ކ. މާލެ
|
27 ސެޕްޓެންބަރ 2019 | ހުކުރު 14:10
ހިޔާ ފްލެޓަށް ފައިސާދީގެން ލިބުނު ލިޔުންތަކެއް
ހިޔާ ފްލެޓަށް ފައިސާދީގެން ލިބުނު ލިޔުންތަކެއް
ރާއްޖެއެމްވީ
މަގޭ ރިޕޯޓް
"ކަޓު ދީގެން" ލިބުނު ފްލެޓަށް ދެން ވާނީ ކިހިނެތް؟!
ފްލެޓް ލިބުނު ކަމުގެ ލިޔުން އަޑިއަޑިން ދޫކުރީ ފޯމެއް 50،000ރ. ގެ މަގުން
ފްލެޓް ލިބުނުކަމުގެ ލިޔުން ހޯދުމަށް ފައިސާ ނެގިކަމުގެ މައްސަލައެއް ހުށަނާޅާ
ގާތްގަނޑަކަށް 7000 މީހުންނަށް ފެލެޓް ލިބޭ ކަމުގެ ލިޔުން ވަނީ ދީފައި

ވެރިކަމުގެ ފަހު އަހަރުގައި މިދިޔަ ސަރުކާރުން އިންތިޚާބު ކާމިޔާބު ކުރަން ބަހާ ހުސްކުރި7000 ފްލެޓަކީއޭގެ ސައްހަ ކަމާމެދު ރައްޔިތުން ސުވާލު އުފެއްދި ފްލެޓްތަކެވެ. އޭރު ސަރުކާރުގެ އިސް ފަރާތްތަކަށާއި އެފަރާތްތަކުގެ އާއިލާތަކަށް ފްލެޓްތައް ބަހާ ހުސްކޮށްލި ވާހަކައަކީ އާ ވާހަކައެއް ނޫނެވެ. އޭގެ ހައްގުވެރިންނަށް ފްލެޓްތައް ނުލިބި ބޭއިންސާފުން ފްލެޓްތައް ލިބުނު ވާހަކައެވެ.

އެ ތުހުމަތުތަކާއި އެކު އާ ސަރުކާރު އައިސް ފްލެޓް ދީފައި އޮން ގޮތް ބަލަން ފެށިއެވެ. ފްލެޓްތައް ދޫކުރުމުގައި ބޭއިންސާފާއި ކޮރަޕްޝަން ހިމެނޭގޮތަށް ދޫކުރުމުގެ ސަބަބުން ފްލެޓް ހައްގުވެ އެހެންނަމަވެސް ނުލިބިވާ ފަރާތްތަކަށް ފްލެޓް ދޫކުރުމުގެ ނިޒާމެއް ކަނޑައެޅި އެކަން ކުރި ފަރާތްތަކާމެދު ފިޔަވަޅު އެޅޭނެ ކަމަށް ކަނޑައެޅިއެވެ. އަދި ހަމަހަމަ އުޞޫލުން ފްލެޓްތައް ދޫކުރެވޭނެ ނިޒާމެއް ކަށަވަރުކުރުމަށް އެކަމަށް ޚާއްސަ ކޮމިޓީއެއް އުފައްދައި ވަގުތުން ވަގުތަށް އެމަސައްކަތް ފެށިއެވެ.

ރިޔާސީ އިންތިޚާބު ދުވަސްވަރު ފްލެޓް ބަހާ ނިންމާލުމުގެ ކުރިން އެހެން ކުޅިގަނޑެއް ވެސް ހިނގައި ދިޔައެވެ. ފްލެޓް ލިބުނު ކަމުގެ ލިޔުން އަޑިއަޑިން ދޫކުރީ,ފޯމެއް 50،000ރ.ގެ މަގުންނެވެ. އެއީ ގާތްގަނޑަކަށް ރާއްޖޭގައި ވަޒީފާ އަދާކުރާ މުއައްޒަފެއްގެ ފަސްމަހުގެ މުސާރައެވެ. އެއަގުގައި 200 އެއްހާ މީހުންނަށް ފްލެޓް ލިބުނު ކަމުގެ ލިޔުން ދޫކުރިކަމުގެ ތުހުމަތާއި އެކުއެވެ. އޭރު ހައުސިން މިނިސްޓްރީ ތެރެއިން އެކަން ކުރަމުން ދިޔަކަމުގެ މައުލޫމާތު ލިބި ބެލި ބެލުމުން އެއީ ތެދެއްކަން ހާމަ ވިއެވެ. އެ ލިޔުންތަކުގެ ބައެއް ކޮޕީއާއި އަސްލު ރާއްޖެއެމްވީއަށް ވަނީ ލިބިފައެވެ.

