Advertisement
ކ. މާލެ
|
28 ސެޕްޓެންބަރ 2019 | ހޮނިހިރު 13:14
ނިއުޕޯޓް ވިއު ސަރަހައްދު
ނިއުޕޯޓް ވިއު ސަރަހައްދު
ޝުއައިބް މުހައްމަދު އިގްބާލް
ނިއުޕޯޓް ވިއު މައްސަލަ
ނިއުޕޯޓް ވިއު ސަރުކާރާއި ހަވާލުކުރުމަށް ސިވިލް ކޯޓުން ކުރި ހުކުމް އިސްތިއުނާފް ކުރުމަށް ސްޓްރާޑާއިން ނިންމައިފި
ސްޓްރާޑާއަށް ސަރުކާރުން ދައްކަންޖެހޭ ބަދަލުގެ އަދަދު މާ ބޮޑު
ސިވިލް ކޯޓުން ހުކުމްކޮށްފައިވަނީ ގާނޫނު އަސާސީއާއި ހިލާފަށް

ބްރިޖް ވިއު ޕްލެޓްފޯރމް ސަރަހައްދުގައި ސްޓްރާޑާ ކުންފުނިން ހުޅުވާފައިވާ ނިއުޕޯރޓް ވިއު ސަރުކާރާ ހަވާލުކޮށް 1.1 މިލިއަން ރުފިޔާ ހަވާލު ކުރަން ސިވިލް ކޯޓުން ކުރި ހުކުމް އިސްތިއުނާފު ކުރުމަށް ހައިކޯޓަށް ހުށަހެޅުމަށް އެ ކުންފުނިން ނިންމައިފިއެވެ.

ހޮނިހިރު ދުވަހު ސްޓްރާޑާ ޕްރައިވެޓް ލިމިޓެޑުން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ އެ ކުންފުނިން، ސީއެސްއާރުގެ ދަށުން ރިންގް ރޯޑް ސަރަހައްދުގައި ބްރިޖް ވިއުން ޕްލެޓްފޯމަކާއި ، ފުޓްސަލް ދަނޑުގެ އިތުރުން ކުޑަކުދިން ކުޅޭނެ އިންޑޯ ޕްލޭ އޭރިޢާއެއް ތަރައްގީކޮށްފައިވާ ކަމަށާއި އެ އިންވެސްޓްމެންޓްތައް ކަވަރ ކުރުމަށް ބައިނަލް އަގްވާމީ ފްރެންޗައިސް ބްރޭންޑް "ޗާޓައިމް" އާއި ނިއުޕޯޓް ވިއުގެ ނަމުގައި ރެސްޓޯރެންޓެއްވެސް އެ ސަރަހައްދުގައި ތަރައްގީ ކުރެވިފައިވާ ކަމަށެވެ. ނަމަވެސް ހުޅުވިތާ 6 މަސް ދުވަހުގެ ތެރޭގައި، ބޮޑުތަކުރުފާނުމަގު ޗާޓައިމް ހިންގި ސަރަހައްދު ބޮޑުތަކުރުފާނު މަގު ރިންގް ރޯޑް ތަރައްގީކުރުމަށްޓަކައި ދައުލަތުން ނަގަން ބޭނުންވާ ކަމަށް ބުނެ އެތަން ހުސްކުރުމަށް އަންގާފައިވާކަމަށެވެ.

އަދި އެތަން ހުންނަނީ އެ ކުންފުނިން ކުއްޔަށް ހިފި ސަރަހައްދުގައި ކަމަށާއި ، ރިންގް ރޯޑް ހެދުމަށްޓަކައި އެތަން ތަޅާލައި ހުސްކޮށްފައިވަނީ ، ބައިނަލްއަގްވާމީ ފްރެންޗައިސް ބްރޭންޑް ރާއްޖެއަށް ގެނެސް އެތަން ހިންގުމަށްޓަކައި ކުންފުނިން ކުރި އިންވެސްޓްމެންޓަކަށް އަދުލުވެރި ބަދަލެއް ނުދީކަމަށް ބަޔާނުގައި ވަނީ ބުނެފައެވެ. މީގެއިތުރުން ސަރުކާރުން، އެ ބިން ނެގުމުގެ ސަބަބުން އެ ކުންފުންޏަށް ލިބިފައި އޮތް ބިމުގެ ސަރަހައްދު ކުޑަވެފައިވާ ކަމަށާއި ނަމަވެސް ސަރުކާރުން ބިމުގެ ކުއްޔަށް އެއްވެސް ބަދަލެއް ގެނެސްފައިނުވާ ކަމަށް ސްޓްރާޑާއިން ވަނީ ފާހަގަކޮށްފައެވެ.

