Advertisement
ކ. މާލެ
|
28 ސެޕްޓެންބަރ 2019 | ހޮނިހިރު 13:01
ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އަހްމަދު ސައީދު މުހައްމަދު
ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އަހްމަދު ސައީދު މުހައްމަދު
ޝުއައިބް މުހައްމަދު އިގްބާލް
ްފެނަކަ ކޯޕަރޭޝަން ލިމިޓެޑް
ހަ ލައްކަ ރުފިޔާއިން ޖޫރިމަނާކުރުމުން ބޮޑެތި ގެއްލުންތަކެއް ކުންފުންޏަށް ލިބޭނެ: ފެނަކަ
ކުރީގެ ސަރުކާރުން ހިންގި މަޝްރޫއުތަކެއް
މިމައްސަލަ އީޕީއޭގެ ސަމާލުކަމަށް ގެނައީ ފެނަކައިން
ކުންފުނީގެ މަސައްކަތްތައް ހަރުދަނާ ކުރުމަށް ދަނީ ގިނަ މަސައްކަތްތައް ކުރަމުން

ތިމާވެއްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު ހެދުމަކާ ނުލައި 05 ރަށެއްގެ އިންޖީނުގެ އެޅުމުގެ މަސައްކަތް ފެށުމާ ގުޅިގެން ފެނަކަ ކޯޕަރޭޝަން ލިމިޓެޑް ހަ ލައްކަ ރުފިޔާއިން ޖޫރިމަނާކުރުމުން އަންދާޒާ ކުރެވިފައިވާ ނުވާ ބޮޑެތި ގެއްލުންތަކެއް ލިބޭނެ ކަމަށް އެކުންފުނިން ބުނެފިއެވެ.

ހއ.ތަކަންދޫ، ހދ.ފިނޭ، ނ.މާޅެންދޫ، ނ.ހެނބަދޫ އަދި ބ.ކެންދޫގެ އިންޖީނުގެތައް އިމާރާތްކުރުމުގެ މަޝްރޫއުތައް ''ތިމާވެއްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާން ކުރާ ރިޕޯޓު'' ހެދުމެއް ނެތި ފަށާފައިވާތީ، އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީން ފެނަކަ ޖޫރިމަނާކުރުމާ ގުޅިގެން ނެރުނު ބަޔާނުގައި ބުނީ މިމަޝްރޫއުތަކަކީ، 2017 ވަނަ އަހަރުގެ ޖުލައި އަދި އޮގަސްޓް މަހު ފަށާފައިވާ މަޝްރޫއުތަކެއް ކަމެއް ކަމަށެވެ.

2018 ނޮވެންބަރު 11 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމާ ހަވާލުވެވަޑައިގެންނެވުމަށްފަހު، ޚާއްސަ އިސްކަމެއް ދީގެން ސަރުކާރުގެ ކުންފުނިތަކުގެ ހިންގުން ހަރުދަނާކޮށް، ކުރުމުގެ ސިޔާސަތުގެ ދަށުން، ގިނަގުނަ މަސައްކަތްތައް ކުރާ ކަމަށް ފެނަކައިން ބުންޏެވެ.

Advertisement

މީގެ އިތުރުން ފެނަކައިން ބުނީ ކުރެވުނު މަސައްކަތުގެ ދަށުން ރަށްރަށުގައި އީއައިއޭ ހެދުމެއްނެތި މަޝްރޫއުތަކުގެ އަމަލީ މަސައްކަތް ފަށާފައިވާކަން ފާހަގަކުރެވުމުން އެކަން އީޕީއޭގެ ސަމާލުކަމަށް ގެނެސް ކަންކަން ރަނގަޅު ކުރެވޭނެ ގޮތްތަކެއް ހޯދުމުގެ މަސައްކަތް ކުރާ ކަމަށެވެ.

ފެނަކައަކީ ރައްޔިތުންނަށް އަސާސީ ޚިދުމަތްތަކެއް ފޯރުކޮށްދޭ ކުންފުންޏަކަށް ވެފައި ފޯރުކޮށްދެވޭ ޚިދުމަތްތަކަކީ މާލީ މަންފާއެއް ހޯދުމަށް ދެވޭ ޚިދުމަތްތަކެއްކަން ފާހަގަކޮށް ބަޔާނުގައި ބުނީ ކުންފުނީގެ ކުރީގެ ވެރިން ކޮށްފައިވާ ޒިންމާދާރުކަމެއްނެތް މިފަދަ ކަންކަމުގެ ސަބަބުން 30 ދުވަހުގެ ތެރޭގައި ހަލައްކަ ރުފިޔާ ކުންފުނިން ޖޫރިމަނާގެ ގޮތުގައި ދައްކަން ޖެހުމަކީ ހިތާމަ ކުރާ ކަމެއް ކަމަށެވެ. އަދި މިކަމަކީ ކުރިން އަންދާޒާ ކުރެވިފައިވާ ނުވާ ބޮޑެތި ގެއްލުންތަކެއް ކުންފުންޏަކަށް ލިބިގެންދާނެ ކަމެއް ކަމަށް ވެސް ފެނަކައިން ބުންޏެވެ.

ފެނަކައިން ބުނީ މިކަމުގައި ޒިންމާ ނަގަންޖެހޭ ފަރާތްތައް ޒިންމާ ކުރުވާނެކަމުގެ ފުރިހަމަ ޔަގީންކަން ރައްޔިތުންނަށްދޭ ކަމަށާއި، އަދި ކޮންމެ ހާލެއްގައި ވެސް ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތަކަށް އުނިކަމެއް ލަސްކަމެއް އަޔަނުދިނުމަށް އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އަޅަމުންދާ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
- ކޮމެންޓް