"ކަޓުދީގެން ފްލެޓް ލިބުނުކަމުގެ ލިޔުން" ހޯދުމަށް ދިން ފައިސާއަށް ދެން ވާނީ ކިހިނެތްބާއެވެ.؟

ހިޔާ ފްލެޓް

ހައުސިން މިނިސްޓްރީގެ ލެޓަރހެޑުގައި އެމިނިސްޓްރީގެ ތަތްގަނޑު ޖެހުމަށްފަހު ފްލެޓް ލިބުނު ކަމުގެ ލިޔުމާއި ފައިސާ ނެންގެވުމާއި ދޫކުރުމުގެ މަސައްކަތް ކުރެއްވީ އޭރުގެ ސްޓޭޓް މިނިސްޓަރެވެ. އަޑީގައި ތިބި ފަރާތްތަކަކީ ކޮބައިކަން ސާފު ނުވިކަމުގައި ވިއަސް ތުންތުން މަތިން ދެކެވުނު ވާހަކައިގައި އޭރުގެ ހައުސިން މިނިސްޓަރ ވެސް އެކަމުގައި ބައިވެރިވިކަމުގެ ތުހުމަތުތައް ކުރެވުނެއެވެ. އޭގެ އިތުރުން، ވަކި "ކަމަނާ" އެއްގެ އަތް މަތީގައި ވެސް ކަޓު ނެގުމާއި ކަޓު ދޫކުރުމުގެ ބާރު އޮތްކަމުގެ ތުހުމަތެވެ.

ފްލެޓަށް ކުރިމަތިލި ހުރިހާ މީހުންގެ އެސެސްމެންޓެއް އެކޮމިޓީއިން ހަދަމުންދާއިރު ފާހަގަވެފައިވާ މައްސަލަތަކުގެ ތެރޭގައި ފްލެޓްތައް ދިނުމުގައި ހާލަތު ބަޔާން ކުރާ ބައިގައި ހާލަތު ބަލައި ނުލައި ފްލެޓްތައް ދީފައިވާ ގޮތެވެ. މައުލޫމާތު ހިމަނަން އޮތް ބައިގައި ސައްހަ މައުލޫމާތު ނެތް މީހުންނަށް ފްލެޓް ދީފައި ވުމެވެ. އަދިވެސް ބަލަން ޖެހޭ ކަންތައްތައް ރަނގަޅަށް ނުބަލައި ދީފައިވާ އެހެން މައްސަލަތަކެވެ.

ފްލެޓް ލިބުނު ކަމުގެ ލިޔުން 50,000ރ.އަށް ވިއްކާފައި

ކޮމިޓީއަށް އެންމެ ބޮޑު ގޮންޖެހުމަކީ ވެސް އެއީއެވެ. ފްލެޓަށް ކުރިމަތިލި 22،000 ފޯމު އެ ކޮމިޓީއިން އިވެލުއޭޓް ކުރާއިރު އެމަސައްކަތް ލަސް ވަނީ ކޮންމެހެން ބަލަންޖެހޭ ކަންތައްތައް "ސުމަކުން" ފަށަން ޖެހޭތީއެވެ. އަވަސް އަރުވާލައިގެން ކުރިން ފްލެޓްތައް ދީފައިހުރި ނަމަވެސް އޭގެ ހައްގުވެރިންނަށް ލިބޭނީ ބަލަން ޖެހޭ ކަންތައްތައް ބަލައިގެން ކަމަށް ވާތީއެވެ. ނަމަވެސް ފްލެޓް ކޮމިޓީއަށް ކަޓުނަގައި ފްލެޓް ދިނުމުގެ ލިޔުން ދޫކުރި ކަމުގެ ލިޔުމާއި ގުޅޭ އެއްވެސް މައްސަލައެއް މިހާތަނަށް ހުށައަޅާފައެއް ނުވެއެވެ. ކަންތައްތައް ވާނީ ވެސް އެހެންނެވެ. އެކަމުގައި ފައިސާ ނެގިކަން ސާބިތުވެއްޖެނަމަ ބޮޑު ކުށެކެވެ.

