ކ. މާލެ
|
25 ސެޕްޓެންބަރ 2019 | ބުދަ 22:29
މިނިސްޓަރ އަލީ ވަހީދު ވ އަތޮޅަށް ވަޑައިގަތުން
މިނިސްޓަރ އަލީ ވަހީދު ވ އަތޮޅަށް ވަޑައިގަތުން
ދާނިޝް ނިޡާމް
ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަސް
ޖަޒީރާ ކެނޯ ރޭސް އިފްތިތާހުކުރުމަށް މިނިސްޓަރ އަލީ ވަހީދު ވ އަތޮޅަށް ވަޑައިގެންފި
 
ރަސްމިއްޔާތުގައި ނައިބު ރައީސް ބައިވެރިވެވަޑައިގަންނަވާނެ
 
ކެނޯ ރޭސް ފެށުމަށް ހަމަޖެހިފައިވަނީ ބުރާސްފަތި ދުވަހުގެ މެންދުރު

ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަސް ފާހަގަކުރުމަށް ބާއްވާ "ޖަޒީރާ ކެނޯރޭސް" އިފްތިތާހުކޮށްދެއްވުމަށް ޓުއަރިޒަމް މިނިސްޓަރ އަލީ ވަހީދު ވ ތިނަދޫއަށް ވަޑައިގެންފިއެވެ.

މި މަހުގެ މަހުގެ 27 ވަނަ ދުވަހު ފާހަގަކުރާ ބައިނަލްއަގްވާމީ ފަތުރުވެރިކަމުގެ ދުވަހުގެ ހަރަކާތްތައް ވ. އަތޮޅުން ޖަޒީރާވަންތަ ކެނޯރޭހެއްގައި ފެށުމަށް ހަމަޖެހިފައިވާއިރު ، އެ ހަރަކާތުގައި ބައިވެރިވެވަޑައިގަތުމަށް މިނިސްޓަރ އަލީ ވަހީދު ވ ތިނަދޫއަށް ވަޑައިގެންފައިވަނީ ބުދަ ދުވަހުގެ ރޭގަނޑުގެ ވަގުތެއްގައެވެ.

ތަފާތު 7 ހަރަކާތަކާއެކީގައި ފަތުރުވެރިކަމުގެ ދުވަސް ފާހަގަކުރުމަށް ނިންމާފައިވާއިރު ، 26 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ކެނޯ ރޭހުގައި ރާއްޖޭގެ ކޮންމެ އަތޮޅަކުން އަންހެން ޓީމަކާއި ފިރިހެން ޓީމެއް ވ އަތޮޅަށް އަންނާނެކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ. ވ. ކެޔޮދޫއިން ފެށިގެން އެ އަތޮޅު ފެލިދޫއަށް އަންހެން ޓީމު ކެނޯގައި ފަލިޖެހުމަށް ހަމަޖެހިފައިވާއިރު ވ. ފެލިދޫއިން އެ އަތޮޅު ތިނަދުއަށް ކެނޯގައި ދަތުރުކުރާނީ ފިރިހެން ޓީމުންނެވެ .

ކުލަ ގަދަ ރަސްމިއްޔާތަކާއެކު ބުރާސްފަތި ދުވަހުގެ މެންދުރު ފަހު ފެށުމަށް ހަމަޖެހިފައިވާ ހަރަކާތްތައް ބައްލަވާލެއްވުމަށް ނައިބު ރައީސް ފައިސަލް ނަސީމް ކެޔޮދޫއަށް ވަޑައިގަންނަވާނެއެވެ. އެމަނިކުފާނު ވަޑައިގަތުމަށް ހަމަޖެހިފައިވަނި ބުރާސްފަތި ދުވަހުގެ މެންދުރު ފަހުއެވެ. މި ރަސްމިއްޔާތުގައި ނައިބު ރައީސް ފައިސަލް ނަސީމްގެ އިތުރުން މިނިސްޓަރ އަލީ ވަހީދު ވާހަކަ ދައްކަވާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ވަނީ ބުނެފައެވެ.

މިނިސްޓަރ އަލީ ވަހީދު ވިދާޅުވީ މި އިވެންޓް ލައިވް ކުރަމުން ދާނެ ކަމަށާއި މުސްތަގުބަލުގައި ރާއްޖެއަކީ ކޮބައިކަން ދުނިޔެއަށް ދައްކާއިރު މި ޝޮޓްތައް ބޭނުން ކުރާނެ ކަމަށެވެެ. ޖަޒީރާވަންތަ ޑިނަރ ނައިޓްއަކާއެކު ބުރާސްފަތި ދުވަހުގެ ރޭ 12 ޖަހާއިިރު ފަތުރުވެރިކަމުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ވ. އަތޮޅުގައި ހަވާ އަރުވާނެއެވެ.

މިހަރަކާތުގެ އިތުރުން 27 ސެޕްޓެމްބަރ ވަނަ ދުވަހު ފްރީ ޑައިވް ވޯލްޑް ޗެމްޕިއަން ވިލިއަމް ޓްރޫބްރިޖް އާއިއެކު ފްރީ ޑައިވް ވޯލްޑް ރެކޯޑް ޤާއިމްކުރުމަށް 500 ބައިވެރިންނާއިއެކު ބާއްވާ ޙާއްސަ ޑައިވް ހަރަކާތެއް ބަރޮސް މޯލްޑިވްސްގެ ފަޅުތެރޭގައި އޮންނާނެއެވެ. ދުނިޔޭގެ ރިކޯޑު ރާއްޖޭގެ ކަނޑު އަޑީގެ މަންޒަރާއެކު މުގުރާލެވޭނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ރ އަނގޮޅިތީމުގައި ވިޒިޓަރ ސެންޓަރެއް އެޅުމަށް ބިންގާ އަޅެމުށް ހަމަޖެހިފައިވާއިރު އޯޕެން ޑޭ އެއްވެސް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

މިނިސްޓަރ ވިދާޅުވީ މި ހަރަކާތް ފެލިދު އަތޮޅުގައި ބޭއްވުމުގެ މަގްސަދަކީ ހުރިހާ ކަމެއް މާލޭގައި ބާއްވަން އޮންނަ ގޮތް ބަދަލުކޮށްލުން ކަމަށާއި ސަރުކާރުގެ އަމާޒަކީ ކުރާ ކަމެއް އެންމެ ރަނގަޅަށް ކުރުން ކަމަށެވެ. އަދި އިވެންޓެއް ބާއްވާ ތަނެއް ކަނޑައެޅުމުގައި އެތަނަކީ ގިނަ ވޯޓް ލިބޭ ތަނެއްތޯ މި ސަރުކާރުން ނުބަލާނެ ކަމަށް ވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ސިމާހާ ނަސީމް
0%
100%
0%
0%
0%
0%
ކޮމެންޓް