ނުކުރެވޭނެކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ އދ. ގައި ތަގުރީރު ކުރައްވަމުން ވިދާޅުވެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް
29 ސެޕްޓެންބަރ 2019 | އާދީއްތަ 09:24
ޝާ ހު
ރައީސްގެ ރަސްމީ ދަތުރުފުޅެއްގައި ގެންދެވި ޑެލިގޭޝަންގަ އަި 20 މީ ހުންވެސް ގެންދިއުމުގެ މައްސަލަ އަކީ ކޮބާ ؟ ދައުލަތާއި ސަރުކާރުގެ އެކި ކަންކަމާއި ހަވާލުވެގެން ތިބި މީ ހުން. ޔާމީނު އެކަނި ވިޔަސް ޑެލިގޭޝަން ވިޔަސް ނުދިޔައީކީ ޚަރަދު ކުޑަކުރާކަށް ނޫން. ދާން ނުކެރުނީ، ބައިނަލް އަގުވާމީ ދުނިޔޭގައި އެކަހ ހެރިވެ ބާކީވެފައި ހުރީމަ.