އެމައްސަލަ ފްލެޓް ކޮމިޓީއިން ނުބެލިކަމުގައި ވިއަސް ހައްގުގޮތުގައި ފްލެޓް ހޯދުމަށް އެދުނު ފަރާތްތަކަށް، ފްލެޓް ލިބޭނެ ކަމުގެ ޔަގީންކަން އެ ކޮމިޓީއިން ދެއެވެ. ނަމަވެސް ބޮޑު އަގުގައި ލިޔުން ހޯދިފަރާތްތަކަށް ކަރަޕްޝަނުން ހޯދި ފްލެޓްތައް ލިބުމަށްވުރެ ނުލިބުން ގާތެވެ. ކަޓު ދިނުމަށްފަހު ފްލެޓް ލިބުނުކަމުގެ ފޯމުދޫކުރި ފަރާތްތަކުގެ އަތުގައި މިހާރު އޮތީ އެ ލިޔުން އެކަންޏެވެ.

ކަޓު ނެގި މުގުލުގައި ތިބި މީހުންނަށް ގާތްގަނޑަކަށް 10 މިލިއަން ރުފިޔާގެ ފައިދާއެވެ. ގުއި ރޯނުގައި ޖެހުނީ ފްލެޓް ލިބުނު ކަމުގެ ލިޔުން ބޮޑު އަގު ދީގެން ހޯދި މީހުންނެވެ. ހުރިހާ ދެރައާއި ނިކަމެއްޗެއް ނިކަމެތި ރައްޔިތުންނަށެވެ.

