Advertisement
ކ. މާލެ
|
27 ސެޕްޓެންބަރ 2019 | ހުކުރު 08:11
ޓްވިޓަރ
މާފުށި
މާފުށި ޖަލުގައި ގައިދީން އޮފިސަރުންނަށް ޖިސްމާނީ އަނިޔާކުރި 40 މައްސަލައެއް!
ގިނައިން އެހެން ދިމާވަނީ ''ވާނުވާ'' ޖަހާފަ ތިބޭތީ ކަމަށް ވިދާޅުވި
113 ފަރާތަކަށް މަގާމުގެ ކުރިއެރުން ވަނީ ދީފައި
ޖެހިފައިވާ ލަތްގަނޑު ފިލުވޭނީ އެންމެން މަސައްކަތް ކޮށްގެން ކަމަށް ވިދާޅުވި

މި އަހަރުގެ ފުރަތަމަ 8 މަސް ދުވަހު މާފުށީ ޖަލުގެ ގައިދީން ކަރެކްޝަނަލް ސަރވިސްގެ 40 އޮފިސަރަކަށް ޖިސްމާނީ އަނިޔާ ކުރި މައްސަލަ ހުށައެޅިފައިވާ ކަމަށް ކޮމިޝަނަރ އޮފް ޕްރިޒަން އަބްދުﷲ މުނާޒް ވިދާޅުވެއްޖެއެވެ.

ކޮމިޝަނަރ އޮފް ޕްރިޒަން އެހެން ވިދާޅުވީ، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އަށް 48 އަހަރު ފުރުމުގެ މުނާސަބަތުގައި ބުރާސްފަތި ދުވަހުގެރޭ މާފުށި ޖަލުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

Advertisement

މުނާޒް ވިދާޅުވީ، ކުށުގެ ވެއްޓަށް އަހުލުވެރިވެފައިވާ ބަޔަކު ބެލެހެއްޓުމަކީ ބޮޑު ޒިންމާއެއް ކަމަށާއި، އެމީހުންގެ ވިސްނުމާ ފިކުރަށް ހެޔޮ ބަދަލުތަކެއް ގެނެސް ދިނުމަށް މަސައްކަތްތަކެއް ކުރާއިރު ވަރަށް ގިނަ ގޮންޖެހުންތަކެއް އެބަހުރި ކަމަށެވެ. އެގޮތުން އޮފިސަރުންނަށް ގައިދީންނާއި ބަންދުގައި ބަހައްޓާފައި ތިބޭ މީހުންގެ ފަރާތުން އެކި ކަހަލަ އަނިޔާތައް ލިބެމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

ޖަލު އޮފިސަރުންނަށް ޖިސްމާނީ އަނިޔާ ދިނުމާ، ފުރައްސާރަކޮށް ހަނގާކުރުމާ، އަދި މަރުގެ އިންޒާރުވެސް ގައިދީންނާ ބަންދު މީހުންގެ ފަރާތުން ޖަލު އޮފިސަރުންނަށް އަބަދުވެސް ލިބެމުންދޭ. މި އަހަރުގެ ފުރަތަމަ 8 މަސް ދުވަހުގެ ތަފާސް ހިސާބު ތަކަށް ބަލާއިރު ގައިދީންނާ ބަންދު މީހުން ޖަލު އޮފިސަރުންނަށް ޖިސްމާނީ އަނިޔާ ދިނުމާ އެކި މިންވަރުގެ ގޯނާކުރުމުގެ 40 އަށް ވުރެ ގިނަ ހާދިސާ ހަމައެކަނި މާފުށީ ޖަލުގަވެސް ރިކޯޑް ކުރެވިފައިވޭ
އަބްދުﷲ މުނާޒު ~ ކޮމިޝަނަރ އޮފް ޕްރިޒަން ~

އެ ކަންތައްތަކަކީ ގައިދީން ޖަލު އޮފިސަރުންނާއި މައްސަލަ ޖެހިގެން ކުރާ ކަންތައްތަކެއް ނޫން ކަމަށާާއި، އެއީ ޝަރީއަތް ނިމެންދެން ބަންދު ކުރުމަށްފަހު ''ވާނުވާ'' ގައި ގިނަ އަހަރު ތަކެއް ވަންދެން ބޭތިއްބުމުން އެމީހުންގެ ''ރުޅިގަނޑު'' ފިލުވާލުމަށް ގޮޅިން ބޭރުން ފެންނަ ކޮންމެ މީހަކަށް ކުރާ ގޯނާ އެއް ކަމަށް މުނާޒު ވިދާޅުވިއެވެ.

