Advertisement
ކ. މާލެ
|
26 ސެޕްޓެންބަރ 2019 | ބުރާސްފަތި 15:08
ނިއުޕޯޓްވިއު
ނިއުޕޯޓްވިއު
ޝުއައިބް މުހައްމަދު އިގްބާލް
ސިވިލް ކޯޓު
ނިއުޕޯޓްވިއު ސަރުކާރާ ހަވާލުކުރަން 15 ދުވަހުގެ އަމުރެއް ނެރެފި
ނިއުޕޯޓް ވިއު ހުޅުވީ ފެބްރުއަރީ މަހުގެ 6 ގައި

ބްރިޖް ވިއު ޕްލެޓްފޯރމް ސަރަހައްދުގައި ހުޅުވާފައިވާ ނިއުޕޯރޓް ވިއު ސަރުކާރާ ހަވާލުކޮށް 1.1 މިލިއަން ރުފިޔާ ހަވާލު ކުރަން އަމުރު ކޮށްފިއެވެ.

މިދިޔަ ފެބްރުއަރީ މަހުގެ 6 ގައި ހުޅުވާފައިވާ 500 މީހުންގެ ޖާގައިގެ ނިއުޕޯރޓް ރެސްޓޯރަންޓްސްގެ މެނޭޖިންގ ޑިރެކްޓަރަކީ ޕީޕީއެމްގެ ކުރީގެ ކައުންސިލު މެމްބަރު ޒާހިދު ރަމީޒުގެ އަނބިކަނބަލުން މަލަކާ އަބްދުލް ހަކީމެވެ. ކުރިން އެކުންފުނީގެ މެނޭޖިން ޑިރެކްޓަރަކަށް ހުންނެވި ޒާހިދު ރަމީޒުވަނީ ފަހުން އެ ކުންފުނި ދޫކޮށް މަލަކާގެ ނަމަށް ބަދަލުކޮށްފައެވެ. ތަނުގެ ކުލީގެ ގޮތުގައި އެއްލައްކައަށް ވުރެ ގިނަ ރުފިޔާ ސަރުކާރަށް ދެއްކުމަށް ނިއުޕޯޓް ވިއު ކުއްޔަށް ދީފައި ވަނީ 8 އަހަރަށެވެ.

މިދިޔަ އެޕްރީލް މަހު ތެރޭގައި ސަރުކާރުން ވަނީ އެތަން ހުސްކުރަން އަމުރަކަށާއި އެތަނުގެ ކުލީގެ ގޮތުގައި 1.1 މިލިއަން ރުފިޔާ ހޯދުމަށް ދައުވާ ކޮށްދިނުމަށް ސިވިލް ކޯޓުގައި އެދިފައެވެ.

Advertisement

ސިވިލް ކޯޓުން ކޮށްފައިވާ އަމުރުގައި ބުނެފައިވަނީ ނިއުޕޯޓް ވިއު ހިންގާ ކުންފުނި ކަމަށްވާ ސްޓްރާޑާ ކުންފުނިން ސަރުކާރަށް 1.1 މިލިއަން ރުފިޔާ އެއްމަސް ދުވަހުގެ ތެރޭގައި ސަރުކާރަށް ދެއްކުމަށެވެ.

ނިއުޕޯޓް ހިންގާ ސްޓާރާޑާ ޕްރައިވެޓް ލިިމިޓެޑަށް ޕްލެޓްފޯމް ސަރަހައްދު ދޫކުރީ ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައެވެ. ގާތްގަނޑަކަށް 10،000 އަކަފޫޓުގެ ބިމެއް ސްޓާރާޑާ ޕްރައިވެޓް ލިމިޓެޑަށް ކުއްޔަށް ދިނީ ޕްލެޓްފޯމާއި ރެސްޓޯރަންޓާއި ކުޑަކުދިން ކުޅޭނެ ސަރަހަދެއްގެ އިތުރުން ޕާކިން ޒޯން ހަދާގޮތަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
- ކޮމެންޓް