ޕްލެޓް ފޯމް ތަރައްގީކުރުމަށްޓަކައި ކުންފުނިން ހިފި ބިމުގެ ކުލި ސަރުކާރަށް ދައްކަންޖެހޭ ކަމާމެދު އެއްވެސްއިރެއްގައި އިއުތިރާޒެއް ނުކުރާ ކަމަށް ބަޔާންކޮށް އެ ކުންފުނިން އިތުރަށް ބުނެފައިވަނީ ކުންފުންޏައް ލިބިފައިވާ ބިމުގެ ބައެއް، އާންމުންގެ މަންފާއަކަށް، ކޯޓެއްގެ ހުކުމަކާއި ނުލައި، ކޯޓަކުން އެކަމަށް އަދުލުވެރި ބަދަލެއް ކަނޑައަޅާފައި ނުވަނީސް ކުންފުނީގެ ކިބައިން ނަގާފައިވަނީ، ގާނޫނު އަސާސީގެ 40 ވަނަ މާއްދާގެ ށ އާއި ހިލާފަށް ކަމަށެވެ. އަދި ކުންފުނިން ސަރުކާރަށް ދައްކަން ޖެހޭ ކުލި ނުދެއްކުނީވެސް، ޗާޓާއިމްގެ ވިޔަފާރި ހުއްޓުމަކަށް އައުމުން ކުންފުންޏަށް ލިބޭ އާމްދަނީ ހުއްޓުމުން ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ. އެކަމުގެ ސަބަބުން މުވައްޒަފުންނަށް މުސާރަ ނުދެވި، ކުންފުނި މާލީ ގޮތުން ބޮޑު އަނދަވަޅަކަށް ވެއްޓިފައިވާ ކަމަށް އެ ބަޔާނުގައިވެއެވެ.

Advertisement

އަދި ކުންފުނިން ސަރުކާރަށް ދައްކަން ޖެހޭ އަދަދު، ސަރުކާރުން ކުންފުންޏަށް ބަދަލުގައި ދޭންޖެހޭ އަދަދާއި އަޅާ ކެނޑުމުންވެސް ކުންފުންޏަށް ސަރުކާރުން ދޭންޖެހޭ ފައިސާގެ އަދަދު މާ ބޮޑު ކަމަށާއި ސަރުކާރުން އެ ބަދަލު ދިނުމުގެ މަސަތްކަތް ކުރަމުން ދަނިކޮށް، އޭސީސީގެ އެންގުމަކަށް އެ މަސަތްކަތް ސަރުކާރުން ހުއްޓާފައިވާ ކަމަށް ބަޔާނުގައި ވެއެވެ. ނަމަވެސް މިހާތަނަށް ވެސް އެއްވެސް މީހެއްގެ މައްޗަށް ކޮރަޕްޝަންގެ ދައުވާއެއްކޮށްފައިނުވާ ކަމަށާއި ކުންފުންޏަށް އަދުލުވެރި ބަދަލެއް ދިނުމަށް އެއްވެސް ފަރާތަކުން ކޮރަޕްޝަންގެ އަމަލެއް ހިންގާފައިވާނަމަ، އެމީހަކަށް ދައުވާކޮށް ގާނޫނާއި ގަވާއިދުގެ ތެރެއިން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް އެއްވެސް ހުރަހެއް ނެތްކަމަށެވެ.

މީގެ އިތުރުން އެ ކުންފުނިން ބުނފައިވަނީ 26 ސެޕްޓެމްބަރުގައި ސިވިލް ކޯޓުން ކޮށްފައިވާ ހުކުމަކީ ރަނގަޅަށް ބެލުމެއް ނެތި ކޮށްފައިވާ ހުކުމެއް ކަމަށާއި އެ ހުކުމް އިސްތިއުނާފް ކުރުމަށް ހައި ކޯޓަށް ހުށަހެޅުމަށް ނިންމާފައިވާ ކަމަށެވެ. އަދި ސަރުކާރުން ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ކަންތައްތަކަށް ހުރުމަތްތެރިކޮށް ހިތައި ، ވިހާވެސް އަވަހަކަށް ކުނފުންޏަށް ދޭންޖެހޭ ބަދަލު ހަމަޖައްސައިދިނުމަށް ބަޔާނުގައި ވަނީ ބުނެފައެވެ.

ބްރިޖް ވިއު ޕްލެޓްފޯރމް ސަރަހައްދުގައި ހުޅުވާފައިވާ ނިއުޕޯރޓް ވިއު 15 ދުވަސް ތެރޭގައި ސަރުކާރާ ހަވާލުކޮށް 1.1 މިލިއަން ރުފިޔާ ހަވާލު ކުރަން ސިވިލް ކޯޓުން ވަނީ ސެޕްޓެމްބަރު މަހުގެ 26 ވަނަ ދުވަހު އަމުރު ކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
- ކޮމެންޓް
28 ސެޕްޓެންބަރ 2019 | ހޮނިހިރު 13:31
ކަސައުޓީ
މިަސަރުކާރަށް ކަންކަން ނިއްމަންނޭގިގެން ހޭ މިއުޅެނީ. ތިތަން ކުއްޔަދިންފަރާތާއި ކުއްޔަހިފިފަރާތުން ގެނަސް ވާހަކަދައްކައިގެން ހައްލުކުރެވޭނެ. އެއްބަސްނުވާބަމަ ބުލްޑޯޒް ފޮނުވައިގެން ތަން ސާފްކޮއްލާ. އެއްދުވަހުން ނިމުނީ.