ޖަލު އޮޑިޓް ރިޕޯޓް ނެރުމަށްފަހު އިސްލާހު ކުރަން ޖެހޭ ގިނަކަންތައްތަކެއް ކަރެކްޝަންސް އިން ވަނީ ކޮށްފައެވެ.

އޭގެ ތެރޭގައި، މީހަކު ޖަލުގައި ޖަލުގައި ބަންދުކުރެވޭ ވަގުތުން ފެށިގެން 24 ގަޑިއިރު ތެރޭގައި އާއިލާ އަށް އެންގުމަށް ފޯންކޯލެއް ދިނުމަކީ ގަވާއިދު ތެރޭގައި ހިމެނޭ ކަމަކަަށް ހެދުމާއި، ކޮންމެ 15 ދުވަހަކަުން މަދުވެގެން އެއް ފަހަރު އާއިލާ އަށް ފޯނުކޮށް ހިލޭ ހަމަޖެއްސުމާއި، ޖަލުގައި ބަންދުގައި ހުންނަ މީހެއްގެ ސިއްހީ ހާލަތާއި ގުޅިގެން ވަކިއެއްޗެއް ކާންދިނުމަށް ޑޮކްޓަރ ލަފާގެ މަތިން ބޭނުންވާ އެއްޗެއް ވެސް ހަމަޖެއްސުން ހިމެނޭއެވެ.

އެ ޖަލްސާގައި އިތުރަށް ވާހަކަ ދައްކަމުން މުނާޒް ވިދާޅުވީ، ފާއިތުވެ ދިޔަ ދުވަސްތަކުގައި ކަންކަން ހިނގާފައިވާ ގޮތުން އެ މުއައްސަސާގައި ޖެހިފައިވާ ''ލަތްގަނޑު'' ފިލުވާލެވޭނީ ހުރިހާ މުވައްޒަފުންގެ ގުޅިގެން އިހްލާސްތެރި ކަމާއިއެކު މަސައްކަތް ކޮށްގެން ކަމަށެވެ.

އެ ރަސްމިއްޔާތުގައި ކަރެކްޝަންސް އަށް 20 އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތް ކޮށްފައިިވާ މުވައްޒަފުންނަށާއި، އެކި ގޮތްގޮތުން އެ މުއައްސަސާ އަށް އެހީތެރިވެފައިވާ ފަރާތްތަކާއި އަދި މުއައްސަސާ އަށް ރީތި ނަން ހޯދާ ދީފައިވާ ފަރާތްތަކުގެ އިތުުރުން މަގާމުގެ ކުރިއެރުން ވަނީ ދީފައެވެ.

ކަރެކްޝަނަލް ސާވީސްގެ 48 ވަނަ އަހަރީ ދުވަހުގެ ރަސްމިއްޔާތުގެ ތެރެއިން: މުވައްޒަފަކަށް އެވޯޑެއް ދެނީ

ކަރެކްޝަނަލް ސަރވީސް ގައި 20 އަހަރަށް ވުރެ ގިނަ ދުވަހަށް ހިދުމަތް ކޮށްދީފައިވާ 15 ފަރާތަކަށް އެވޯޑް ދީފައިވާއިރު، 12 މުވައްޒަފަކަށް ހަދަނީ ފިލާދީފަވެއެވެ. އަދި މުއައްސަސާ އަށް އެހީތެރިވެފައިވާ 8 ފަރާތަކަށް ހަނދާނީ ފިލާ ވަނީ ދީފައެވެ. އެ ރަސްމިއްޔާތުގައި ކަރެކްޝަނަލް ސަރވިސް އިން 113 ފަރާތަކަށް ވަނީ މަގާމުގެ ކުރިއެރުން ދީފައެވެ. މި ސަރުކާރު ވުޖޫދަށް އައުމަށް ފަހު މިއަކީ ކަރެކްޝަންގެ އޮފިސަރުންނަށް މި އަހަރު ކުރިއެރުން ދިން ދެވަނަ ފަހަރެވެ. މީގެ ފަސް މަސް ކުރިން 116 މުވައްޒަފުންނަށް ގިނަ އަހަރުތަކެއް ވަންދެން ޕްރޮމޯޝަން ނުލިބި އޮތުމަށް ފަހު ވަނީ ދީފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
- ކޮމެންޓް