Advertisement
ކ. މާލެ
|
12 މާރޗް 2017 | އާދީއްތަ 04:36
ރައީސް ޓްރަމްޕް: ފަލަސްތީނުގެ ރައީސަށް ވަނީ ދައުވަތު ދެއްވާފައި
ރައީސް ޓްރަމްޕް: ފަލަސްތީނުގެ ރައީސަށް ވަނީ ދައުވަތު ދެއްވާފައި
ގޫގުލް
އެމެރިކާ-ފަލަސްތީން
ފަލަސްތީނުގެ ރައީސް ވައިޓް ހައުސްއަށް ވަޑައިގަތުމަށް ޓްރަމްޕް ދައުވަތު ދެއްވައިފި
ސުލްހައިގެ ވާހަކަތައް ފެށުމަށް ފަލަސްތީނާ އިސްރާއީލް ސީދާ ސީދާ ބައްދަލުވާން ޖެހޭ:ޓްރަމްޕް

ފަލަސްތީނުގެ ރައީސް މަހްމޫދު ޢައްބާސް ވައިޓް ހައުސްއަށް ވަޑައިގެންނެވުން އެދި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދައުވަތު ދެއްވައިފިއެވެ.

ރައީސް ޓްރަމްޕް ރައީސް އައްބާސްއަށް ދައުވަތު ދެއްވާފައިވަނީ މިއަހަރުގެ ޖެނުއަރީ މަހުގެ 20 ވަނަ ދުވަހު ރައީސް ޓްރަމްޕް ރައީސް އައްބާސްއަށް ކުރެއްވި ފުރަތަމަ ފޯން ކޯލުގައެވެ.

ފަލަސްތީނުގެ ރަސްމީ ނޫސް އެޖެންސީ "ވަފާ" ގައި ފަލަސްތީނުގެ ރައީސް މަހްމޫދު ޢައްބާސްގެ ތަރުޖަމާން ނަބީލް އަބޫ ރުދެއިނާއާ ހަވާލާ ދެއްވާ ހުކުރު ދުވަހު ބުނެފައިވަނީ ވީއެންމެ އަވަހަކަށް ވައިޓް ހައުސްއަށް ވަޑައިގެން ފަލަސްތީނާއި އިސްރާއީލާ ދެމެދު ސިޔާސީ ހަމަނުޖެހުން ހައްލު ކުރުމަށްޓަކައި ވާހަކަތައް ކުރިއަށް ގެންދެވޭނެ ގޮތަކާ ބެހޭގޮތުން މަޝްވަރާކުރުމަށް ރައީސް ޢައްބާސްއަށް ރައީސް ޓްރަމްޕް ދައުވަތު ދެއްވާފައިވާކަމަށެވެ.

ވައިޓް ހައުސްއިން ނެރެފައިވާ ސްޓޭޓްމަންޓެއްގައިވެސް ވަނީ ރައީސް މަހްމޫދު ޢައްބާސްއަށް ރައީސް ޓްރަމްޕް ބައްދަލުވުމަކަށް ވައިޓް ހައުސްއަށް ވަޑައިގެންނެވުމަށް ދައުވަތު ދެއްވާފައިވާކަން ކަށަވަރު ކުރައްވާފައެވެ.

ވަފާ ނޫސް އެޖެންސީން ބުނެފައިވަނީ ސުލްހައިގެ ވާހަކަ ތަކަކީ ފަލަސްތީނުގެ ދައުލަތެއް ޤާއިމް ކުރުމަށް ކުރެވެމުންދާ މަސައްކަތައް ވަރަށް ބޭނުންތެރި ނިންމުމެއްކަމަށް ރައީސް އައްބާސް ރައީސް ޓްރަމްޕަށް ދަންނަވާފައިވާކަމަށެވެ.

ވައިޓް ހައުސްއިން ބުނެފައިވަނީ ދެޤައުމުގެ ދެމެދުގައި ސުލްހައިގެ ނިންމުންތައް ނިންމުމަށްޓަކައި ދެޤައުމުން ސީދާސީދާ ބައްދަލުވެ ވާހގަކަ ދެއްކެވުން މުހިއްމު ކަމަށް ޤަބޫލު ކުރައްވާ ކަމަށެވެ.

"ރައީސް ޓްރަމްޕް ޤަބޫލު ކުރައްވާ ގޮތުގައި ސުލްހަ ޤާއިމް ކުރެވޭނެ. އެވަގުތުކޮޅު މިވާހަކަތަކުގެ ތެރެއިން އަންނާނެ" ވައިޓް ހައުސްގެ ބަޔާނުގައި ވެއެވެ.

ވޮޝިންޓަން ޑީސީން އަލްޖަޒީރާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި ރައީސް ޓްރަމްޕްގެ މި އިޝާރާތަކީ ރައީސް އޮބާމާގެ ސަރުކާރާ ތަފާތު ގޮތަކަށް ހުށަހެޅުއްވި ހުށަހެޅުއްވުމެއް ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް