Advertisement
ކ. މާލެ
|
28 ސެޕްޓެންބަރ 2019 | ހޮނިހިރު 12:41
ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ
ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ
ހޯމް މިނިސްޓްރީ
ޖަލުތަކުގެ އޮޑިޓް
ޖަލުތަކުގެ އޮޑިޓް ރިޕޯޓްގައި ރަނގަޅު ކުރަން ބުނެފައިވާ ކަންކަން ރަނގަޅު ކުރޭ: ހޯމް މިނިސްޓަރ
ޖަލުތަކުގައި ހުރި ރަނގަޅު ކުރަންޖެހޭ ގިނަ ކަންތައްތައް އޮޑިޓް ރިޕޯޓްގައި ވަނީ ފާހަގަކޮށްފައި
ރިޕޯޓްގައި ހުރި ކަންތައްތައް ރަނގަޅު ކުރުމަށް މިނިސްޓަރ ވަނީ ކަރެކްޝަނަލް ސާރވިސްއަށް ގޮވާލައްވާފައި
ސަރުކާރުގެ ސިޔާސަތަކީ ޖަލުތަކަކީ ބައިނަލްއަޤުވާމީ މިންގަނޑުތަކާއި، ދިވެހިރާއްޖޭގެ ޤާނޫނީ އޮނިގަނޑުގައި ބަޔާންކުރާ މިންގަނޑަށް ހިންގޭ ތަނަކަށް ވުން

ޖަލުތަކުގެ އޮޑިޓް ރިޕޯޓްގައި ރަނގަޅު ކުރަން ބުނެފައިވާ ކަންކަން ރަނގަޅު ކުރުމަށް ކަރެކްޝަނަލް ސާރވިސްއަށް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ގޮވާލައްވައިފިއެވެ.

Advertisement

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އަށް 48 އަހަރު ފުރުން ފާހަގަކުރުމަށް ބުރާސްފަތި ދުވަހުގެރޭ މާފުށީ ޖަލުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ހޯމް މިނިސްޓަރު ވިދާޅުވީ ޖަލު އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވާ ކަންކަން ރަނގަޅު ކުރުމަށް ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަކޮށް ދެއްވުމަށް ކޮމިޝަނަރ އޮފް ޕްރިޒަން އަށާއި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންއަށް އިލްތިމާސްކުރައްވާ ކަމަށެވެ.

"ޖަލުތަކުގެ އޯޑިޓާއެކު، ޖަލަތަކުގެ ހާލަތު ރަނގަޅުކުރުމަށްޓަކައި އަޅަންވާ ފިޔަވަޅުތައް އަޅުގަނޑުމެން ދެނެގެންފިން. އަދި އެއާއެކު އެންމެ އެކަށީގެންވާ ހަލުވިމިނުގައި ފިޔަވަޅު އެޅިފައި ނުވި ނަމަވެސް ބައެއް އިސްލާޙީ ބަދަލު އަޅުގަނޑުމެންނަށް ގެނެވިއްޖެކަން މި ފުރުސަތުގައި ފާހަގަކުރަން. ހަމައެއާއެކު އިސްލާހުކުރުމަށް އަޅުގަނޑުމެން ހުށަހަޅާފައިވާކަންކަން މައުނަވީ ގޮތެއްގައި އިސްލާކޮށްދެއްވާ، އެކަންކަމާގުޅިގެން ފުރިހަމަކުރަންވާ ކަންކަން ފުރިހަމަ ކޮށްދެއްވުމަށް ކޮމިޝަނަރ އޮފް ޕްރިޒަން އަށާއި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަން އަށް އަޅުގަނޑު އިލްތިމާސްކުރަން"
އިމްރާން ވިދާޅުވިއެވެ.

މިނިސްޓަރ ވަނީ އެކަމުގައި އެ ދެބޭފުޅުންނަށް ފުރިހަމައަށް އެހީތެރިވެ އެއްބާރުލުން ދިނުމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ހުރިހާ ރޭންކެއްގެ އޮފިސަރުންނާއި ސިވިލް ސްޓާފުންނަށް ދަންނަވާފައެވެ.

މިނިސްޓަރ ވިދާޅުވީ ޖަލުތަކުގެ އޮފިސަރުންގެ ކަންކަން ހަމަޖެއްސުމުގައި އިސްކަންދީގެން އަވަސްކޮށް ފިޔަވަޅުތަކެއް އަޅަމުން އަންނަނީ ޖަލުތަކުގެ އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވާ ކަންކަން ރަނގަޅު ކުރުމަށް ކަމަށެވެ.

ރާއްޖޭގެ ޖަލުތަކަކީ ބައިނަލް އަޤްވާމީ މިންގަނޑާއި، ރާއްޖޭ ގާނޫނުގައި ބަޔާންކުރާ ގޮތަށް ހިންގޭ ތަންތަނަށް ވާންޖެހޭނެ ކަމަށެވެ.

"އޮފިސަރުންގެ ކަންކަން ހަމަޖެއްސުމުގައި އިސްކަންދީގެން އަވަސްކޮށް ފިޔަވަޅުތަކެއް މިއަޅަނީ އެންމެ ސަބަބަކާހުރެ. އެއީ ކުރިން ދެންނެވިފަދައިން އަޅުގަނޑުމެން އެކުލަވާލި ޖަލުތަކުގެ އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިހުރި ކަންކަން އިސްލާހުކޮށް، ބައިނަލްއަޤުވާމީ މިންގަނޑުތަކާއި، ދިވެހިރާއްޖޭގެ ޤާނޫނީ އޮނިގަނޑުގައި ބަޔާންކުރާ މިންގަނޑަށް ޖަލުތަކުގެ ހިންގުން ހަރުދަނާކޮށް، ސަރުކާރުން ޤަބޫލުކުރާ ފަލްސަފާ އާއި ސިޔާސަތުތަކާ އެއްގޮތަށް ޖަލުގައި ބަންދުކޮށްފައި ތިބޭ މީހުންނާމެދު މުއާމަލާތްކުރުމަށް މަގުފަހިކުރުވުން"
އިމްރާން ވިދާޅުވިއެވެ.

ޖަލުތަކުގެ ހާލަތާއި ގުޅޭ ގޮތުން މިނިސްޓަރ ވާހަކަފުޅު ދައްކަވާފައިވާއިރު، ހޯމް މިނިސްޓަރުކަން ލިބިވަޑައިގެންނެވުމުގެ ކުރިން، އެ މަނިކުފާނު ވަނީ ޖަލުގައި ގިނަދުވަސްތަކެއް ހޭދަކުރައްވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
- ކޮމެންޓް