- ކޮމެންޓް
28 ސެޕްޓެންބަރ 2019 | ހޮނިހިރު 09:07
މަހޮނު
މިހާރު ހިނގާ ކަންތައް އަހަރުމެން ލިޔެފާނަށް ތިޔަށް ކިޔާނީ މަހާނަ މައްޗަށް މަޑިއަށް ޖެހުން
28 ސެޕްޓެންބަރ 2019 | ހޮނިހިރު 07:16
ފުލެޓް އައްޕަފ
ތިޔަ ކޮމިޓީ އެއް އުޅެނީ "މި ހާމަ ކުރަނީ" އެއްގަ އަބަދު.. ކަންތައްތައް ނުވަންޏާ އިސްތިއުފާ ދީފަ ގޭގަ ތިބިއްޔާ މާ ރަނގަޅު ވާނެ ރައްޔިތުންގެ ފައިސާ ނަހަލާލު ގޮތުގައި ނުނަގާ
28 ސެޕްޓެންބަރ 2019 | ހޮނިހިރު 07:09
ކޮހާ
މީހންއޮޅުވާލަން ވެގެންދައްކާ ވާހަކަ ލާރިދިންމީހުންނަ ފުލެޓުނުދީ ދެންތިބިމީހުންނަ ފުލެޓުދީބަލަ އެހެންކުރޭނެތަ....ކޮންމެބަޔަކު އަޔަހަދަނީ ތިހެން.....
28 ސެޕްޓެންބަރ 2019 | ހޮނިހިރު 02:02
ީސީދާ ސާދާ
ފފފފފފފްލެޓް ނުދޭން ވެގެން ދައްކާ ބަހަނާ....ފިތުނަ އު ފައްދާ ބައިގަޑު
27 ސެޕްޓެންބަރ 2019 | ހުކުރު 22:08
ގަންޖާބީ
ބީތާޔާ ކަލޭމެންގެ ވެރިކަމުގައި ހުޅުމާލެއިން ޕާޓީ ކުދިންނަށް ގޯއްޗާއި ފްލެޓްދިންއިރު ކަލޭކޮބާ. ފަޅުރަށްތައް ކޮންބަޔަކަށްތަ ނުއަގުގައި ބަ ހާލީ. އެރަށްތައް ދީގެން އަޅަންބުނި ނަރުދަމާ އެއްވެސް ރަށެއްގަ އެޅިތަ. މި ހާރު އެރަށްތައް ވިއްކައިގެން މުއްސަދިވީ ކަލޭމެންގެ ބޮނޑުންތައް ކޮބާ. ކޮބާ ހެލްތު މިނިސްޓްރީއިން ބޭސް ގަންނަން ޕްރީޕެއިޑް ޝިއުނާއަށްދިން 15 މިލިއަން ރުފިޔާ. އޭނައަށްދިން ދެ ރަށް ކޮބާ. ތިމާގެ ޒަމީރު ވިއްކައިގެން ތިކަނީ. ކޮރަޕްޝަން ނޫންކަމެއް ތިޔަ ޕާޓީއަށް ނޭނގޭނެ. އެ ވިއްކައިގެން ވެރިކަން ހޯދަނީ. ވެރިކަމަށް އައިސް ކުރަނީވެސް އެކަން. މިކޮމެންޓެއް ނުޖަ ހާނެ. އެ ހާގަޓެއް ނު ހުންނާނެ.
27 ސެޕްޓެންބަރ 2019 | ހުކުރު 19:38
ޙާލުގެ ދުލުން
ކަޓުގެ ވާހަކައާއި ވައްކަމުގެ ވާހަކަ މިހާރު ރަގަޅީ ނުދެއްކިއްޔާ އެންބިއުލަންސް ގަތުމަށް ކޮރަޕްޝަން އިމާރާތެއް ހެދިޔަސް ވައްކަން ބަދަރެއް ހެދިޔަސް ވައްކަން އެހެންތާވާނީ ނަޒާހަތް ތެރިނގެ ކަރުގާ ވަގުބޯޑު އަޅުވާފަ މިއައީ ހުސްވަގުން ޖިނާޢީ ހުކުމެއް އައިސްފައިނުވާ މީހަކު މަތިފަޑީގައި ހުރީ މަދުން ގިނައީ ބަނގުރަލާއި ވައްކަމުގެ މައްސަލތހަކުގެ ހުކުމ އެހުރިހާވަގުން ހިމާޔަތްކުރަން ތިބީވެސް ހުސް ވަގުން،
27 ސެޕްޓެންބަރ 2019 | ހުކުރު 17:43
ޢައިމިނާ
ކަލޭ މޮޔަ ނުގޮވާަ! ލިއުން ލިބުނު އެންމެނަކީ ލާރިދީގެން ލިއުން ލިބުނު ބައެއްނޫން. ރަަޅަށް މައުލޫމާތު ހޯދާފައި ލިޔެ ބަލަ
27 ސެޕްޓެންބަރ 2019 | ހުކުރު 16:30
ޝާދު
ރާއްޖޭގަ މަސައްކަތްކުރަން ގަވާއިދާޚިލާފަށް އެތެރެވި ބޭރުމީހުންނަށްވީހެން ވާނީ. ހަމަ ލިބޭނެ ގަވާއިދަށްފައްތާލާނީ
27 ސެޕްޓެންބަރ 2019 | ހުކުރު 16:30
އެއްކަމެއްވެސް
އެއްކަމެއްވެސް ނުވާނެ ސަރުކާރުގެ ބަލިކަށިކަން ފެންނާނީ!
27 ސެޕްޓެންބަރ 2019 | ހުކުރު 15:32
ކަޓު
ކޮންމެ ބަޔަކު ވެރިކަމުގަ ތިއްބަސް ތި ފުލެޓް ބަހާ ހުސްކުރާނީ ގެދޮރުހުރި މުއްސަދިންނަށް. ނިކަމެތި މީހާއަށް ނުދޭނެ ފުލެޓެއް. ނިކަމެތި މީހާ މުއްސަދި މީހާ އަތުން ބޮޑު އަގުގަ ކުއްޔަށް ހިފައިގެން ދިރިއުޅި ނިމިގެންދާނީ. ކޮންމެ ކޮމެޓީއެއް ހަދައިގެން ބެލިޔަސް މީ ހަގީގަތް