Advertisement
ކ. މާލެ
|
27 ސެޕްޓެންބަރ 2019 | ހުކުރު 14:54
މިނިސްޓަރު އާތިފާއަށް ކުރެހުންތައް ދައްކާލަނީ
މިނިސްޓަރު އާތިފާއަށް ކުރެހުންތައް ދައްކާލަނީ
ޓްވިޓަރ
އެގްޒިބިޝަން
ސާރކް އެގްޒިބިޝަން އޮފް ޕެއިންޓިންގްސް 2019 ފަށައިފި
50އަށް ވުރެ ގިނަ ކުރެހުން ވަނީ ބަހައްޓާފައި
ރާއްޖޭގެ ގުދުރަތީ ރީތިކަން ދައްކުވައިދޭ ކުރެހުންތައް ހިމެނޭ

ސާކް އަރޓިސްޓް ކޭމްޕް ނިންމާލުމަށްފަހު އެގްޒިބިޝަން އޮފް ޕެއިންޓިންގްސް 2019 ފަށައިފިއެވެ.

ބުރާސްފަތި ދުވަހުގެ ރޭ އާޓް ގެލަރީގައި ވަނީ ސާކް އަރޓިސްޓް ކޭމްޕް ނިންމުމުގެ ރަސްމިއްޔާތު ބާއްވާފައެވެ. އަދި އެގްޒިބިޝަން ވަނީ ފަށާފައެވެ. އެގްޒިބިޝަން ފައްޓަވައިދެއްވީ ހައުސިން އެންޑް އާރބަން ޑިވެލޮޕްމެންޓް މިނިސްޓާރ އައިމިނަތް އާތިފާ އާއި އަރޓްސް ކަލްޗަރ އެންޑް ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫންއެވެ.

Advertisement

ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން ހެރިޓޭޖް މިނިސްޓްރީގެ ޑިރެކްޓަރ ކޮމިއުނިކޭޝަން އިސްމާއިލް ނާއިލް ނަޝީދު ވިދާޅުވީ މި އެގްޒިބިޝަންގައި 50 އަށްވުރެ ގިނަ ކުރެހުން ބަހައްޓާފައިވާނެ ކަމަށެވެ.

ނާއިލް ވިދާޅުވީ ސާކް އަރޓިސްޓް ކޭމްޕް ބޭއްވި މިއީ ދެވަނަ ފަހަރު ކަމަށާއި، ފުރަތަމަ މިކޭމްޕް ބޭއްވިގެންދިޔައީ 2013 ވަނަ އަހަރު ކަމަށެވެ. ނާއިލް ވިދާޅުވީ ހުޅުމާލޭގައި ބޭއްވި މިކޭމްޕަށް އާރޓިސްޓުންގެ ފުރިހަމަ އެއްބާލުން ލިބިގެންދިޔަ ކަމަށާއި، ރާއްޖޭގެ ގުދުރަތީ ރީތިކަން ދައްކުވައިދޭ ކުރެހުންތައް ހިމެނޭ ކަމަށެވެ.

ފެށިގެން މިދަނީ ސާކް އެގްޒިބިޝަން އޮފް ޕެއިންޓިންގްސް.މިއެގްޒިބިޝަންގައި 50 އަށްވުރެ ގިނަ ކުރެހުން ބަހައްޓާފައިހުރި އިރުގައި މިމަހުގެ 23 އިން 26 އަށް މިކޭމްޕް ކުރިއަށް ގެންދިޔައީ. މިކޭންޕްގައި ބައިވެރި އަރޓިސްޓުން 27 ކުރެހުންތެރިންގެ ކުރެހުންތައް މިއެގްޒިބިޝަންގައި ޑިސްޕްލޭ ކުރެވިފައި މިވަނީ. ފާހަގަކޮށްލަންޖެހޭ ކަމެއް މިއީ ރާއްޖޭގައި ސާކް އަރޓިސްޓް ކޭންޕެއް ބޭއްވޭ މިއީ ދެވަނަ ފަހަރު.
ނާއިލް ވިދާޅުވި

ނާއިލް އިތުރަށް ވިދާޅުވީ މިކޭމްޕްގައި ކުރެހި ކުރެހުންތައް އެގްޒިބިޝަން އޮފް ޕެއިންޓިންގްސް އިން ހުކުރު ދުވަހު މެންދުރު 2:30 އިން ހަވީރު 6:00 އަށް ރޭގަނޑު 8:00 އިން 10:00 އަށް ހޮނިހިރު އަދި އާދިއްތަ ދުވަހު ހެނދުނު 10:00 އިން ހަވީރު 6:00 އަށް އަދި ރޭގަނޑު 8:00 އިން 10:00 އަށް އާޓް ގެލަރީގައި ކުރިއަށްދާނެ ކަމަށެވެ.

ސާކް އަރޓިސްޓް ކޭމްޕްގައި ބަގްލަދޭޝް، ބޫޓާން، ދިވެހިރާއްޖޭ، ނޭޕާލް ، އަދި ސްރީލަންކާ، އިން ވަނީ ބައިވެރިވެފައެވެ. އެކިއެކި ސަބަބުތަކާ ހުރެ އަފްގާނިސްތާން އިންޑިއާ އަދި ޕާކިސްތާން އަރޓިސްޓުންނަށް ބައިވެރިނުވެވުނު ނަމަވެސް އެގައުމުތަކުގެ އެއްބާރުލުމާއި އެހީތެކަން ލިބިފައިވާ ކަމަށް ހެރިޓޭޖް މިނިސްޓްރީން މައުލޫމާތުދެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
- ކޮމެންޓް